Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބައްޕަގެ ޖަލުގެ ހަނދާންތައް- ޔުމްނާ

ހަނދާންވަނީ ބައްޕާފުޅު ގެއަށް ބަދަލުކޮށްދިނުމަށް އެދި ބޮޑުބޭބެއަށް ކުރި އާދޭސް - ޔުމްނާ

30 އެޕްރީލު 2021 | ހުކުރު 07:45

ބައްޕާފުޅު ޖަލުބަންދުގައި ހުންނަވަނިކޮށް އާލާސްކަންފުޅާ އުޅުއްވާތީވެ ގެއަށް ބަދަލުކޮށްދޭން އެދުނީ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 30 އެޕްރީލު 2021 | ހުކުރު 07:45
ޔުމްނާ މައުމޫން - ހަނދާނަށް އަންނަނީ ބައްޕާފުޅު ގެއަށް ބަދަލުކޮށްދިނުމަށް އެދި ބޮޑުބޭބެ އަރިހުގައި ދެންނެވި އާދޭސް

ޔުމްނާ މައުމޫން - ހަނދާނަށް އަންނަނީ ބައްޕާފުޅު ގެއަށް ބަދަލުކޮށްދިނުމަށް އެދި ބޮޑުބޭބެ އަރިހުގައި ދެންނެވި އާދޭސް

ރައީސް ޔާމީން ގެއަށް ބަދަލުކުރުމުން ހަނދާނަށް އަންނަނީ ބައްޕާފުޅު ގެއަށް ބަދަލުކޮށްދިނުމަށް އެދި ބޮޑުބޭބެ އަރިހުގައި ދެންނެވި އާދޭސް ކަމަށް ރައީސް މައުމޫނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

އެއީވެސް ރޯދަ މަހެކެވެ. ޓެރަރިޒަމްގެ ދައުވާ އުފުލައި ކުރީގެ ރައީސް މައުމޫނު ހުންނެވީ ޖަލު ބަންދުގައެވެ. ރޯދަ މަހަށް ގޭ ބަންދަށް ބަދަލުކޮށް ދިނުމަށް އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ކްރިމިނަލް ކޯޓާއި ޕީޖީގައި އެދިވަޑައިގެންނެވިއެވެ. ޕީޖީ އަށާއި ކްރިމިނަލް ކޯޓަށް ވަކިވަކިން ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މައުމޫން އަކީ މިހާރު އުމުރުފުޅުން 80 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ބޭފުޅެއް ކަމަށާއި އެކަމުގެ ސަބަބުން އެމަނިކުފާނު ތަފާތު ސިއްހީ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ވާޓިގޯގެ ސަބަބުން އެމަނިކުފާނަށް އެ ބަލީގެ އުނދަގޫތައް ކުރިމަތިވެ އަނބުރައިގަނެގެން ވެއްޓުމާއި ޒަރޫރީ ބޭނުންތައް އެކަނި ނުކުރެވޭނެ ފަދަ ހާލަތަކަށް މައުމޫންގެ ހާލުކޮޅު ގޮސްފައިވާކަން ނަސްރީނާގެ ސިޓީގައި ވަނީ ފާހަގަ ކުރައްވައިފައެވެ.

Advertisement - newsAdvertisement

އެފަދަ ހާލަތެއް މައުމޫންއަށް ކުރިމަތިވެފައިވާ އިރު، މި ރޯދަ މަހުގެ ތެރޭގައި އެމަނިކުފާނު އާއިލާއާ ދުރުގައި ޖަލުގައި ބެހެއްޓުމަކީ މައުމޫންގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމެއް ކަމަށް ނަސްރީނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި ރޯދަ މަހުގެ ތެރޭގައި އެމަނިކުފާނަށް އާއިލާގެ އެހީތެރިކަން ނުހަނު ބޭނުންވާނެ ކަން ވެސް ނަސްރީނާގެ ސިޓީފުޅުގައި ފާހަގަކުރައްވާފައިވެއެވެ.

އެހެންނަމަވެސް އޭރު ވެރިކަމުގައި ހުންނެވި ރައީސް ޔާމީން މިކަމަށް އިޖާބައެއް ނުދެއްވައެވެ. ސިޔާސީ ގޮތުން ހައްޔަރުކޮށްފައިވާ ބޭފުޅުންނަށް ލުއި ދޭ ވާހަކައަށް ތަކުރާރުކޮށް ދެއްވަނީ އެއް ޖަވާބެކެވެ. " އެމަނިކުފާނު ކޯޓުތަކަށް ނުފޫޒު ނުފޯރުވަމޭ" މިހެންނެވެ.

2018 ވަނަ އަހރުގެ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައީސް މައުމޫން ހައްޔަރުކުރީ ސަރުކާރު ވައްޓާލަން ރޭވުމާއި ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައެވެ. އޭގެ އިތުރުން ހެކި ނައްތައިލުމުގެ ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕީޖީގެ އޮފީހަށް ފޮނުވައިފައެވެ. އެކަމަކު އެންމެ ފަހުން އެ މަނިކުފާނުގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ ދައުވާއެވެ.

މިހާތަނަށް އެންމެ ގިނަ ސިޔާސީ ވެރިން ޖަލު ބަންދަށް ގެންދިޔަ ސަރުކާރަކަށް ރައީސް ޔާމިންގެ ސަރުކާރު ވާނެކަން ޔަގީނެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކުރަން ނިންމާފައިވާކަން ހާމަކުރުމާއެކު، ޔުމްނާ މައުމޫނަށް އެދުވަހުގެ ހަނދާންތައް އާވިއެވެ. ވިދާޅުވީ، ރޯދަމަހެއްގެ ތެރޭގައި ބައްޕާފުޅު ޖަލުބަންދުގައި ހުންނަވަނިކޮށް އާލާސްކަންފުޅާ އުޅުއްވާތީވެ ގެއަށް ބަދަލުކޮށްދޭން، ޢާއިލާގެ ފަރާތުން، އެތައް ފަހަރެއްގެ މަތީން އެދެމުން ދިޔަ ހަނދާންތައް އާވާކަމަށެވެ.

ޔުމްނާ މައުމޫނަށް އޭރުގެ އަނިޔާވެރިކަމުން ކޮށްފައިވާ އަސަރު މި ޓްވީޓުން ވަރަށް ފުރިހަމައަށް އެނގެއެވެ. ބައްޕާފުޅުގެ ހައްގުގައި ބޮޑުބޭބެއަށް ކުރި އާދޭހުގެ ހަނދާންތައް އަދިވެސް ތާޒާކަންމަތީގައި ހުރިކަން ހާމަވެއެވެ. ބޮޑުބޭބެގެ އަނިޔާވެރިކަމުގެ ހިތި ރަހަ އަދިވެސް އަރު ތެރޭގައި ހުރިކަން ޔަގީންވެއެވެ.

ރައީސް މައުމޫން ގެއަށް ބަދަލުނުކުރުން އެކަންޏެއް ނޫނެވެ. ދޫނިދޫގައި ބަންދުކުރިތާ 40 ދުވަސް ފަހުން 2018 ވަނަ އަހރުގެ މާޗް މަހުގެ 20 ވަަނަ ދުވަހު ބަންދުގެ މުއްދަތު އިތުރުކުރުމަށް މާލެ ގެނެސް ގާތްގަނޑަކަށް ހަތް ގަޑިއިރު ވަންދެން ކޯޓުގައި ބޭންދުމަށްފަހު ބަންދުގެ މަޖިލިސް ކެންސަލް ކުރިއެވެ.

އޭރު ރައީސް މައުމޫނު އާއިލާއިން ކުރި އާދޭހަށް ކޮއްކޯފުޅު ރައީސް ޔާމީން ބީރުކަންފަތެއް ދީ ނިންމާލީ އިންސާފުގެ ކުރިމަތީގައި އެންމެން ހަމަހަމަވާނޭ ބުނެއެވެ. އެހެންނަމަވެސް މިއަދު އެތައް ދައުވާއެއް އުފުލާފައިވާ އަދި ހުކުމެއް ތަންފީޒުކުރަމުން އަންނަ ބޭފުޅެއްގެ ސިއްޙީ ހާލަތަށް ބަލައި ރޯދަމަސް ނިމެންދެން ގެއަށް ބަދަލުކުރީއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ

26 ފެބުރުއަރީ 2017
ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ
23 ފެބުރުއަރީ 2017

އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފި

23 ފެބުރުއަރީ 2017
އޮބްޒާރވަރުންނާއި މޮނިޓަރުންނަށް ވުމަށް އެދި ހުށަހަޅުމުގެ މުއްދަތު އިތުރުކޮށްފި
23 ފެބުރުއަރީ 2017

ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ

23 ފެބުރުއަރީ 2017
ޒައިދުލް އަމީންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޗްއާރސީއެމްގައި އެދިއްޖެ
15 ފެބުރުއަރީ 2017

ކަލައިދޫގައި މަރުވި ކުއްޖާގެ މައްސަލަ: ޒަޚަމްތަކާއެކު ސިއްޚީ މަރުކަޒަށް ގެންދިއުމުން ފޮނުވާލީ ގެއަށް!

15 ފެބުރުއަރީ 2017
ކަލައިދޫގައި މަރުވި ކުއްޖާގެ މައްސަލަ: ޒަޚަމްތަކާއެކު ސިއްޚީ މަރުކަޒަށް ގެންދިއުމުން ފޮނުވާލީ ގެއަށް!
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
05 ފެބުރުއަރީ 2017

ހިންމަފުށީ ގެއަށް އެރީ ގިރިފުށިން ޖެހި ވަޒަނެއް ނޫން: އެމްއެންޑީއެފް

05 ފެބުރުއަރީ 2017
ހިންމަފުށީ ގެއަށް އެރީ ގިރިފުށިން ޖެހި ވަޒަނެއް ނޫން: އެމްއެންޑީއެފް
01 ފެބުރުއަރީ 2017

ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ

01 ފެބުރުއަރީ 2017
ސިފައިންގެއަށް ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން ހޯދަނީ
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް