Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެސްޓީއޯ

މި ކުއާޓަރުގައި އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 109 މިލިއަން ރުފިޔާ

30 އެޕްރީލު 2021 | ހުކުރު 17:14

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 30 އެޕްރީލު 2021 | ހުކުރު 17:14
އެސްޓީއޯ

އެސްޓީއޯ

ޓެކްސްއަށް ކެނޑުމަށްފަހު މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ސާފު ފައިދާއަށް 109 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހާމަކޮށްފިއެވެ.

މިއީ އޭގެ ކުރީ ކުއާޓަރަށް ބަަލާއިރު 18 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ. މީގެ މައިގަޑު ސަބަބަކީ ހިންގުމުގެ ޚަރަދު ކުޑަކުރެވުމާއި ފައިނޭންސް ކުރުމުގެ ޚަރަދު ކުޑަކުރެވުން ކަމަށް އެސްޓީއޯއިން ބުނެއެވެ.

ނިމިދިޔަ ކުއާޓަރުގައި ކުންފުނީގެ ޖުމްލަ އާމްދަނީއަކީ 2.2 ބިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރަށް ބަލާއިރު 15 އިންސަައްތައިގެ އިތުރުވުމެކެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެސްޓީއޯއިން ވިއްކި ތެޔޮ 21 އިންސައްތަ އިތުރުވުމެވެ.

އެސްޓީއޯގެ ހިންގުމުގެ ޚަރަދު 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަނީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު ގާތްގަނޑަކަށް 10 އިންސައްތަ ދަށްކުރެވިފައި ކަމަށާއި މީގެ މައިގަނޑު ސަބަބަކީ ކުންފުނި ހިންގުން ހަރުދަނާ ކުރުމަށްޓަކައި އެޅިފައިވާ ފިޔަވަޅުތަކާއި ބޭޑް ޑެޓްސް ޕްރޮވިޝަން ދަށްވެފައިވުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ޓެކްސްއަށް ކެނޑުމުގެ ކުރިން އެސްޓީއޯގެ 2021 ވަނަ އަހަރު ފުރަތަމަ ކުއާޓަރުގެ ފައިދާއަކީ 130 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު 12 އިންސައްތައިގެ އިތުރުވުމެކެވެ.

ފާއިތުވި އަހަރުތަކެކޭ އެއްފަދައިން އެސްޓީއޯއިން އަބަދުވެސް އެންމެ އިސްކަމެއް ދެނީ ތެލުގެ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް މެދުކެނޑުމެއްނެތިި ފޯރުކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ކުއާޓަރުގައި ބޮޑު އިސްކަމެއް ދީފައިވަނީ ރަމަޟާން މަަހުގައި ރައްޔިތުންނަށް ބޭނުންވާނެ ތަކެތި އެތެރެކޮށް ހެޔޮއަގެއްގައި ފޯރުކޮށްދިނުމަށް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އިތުރަށް ކިޔާލަން

03 އޯގަސްޓު 2017

އެމްޓީސީސީ: ސާފު ފައިދާ ރެކޯޑު އަދަދަށް އިތުރުވެއްޖެ

03 އޯގަސްޓު 2017
އެމްޓީސީސީ: ސާފު ފައިދާ ރެކޯޑު އަދަދަށް އިތުރުވެއްޖެ
03 އޯގަސްޓު 2017

ދިރާގުގެ ދެވަނަ ކުއާޓަރގައި ސާފު ފައިދާ ދަށްވެއްޖެ

03 އޯގަސްޓު 2017
ދިރާގުގެ ދެވަނަ ކުއާޓަރގައި ސާފު ފައިދާ ދަށްވެއްޖެ
02 އޯގަސްޓު 2017

ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ

02 އޯގަސްޓު 2017
ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ
24 ޖުލައި 2017

ބީއެމްއެލްއަށް 592 މިލިއަން ރުފިޔާ ފާއިދާގެ ގޮތުގައި ލިބިއްޖެ

24 ޖުލައި 2017
ބީއެމްއެލްއަށް 592 މިލިއަން ރުފިޔާ ފާއިދާގެ ގޮތުގައި ލިބިއްޖެ
09 މެއި 2017

ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި

09 މެއި 2017
ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ޕްލެޓީނަމް ޕާޓްނަރ ގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައިފި
20 އެޕްރީލު 2017

ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

20 އެޕްރީލު 2017
ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ
16 ފެބުރުއަރީ 2017

ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

16 ފެބުރުއަރީ 2017
ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި
01 ފެބުރުއަރީ 2017

މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ

01 ފެބުރުއަރީ 2017
މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް