Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރަމަޟާން ކްރިކެޓް ކާނިވަލް

އޮފީސް މުބާރާތުގެ ޗެމްޕިއަންކަން ކަސްޓަމްސްއަށް

29 އެޕްރީލު 2021 | ބުރާސްފަތި 14:55

އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ސައިފުލް އިސްލާމް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 29 އެޕްރީލު 2021 | ބުރާސްފަތި 14:55
އޮފީސް ޓޭޕް ބޯލް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކަސްޓަމްސް ޓީމު

އޮފީސް ޓޭޕް ބޯލް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކަސްޓަމްސް ޓީމު

މާލޭ ސްޕޯޓްސް ކުލަބާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ އޮފީސް ޓޭޕް ބޯލް ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ކަސްޓަމްސް ރެކްރިއޭޝަން ކުލަބުން ހޯދައިފިއެވެ.

މި ފަހަރުގެ އޮފީސް މުބާރާތުގައި ހަ ޓީމެއް ވާދަކުރިއިރު، މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކޮށްފައިވަނީ ކަސްޓަމްސް އާއި ކުޅިވަރާ ބެހޭ ވުޒާރާއެވެ. ބުރާސްފަތި ދުވަހުގެ ހަވީރު އެކުވެނި ކްރިކެޓް ދަނޑުގައި ކުޅުނު ފައިނަލް މެޗުން ކަސްޓަމްސް މޮޅުވީ ނުވަ ލަނޑުންނެވެ.

މި މެޗުގެ ގުރު ދިމާވުމުން ކުޅިވަރާ ބެހޭ ވުޒާރާއިން ގަސްދުކުރީ ހޮވުމަށެވެ. އެހެންކަމުން ކަސްޓަމްސް ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 102 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 20 ލަނޑު ހެދި މުޙައްމަދު ހައިކަލް އާއި 14 ލަނޑު ހެދި އަޙްމަދު ޝަރީފެވެ. ޖަވާބުގައި ކުޅިވަރާ ބެހޭ ވުޒާރާ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 93 ލަނޑެވެ.

މި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކަސްޓަމްސްގެ މުޙައްމަދު އާމިރެވެ. މީގެ އިތުރުން މި މުބާރާތުގެ އެންމެ މޮޅު ބޯލާ، ބެޓްސްމަން އަދި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުޅިވަރާ ބެހޭ ވުޒާރާގެ ސައިފުލް އިސްލާމެވެ.

ކްރިކެޓް ކާނިވަލަކީ ރަމަޟާން މަހުގައި ކުރިއަށްގެންދާ ކުޅިވަރުގެ އެންމެ ބޮޑު އެއް ހަރަކާތެވެ. އެގޮތުން މި ކާނިވަލުގައި ތިން މުބާރާތެއް ކުޅެއެވެ. އެއީ އޯޕަން ޓޭޕްބޯލް ކްރިކެޓް މުބާރާތާއި، ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ ކޮމްޕެނީ ޓޭޕްބޯލް ކްރިކެޓް މުބާރާތާއި، ސަރުކާރު އޮފީސްތަކުގެ މެދުގައި ބާއްވާ އޮފީސް ޓޭޕްބޯލް ކްރިކެޓް މުބާރާތެވެ.

ބުރާސްފަތި ދުވަހު ދުވަހު އޮފީސް މުބާރާތުގެ ކުޅުން ނިންމާލިއިރު، ހުކުރު ދުވަހު ކޮމްޕެނީ މުބާރާތުގެ ކުޅުން ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
30 ޖެނުއަރީ 2017

ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

30 ޖެނުއަރީ 2017
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް
29 ޖެނުއަރީ 2017

ނެޓްބޯޅަ އޮފީސް މުބާރާތުގައި 16 ޓީމު ބައިވެރިވެއްޖެ

29 ޖެނުއަރީ 2017
ނެޓްބޯޅަ އޮފީސް މުބާރާތުގައި 16 ޓީމު ބައިވެރިވެއްޖެ
26 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި

26 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގެ ޓިކެޓް ވިއްކަން ފަށައިފި
24 ޖެނުއަރީ 2017

އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ

24 ޖެނުއަރީ 2017
އޮފީސް ކުންފުނިތަކުގެ ހޭންޑްބޯލް މުބާރާތް ފެބްރުއަރީ އެއްވަނަ ދުވަހު ފަށަނީ
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
11 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތުއި ސާދަ ޓީމަކުން ބައިވެރިވެއްޖެ

11 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތުއި ސާދަ ޓީމަކުން ބައިވެރިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް