Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ ފަތުރުވެރިކަން

ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 383،000ށް ވުރެ މައްޗަށް!

އޭޕްރިލް 28ގެ ނިޔަލަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 383,630ށް އަރާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 30 އެޕްރީލު 2021 | ހުކުރު 07:29
ރާއްޖެ އައި ފަތުރުވެރިންތަކެއް

ރާއްޖެ އައި ފަތުރުވެރިންތަކެއް

މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 383،000ށް ވުރެ މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އޭޕްރިލް 28ގެ ނިޔަލަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 383,630ށް އަރާފައެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި 382,762 ފަތުރުވެރިންނާ އަޅާބަލާއިރު، 868 ފަތުރުވެރިން އިތުުރު އަދަދެކެވެ.

Advertisement - newsAdvertisement

ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 3,251 ފަތުރުވެރިން ރާއްޖެއަށް އަންނަ އިރު، އޭޕްރިލް މަހު އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އެއްދުވަހާ ރާއްޖެ އައިސްފައި ވަނީ މި މަހުގެ ދެ ވަނަ ދުވަހުއެވެ. އެއީ 5,141 ފަތުރުވެރިންނެވެ. ދެ ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން މި މަހުގެ އެއް ވަނަ ދުވަހު އައިސްފައިވާއިރު، އެއީ 3,994 ފަތުރުވެރިންނެވެ. އަދި އޭޕްރިލް މަހު އެންމެ މަދުން ފަތުރުވެރިން އައިސްފައި ވަނީ 27 ވަަނަ ދުވަހުއެވެ. އެދުވަހު ރާއްޖެ އައިސްފައި ވަނީ 1,629 ފަތުރުވެރިންނެވެ.

އޭޕްރިލް މަހުގެ އެއް ވަނަ ދުވަހުން 28 ވަނަ ދުވަހަށް 85,060 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމުން ފާއިތުވި އަހަރުގެ އޭޕްރިލް މަހު ރާއްޖެއަށް އެއްވެސް ފަތުރުވެރިއެއް އައިސްފައެއް ނުވެއެވެ.

މިއަހަރުގެ ފުރަތަމަ ތިން މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، ޖެނުއަރީ މަހު 92,103 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި ފެބްރުއަރީ މަހު 96,882 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މާޗް މަހު ރާއްޖެ އައިސްފައިވަނީ 109,585 ފަތުރުވެރިންނެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައި 10 ގައުމުގެ ތެރޭގައި ހިމެނެނީ އިންޑިއާ، ރަޝިއާ، ޔޫކްރެއިން، ޖަރމަނީ، ކަޒަކިސްތާނު، ރޫމޭނިއާ އަދި އިނގިރޭސިވިލާތުގެ އިތުރުން އެމެރިކާ އާއި ޗެކް ރިޕަބްލިކް އަދި ފްރާންސް އެވެ. އެގޮތުން ރާއްޖެ އަންނަ ފަތުރުވެރިންގެ 22.6 އިންސައްތަ އިންޑިއާއިން ހިއްސާކުރާ އިރު، އެގައުމުން 86,127 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ނަމަވެސް އިންޑިއާގެ ކޮވިޑް-19 ހާލަތާ ގުޅިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށަށް އިންޑިއާގެ ފަތުރުވެރިން އައުން މިހާރު ވަނީ މަނާ ކޮށްފައެވެ.

ރާއްޖެ އަށް ދެ ވަަނަ އަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަނީ ރަޝިއާ އިންނެވެ. އެގައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ 21.9 އިންސައްތަ ހިއްސާކުރާއިރު، އެއީ 83,443 ފަތުރުވެރިންނެވެ.

މީގެ އިތުރުން، ޔޫކްރެއިނުން 20,626 ފަތުރުވެރިން، ޖަރުމަނުން 19,889 ފަތުރުވެރިން، ކަޒަކިސްތާން އިން 15,434 ފަތުރުވެރިން އަދި އެމެރިކާއިން 11,512 ފަތުރުވެރިން ވަނީ އޭޕްރިލް 28ގެ ނިޔަލަށް ރާއްޖެ އައިސްފައެވެ. ރޫމޭނިއާ އިން 10,710 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އިނގިރޭސިވިލާތުން އައިސްފައި ވަނީ 10,666 ފަތުރުވެރިންނެވެ. އަދި ޗެކް ރިޕަބްލިކުން 9,092 ފަތުރުވެރިންނާއި ފްރާންސުން 8,776 ފަތުރުވެރިން މިމުއްދަތުގެ ތެރޭގައި ރާއްޖެ އައިސްފައިވެއެވެ.

ބޮޑެތި ގިނަ މާކެޓްތަކުން އަދި ރާއްޖެއަށް ދަތުރުކުރަން ފަށާފައި ނުވި ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަން ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ކުރިއަރަމުންނެވެ. އެގޮތުން ކަޒަކިސްތާން އާއި ޔޫކްރެއިނަކީ ފާހަގަކޮށްލެވޭ ދެ މާކެޓެވެ. 2020 ވަނަ އަހަރު ކަޒަކިސްތާނުން ރާއްޖެ އައިސްފައި ވަނީ 2,771 ފަތުރުވެރިންނެވެ. ނަމަވެސް މިއަހަރުގެ މިހާތަނަށް އެ ގައުމުން ރާއްޖެ އަށް 15,434 ފަތުރުވެރިން ވަނީ އައިސްފައެވެ. އެއީ 457 އިންސައްތައިގެ ކުރިއެރުމެކެވެ. ފާއިތުވި އަހަރު ޔޫކްރެއިނުން 4,555 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، މިއަހަރުގެ މިހާތަނަށް އެގައުމުން ރާއްޖެ އައި 20,626 ފަތުރުވެރިންނާއި އެކު އެގައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ 352.8 އިންސައްތަ ކުރިއަށް ޖެހިލާފައެވެ.

ފާއިތުވި އަހަރުގެ މާރޗް 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ޖުލައި 15 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލިއިރު، ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް ވެކްސިނޭޓްކޮށް ރާއްޖެ އަކީ ދުނިޔޭގެ ފުރަތަމަ ފުލީ ވެކްސިނޭޓެޑް ޓޫރިޒަމް ޑެސްޓިނޭޝަންގެ ގޮތުގައި ހެދުމަށް " އައި އޭމް ވެކްސިނޭޓެޑް" ކެމްޕެއިން ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން ވަނީ ފަށާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު