Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރާއްޖޭގެ ޓޫރިސްޓު ފެސިލިޓީތައް

ރާއްޖޭގެ 724 ޓޫރިސްޓު ފެސިލިޓީއެއް އަލުން އޮޕަރޭޓްކުރަން ފަށައިފި

30 އެޕްރީލު 2021 | ހުކުރު 08:24

47,475 އެނދު ދަނީ އޮޕަރޭޓްކުރަމުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 30 އެޕްރީލު 2021 | ހުކުރު 08:24
ހުޅުމާލޭގެ ގެސްޓް ހައުސްއެއް

ހުޅުމާލޭގެ ގެސްޓް ހައުސްއެއް

ފަތުރުވެރިންނަށް ޚިދުމަތްދޭ 724 ޓޫރިސްޓު ފެސިލިޓީ ރާއްޖޭގައި އޮޕަރޭޓްކުރަން ފަށައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އޭޕްރިލް 28ގެ ނިޔަލަށް ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތްދޭ 724 ޓޫރިސްޓު ފެސިލިޓީގައި 47،475 އެނދު ވަނީ އޮޕަރޭޓްކުރަން ފަށާފައެވެ. މިއީ ރާއްޖޭގައި މިވަގުތު ހުރި 1،034 ޓޫރިސްޓް ފެސިލިޓީގެ ޖުމްލަ 53،937 އެނދުގެ 88 އިންސައްތައެވެ. ރާއްޖޭގައި 310 ޓޫރިސްޓް ފެސިލިޓީ އަދި އޮޕަރޭޓްކުރަން ނުފަށައެވެ.

މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ތަރައްގީކޮށްފައި ހުރި 162 ރިސޯޓްގެ ތެރެއިން އޮޕަރޭޓްކުރަމުން ދަނީ 154 ރިސޯޓެވެ. އެއީ 35،640 އެނދެވެ. ހޮޓާ އަދި ގެސްޓް ހައުސްތަކަށް ބަލާއިރު 713 ފެސިލިޓީގެ ތެރެއިން 433 ތަން ވަނީ އޮޕަރޭޓް ކުރަން ފަށާފައެވެ. އެއީ 9،136 އެނދެވެ. ގެސްޓް ހައުސްތައް އޮޕަރޭޓްކުރަމުން ދަނީ 18 އަތޮޅެއްގެ 57 ރަށުގައެވެ.

މީގެ އިތުރުން 159 ސަފާރީގެ ތެރެއިން 137 ސަފާރީއެއްގެ 2،699 އެނދު މިހާރު ވަނީ އޮޕަރޭޓްކުރަން ފަށާފައެވެ.

ފާއިތުވި އަހަރުގެ މާރޗް 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ޖުލައި 15 ވަނަ ދުވަހު އަލުން ހުޅުވާލިއިރު ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގެ ހުއްދަ އެންމެ ފުރަތަމަ ލިބުނީ ހަމައެކަނި ރިސޯޓްތަކަށާއި ސަފާރީތަކަށެވެ. އަތޮޅުތެރޭގެ ރަށްރަށުގެ ގެސްޓް ހައުސްތައް އަލުން ހުޅުވުމުގެ ހުއްދަ 2020ގެ އޮކްޓޫބަރ 15 ވަނަ ދުވަހު ދީފައިވާއިރު މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވާފައިވަނީ އެއަހަރުގެ ޑިސެމްބަރ 14 ވަނަ ދުވަހުއެވެ.

ރާއްޖެއަށް މިހާރު ބައިނަލްއަގްވާމީ 29 އެއަރލައިނަކުން ދަތުރު ކުރާއިރު އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އުފުލާފައި ވަނީ އެމިރޭޓްސް އެއަރލައިނުންނެވެ.

ރާއްޖެއަށް މިހާރު ދަތުރުކުރާ އެއަރލައިން ތަކަކީ:

ކޮވިޑް-19 އާއި ގުޅިގެން ގިނަ އެއަރލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާލި ނަމަވެސް 2020 ވަނަ އަހަރުގެ ޖުލައި 15 ގައި ބޯޑަރު އަލުން ހުޅުވާލައި ފަތުރުވެރިކަން ފަށައިގަތުމުން އެއަރލައިންތަކުން ވަނީ ރާއްޖެއަށް ދަތުރުތައް ފަށާފައެވެ. އަދި 2020 ވަނަ އަހަރު ނިންމާލި އިރު ރާއްޖޭގެ މައި އެއަރޕޯޓަށް ޖައްސާ ފްލައިޓްތަކާއި ޕްރައިވެޓް ޖެޓުތަކުގެ އަދަދު ވަނީ ބޮޑުތަނުން ކުރިއަށް ޖެހިލާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

13 ޖޫން 2017

މެގަ މޯލްޑިވްސްގެ ފްލައިޓްތައް އަލުން ފަށަން ތައްޔާރުވަނީ

13 ޖޫން 2017
މެގަ މޯލްޑިވްސްގެ ފްލައިޓްތައް އަލުން ފަށަން ތައްޔާރުވަނީ
25 އެޕްރީލު 2017

ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި

25 އެޕްރީލު 2017
ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި
31 މާރިޗު 2017

ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

31 މާރިޗު 2017
ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު
29 މާރިޗު 2017

ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

29 މާރިޗު 2017
ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ
17 މާރިޗު 2017

ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި

17 މާރިޗު 2017
ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި
09 މާރިޗު 2017

މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

09 މާރިޗު 2017
މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު
05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
03 މާރިޗު 2017

ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 މައްޗަށް ޖެހިއްޖެ!

03 މާރިޗު 2017
ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 މައްޗަށް ޖެހިއްޖެ!
10 ފެބުރުއަރީ 2017

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ
09 ފެބުރުއަރީ 2017

ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ ރާއްޖޭގެ މަރކެޓަށް ތައާރަފްކޮށްފި

09 ފެބުރުއަރީ 2017
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ ރާއްޖޭގެ މަރކެޓަށް ތައާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް