Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެކްސިން ޖެހުމުގެ ޕްރޮގްރާމް

ދެވަނަ ކުއާޓަރގެ ނިޔަލަށް ވެކްސިން ޕްރޮގްރާމް ނިންމާލެވޭނެ

30 އެޕްރީލު 2021 | ހުކުރު 12:03

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެކްސިން ޖަހާނީ ރާއްޖޭގައި ދިރިއުޅޭ އާބާދީއަށް ވެކްސިން ދިނުމަށްފަހު

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 30 އެޕްރީލު 2021 | ހުކުރު 12:03
ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް

ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް

ރާއްޖޭގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމް އަހަރުގެ ދެވަނަ ކުއާޓަރގެ ނިޔަލަށް ނިންމާލެވޭނެކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭގޮތުން ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ޑރ. މައުސޫމް ވިދާޅުވީ މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުންތަކެއް ހޯދާފައިވާކަމަށެވެ. އެގޮތުން ކޮވިޑްގެ ކުރިއާ އަޅާބަލާއިރު މި ކުއާޓަރުގައި ފަތުރުވެރިން އައި އަދަދު 30 އިންސައްތައިގެ ފަރަގަށް ކުޑަކޮށްފައިވާކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ފަތުރުވެރިކަން ކުރީގައި އޮތް ހާލަތަށް ނުގޮސް ލަސްވަނީ ރާއްޖޭގެ މައި މާކެޓްތައްކަމަށްވާ ޗައިނާ، ޖަޕާން އަދި ކޮރެއާ ފަދަ ގައުމުތަކުން އަންނަ ފަތުރުވެރިންގެ އަދަދު ދަށްވުމާ ގުޅިގެންކަމަށް ވިދާޅުވިއެވެ. އަދި ހުޅަނގުގެ ގައުމުތައް ފުރަބަންދުކުރުމާއި ދަތުރުފަތުރުކުރުމުގައި ގިނަ ހުރަސްތަކެއް ހުރުމުންކަމަށް ވެސް ޓުއަރިޒަމް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވެކްސިންދިނުމުގެ ޕްރޮގްރާމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ "ވިޒިޓް، ވެކްސިނޭޓް، ވެކޭޝަން" މި ޕްރޮގްރާމް ފެށުމަށް ރާވާފައިވަނީ މިހާރު ރާއްޖޭގައި ދިރިއުޅޭ އާބާދީއަށް ވެކްސިން ދިނުމަށްފަހު ކަމަށް ވިދާޅުވެފައެވެ. އެގޮތުން ވެކްސިން ޖެހުމުގެ ޕްރޮގްރާމް ދެވަނަ ކުއާޓަރގެ ނިޔަލަށް ނިންމާލެވޭނެކަމަށް ލަފާކުރެވޭކަމަށް ވިދާޅުވިއެވެ. މިހާރު ރާއްޖެއަށް އަންނަ ފަތުރުވެރިން ނެގެޓިވް ނަތީޖާއާއެކު އައުމުގެ ހުއްދަ ދީފައި އޮތްނަމަވެސް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ވެކްސިންގެ ޑޯޒް ފުރިހަމަ ކޮށްގެން ރާއްޖެއަށް އަންނަ ފަތުުރުވެރިންނަށް ހުއްދަދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 90 އިންސައްތަ މުވައްޒަފުން ވެކްސިން ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވާ ކަމަށާއި، ރާއްޖެ އަންނަ ފަތުރުވެރިންނަށް ވެކްސިން ދިނުމުގެ މައިގަނޑު މަގްސަދަކީ، މި ހާލަތުގައި ރާއްޖެއަށް ނާދެވިފައި ތިބި ފަތުރުވެރިންނަށް އެ ފުރުސަތު ދިނުން ކަމުގައެވެ. އެހެންނަަވެސް ވަކި ތާރީޚެއް ކަނޑައަޅަން އެނގޭނީ ރާއްޖެއަށް ވެކްސިން ލިބެމުން އަންނަ މިންވަރަށް ބަލާފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރު ފެށުނު ފަހުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. ޖެނުއަރީ މަހު ރާއްޖެ އައިސްފައި ވަނީ 92,103 ފަތުުރުވެރިންނެވެ. އަދި ފެބްރުއަރީ މަހު ރާއްޖެ އައިސްފައި ވަނީ 96,882 ފަތުރުވެރިންނެވެ. މާރޗް މަހު ޖުމުލަ 109،585 (އެއްލައްކަ ނުވަހާސް ފައްސަތޭކަ އައްޑިހަ ފަހެއް) ފަތުރުވެރިން ރާއްޖެއަށް ޒިޔާރަށްކުރި ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ 13 އިންސައްތައިގެ ކުރިއެރުމެކެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

14 މާރިޗު 2017

އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ

14 މާރިޗު 2017
އިންފްލުއެންޒާ ވެކްސިން ހުރީ ވަރަށް މަދުން: ހެލްތް މިނިސްޓްރީ
08 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!

08 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!
05 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!

05 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!
28 ފެބުރުއަރީ 2017

ނ. އަތޮޅުގެ ސްކޫލްތަކަށް ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ފަށައިފި

28 ފެބުރުއަރީ 2017
ނ. އަތޮޅުގެ ސްކޫލްތަކަށް ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ފަށައިފި
26 ފެބުރުއަރީ 2017

ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ

26 ފެބުރުއަރީ 2017
ހިމަބިހި ނައްތާލުމުގެ ކެމްޕެއިންގާ 70،000 މީހުންނަށް ވެކްސިން ދެވޭނެ
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
23 ޖެނުއަރީ 2017

ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ

23 ޖެނުއަރީ 2017
ރީތިރަށް ރިސޯޓުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިއްޖެ
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް