Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ދެމެހެއްޓުމުގެ ބާރު މަޖިލީހަށް ނުދޭގޮތަށް ފާސްކޮށްފި

ބިލު ފާސްކޮށްފައިވަނީ 39 މެމްބަރުންގެ ވޯޓާއެކު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 އެޕްރީލު 2021 | ބުރާސްފަތި 14:06
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދީ އެ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށް ކޮމިޓީން ގެނައި އިސްލާހު އުނިކޮށް އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހުން ފާސްކޮށްފިއެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މަޖިލީހުން ދެމެހެއްޓުމާމެދު އެމްޑީޕީގެ މެމްބަރުންގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތައް އުފެދިފައެވެ. އާއްމު ސިއްހަތުގެ ގާނޫނު މިހާރު ބުނާ ގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކަނޑައަޅަނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ލަފާގެ މަތިން ހެލްތު މިނިސްޓަރެވެ. އަދި މިހާރު ގާނޫނު އޮތް ގޮތުން ރައްޔިތުންގެ މަޖިލީހުން އެ ގަރާރު ފާސް ކުރާކަށް ނުޖެހެއެވެ. ރައީސް އިއުލާން ކުރާ ކުއްލި ނުރައްކަލުގެ ހާލަތު މަޖިލީހުން ފާސްކުރަން ޖެހޭއިރު އޭގެތެރޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ނުހިމެނެއެވެ.

Advertisement - newsAdvertisement

އެހެންކަމުން އެކަމުގެ ކަންބޮޑުވުން މަޖިލީހުގެ މެމްބަރުން ގެންދެވީ ފާޅުކުރައްވަމުންނެވެ. މިއާއެކު ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވަނީ އެގާނޫނަށް އިސްލާހު ހުށަހަޅުއްވާފައެވެ.

އެބިލް ޖުޑީޝަރީ ކޮމިޓީން ދިރާސާކޮށްފައިވާއިރު ކޮމިޓީން ނިންމާފައިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ބާރު ރައީސަށް ދީ އުވާލުމާއި ދިގުދެންމުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ދިނުމަށެވެ.

އެެހެންނަމަވެސް ބިލު މަޖިލީހުން ފާސްކުރީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދިގުދެންމުމަށް މަޖިލީހަށް ބާރު ލިބޭ އެ މާއްދާ އުނިކުރަމަށެވެ. ފުނަދޫ ދާއިރާ މެމްބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވީ، އެ ބިލުގެ 33 ވަނަ މާއްދާ އާއި 34 ވަނަ މާއްދާ އުނިކުރުމަށެވެ. އެއީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ރައިސުލްޖުމްހޫރިއްޔާއަށް ދިނުމާށާއި ދެމެހެއްޓުމުގެ ބާރު މަޖިލީހަށް ދިނުމާ ގުޅޭ މާއްދާތަކެވެ. އެ އިސްލާހު ފާސްވީ 37 މެމްބަރުންގެ ވޯޓުންނެވެ. އެ އިސްލާހާ ދެކޮޅަށް 31 މެމްބަރުން ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެމްބަރަކު ތިއްބެވިއެވެ.

ޝާހިދު ހުށަހަޅުއްވި އިސްލާހުތަކާއެކު އެ ބިލު ފާސްކޮށްފައިވަނީ 39 މެމްބަރުންގެ ވޯޓާއެކުއެވެ. އެ ގޮތަށް ބިލު ފާސްކުރަން ނުފެންނަކަމަށް 29 މެމްބަރުން ވޯޓު ދެއްވި އިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ މެމްބަރަކު އިންނެވި އެވެ.

ބުރާސްފަތި ދުވަހުގެ ޖަލްސާގައި މިއިސްލާހުގެ ބިލު ފާސްކޮށްފައިވާ ގޮތަށް ބަލާއިރު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޚަރަދުކުރުމަށް ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ މިންވަރަށްވުރެ އެ ހާލަތުގައި ކުރަން ޖެހޭ ޚަރަދު އިތުރުވާނަމަ، އިތުރަށް ބޭނުންވާ ފައިސާގެ މިންވަރުގެ ތަފްސީލު ބަޔާންކޮށް މަޖިލީހަށް ހުށަހެޅުމަށް ބިލުގައި ބުނެފައިވެއެވެ. އަދި މަޖިލީހުން ހުއްދަ ކުރާ މިންވަރަށް މެނުވީ، ޚަރަދުކޮށްގެން ނުވާނެ ކަމަށް ވަނީ ފާސްކޮށްފައެވެ.

އޭގެ އިތުރުން އެ ފައިސާ ޚަރަދު ކުރަންވާނީވެސް، މަޖިލީހުން ކަނޑައަޅާ އުސޫލުގެ މަތިން ކަމަށްވެސް ބިލުގައި ބުނެ އެވެ. އަދި މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުލި ނުރައްކަލުގެ ހާލަތުގައި އެ ޚަރަދު ކުރުމާ ގުޅޭ އިސްލާހަށް އަމަލު ކުރަން ލާޒިމްވާ ގޮތަށް ބިލުގައި ހިމަނާފައިވެއެވެ.

އިތުރަށް ކިޔާލަން

18 މާރިޗު 2017

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި

18 މާރިޗު 2017
އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު ސީރިއަސް ހާލަތުގައި
17 މާރިޗު 2017

އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ

17 މާރިޗު 2017
އިންތިހާބާ ބެހޭ ގައުމީ ލަފާދޭ ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވާނީ
16 މާރިޗު 2017

ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ

16 މާރިޗު 2017
 ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔަމަނު މީހަކު ކުއްލި ގޮތަކަށް ހައްޔަރުކުރި މައްސަލައެއް ފެންމަތިވެއްޖެ
09 މާރިޗު 2017

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި

09 މާރިޗު 2017
އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖައްސައިފި
06 މާރިޗު 2017

ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

06 މާރިޗު 2017
ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު