Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19

ހަ ރަށެއްގައި 100ށް ވުރެ ގިނަ އައު ކޭސް، އަތޮޅުތެރޭގައި ބޮޑެތި ކްލަސްޓަރތަކެއް!

29 އެޕްރީލު 2021 | ބުރާސްފަތި 14:43

މިހާރު 23 ރަށެއް މޮނިޓަރިންއަށް ލާފައިވޭ

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 29 އެޕްރީލު 2021 | ބުރާސްފަތި 14:43
އަބްދުﷲ މައުރޫފް

އަބްދުﷲ މައުރޫފް

ކޮވިޑް-19ގެ ސަބަބުން އަތޮޅުތެރެއިން 23 ރަށެއް މޮނިޓަރިންގައި އެބައޮތް ކަމަށާއި އޭގެ ތެރެއިން ހަ ރަށަކުން 200 އެއްހާ ކޭސް ފެނިފައިވާ ކަމަށް އެޗްއީއޯސީން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަތޮޅުތެރޭގެ ކޭސްތައް ބަލަހައްޓަވާ އަބްދުﷲ މައުރޫފް ވިދާޅުވީ އަތޮޅުތެރެއިން ބޮޑެތި ކްލަސްޓަރތަކެއް ފެނިފައިވާ ކަމަށެވެ. އޭގެ ސަބަބުން މިހާތަނަށް 23 ރަށެއް މޮނިޓަރިންއަށް ލާފައިވާއިރު އޭގެ ތެރެއިން ހަ ރަށަކުން 100ށް ވުރެ ގިނަ ކޭސް ފެނިފައިވާ ކަމަށެވެ. އެއީ އޭދަފުށި، މާފުށި، ނައިފަރު މަތިވެރި އަދި ވޭމަންޑޫއާއި މާންދޫއެވެ.

Advertisement - newsAdvertisement

މި ހަ ރަށުން ވެސް ފެނިފައިވާ ކޭސްތަކުގެ ތެރޭގައި ގިނައީ ދިވެހިންނެވެ. މި ހަ ރަށުން ޖުމްލަ 732 ދިވެހިން ޕޮޒިޓިވްވެފައިވާއިރު ބިދޭސީން ހިމެނޭގޮތުން ޖުމްލަ 902 ކޭސް ވަނީ ފެނިފައެވެ. އޭގެ ތެރޭގައި ހިމެނެނީ އޭދަފުށިން 119 ދިވެހިންނާއި 2 ބިދޭސީން، މާފުށިން 178 ދިވެހިންނާއި، 31 ބިދޭސީން ނައިފަރުން 125 ދިވެހިންނާއި 5 ބިދޭސީން އަދި މަތިވެރިން 165 ދިވެހިންނާއި 6 ބިދޭސީންގެ އިތުރަށް ވޭމަންޑޫން 137 ދިވެހިންނާއި 8 ބިދޭސީން އަދި މާންދޫން 118 ބިދޭސީންނާއި 8 ދިވެހިންނެވެ. މައުރޫފް ވިދާޅުވީ މި ހަރަށުގެ އިތުރުން ދެން މޮނިޓަރިން އަށް ލާފައިވާ ރަށްރަށުގެ ކޭސް ޖުމްލަ މިހާރު 1200ށް ވުރެ މައްޗަށް އަރާފައިވާ ކަމަށެވެ.

މައުރޫފް މިހެން ވިދާޅުވިއިރު ފާއިތުވި ދެތިން ހަފުތާއެއްގައި އަތޮޅު ތެރެއިން ވަނީ ބޮޑެތި ކްލަސްޓަރތަކެއް ފެނިފައެވެ. އަދި ކޮންމެ ދުވަހަކު ރިޕޯޓުކުރާ ކޮވިޑް-19 ކޭސްތަކުގެ ޖުމްލަ އަދަދުތަކުއް ވެސް އިތުރުކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރަށް މާލެ ސަރަހައްދުން ގިނަ ކޭސްތަކެއް އަނެއްކާ ވެސް ފެންނަމުންދާ އިރު، ކޭސްތައް ކޮންޓްރޯލްކުރުމަށް ވަކި ފިޔަވަޅުތަކެއް އަޅާފައެއް ނުވެއެވެ.

އަދަދުތައް އިތުރުވަމުން އަންނަ އިރު މިހާރު އޮތީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުމަށް ފަހު ދަތުރުކުރެވޭނެ ވަކި ޚާއްސަ އުސޫލެއް ކަނޑައަޅާފައެވެ. އެގޮތުން އާބާދީގެ ފަސް އިންސައްތަ އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ރަށަކުން ދަތުރުކުރާ ނަމަ އެމީހަކު ވެކްސިން ޖަހައިގެން ދެ ހަފުތާ ފުރިހަމަވާން ޖެހެއެވެ. އަދި ނެގެޓިވް ޕީސީއާރް ޓެސްޓެއް ވެސް ހުށަހަޅަން ޖެހެއެވެ. އެގޮތަށް ދެވެނީ އާބާދީގެ 60 އިންސައްތަ މީހުން ވެކްސިން ޖަހާފައިވާ ރަށްރަށަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް