Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޕޮމޭޝަން ކޮމިޝަނަރުކަމުގެ މަޤާމަށް މިހާކު ޢައް

އިންޕޮމޭޝަން ކޮމިޝަނަރުކަމުގެ މަޤާމަށް ހުށަހެޅުއްވި ނަންތަކާ މެދު ޢާންމުންގެ ޚިޔާލު ހޯދަނީ

28 އެޕްރީލު 2021 | ބުދަ 20:57

ރައިސޫލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތައް ދިރާސާކޮށް ގޮތެއް ނިންމުމަށް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 28 އެޕްރީލު 2021 | ބުދަ 20:57
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

އިންޕޮމޭޝަން ކޮމިޝަނަރުކަމުގެ މަޤާމަށް ޢައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ނަންތަކާއި ގުޅޭގޮތުން ޢާންމުންގެ ޚިޔާލު ހޯދުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.

ހުސްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ތިން ނަން ދިރާސާކުރުމަށް ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

Advertisement - newsAdvertisement

އެގޮތުން ފޮނުވާފައިވާ ންންތަކަކީ:

1- އަލްއުސްތާޛް ޝިހާމް މުޙައްމަދު ވަޙީދު/ ދަފްތަރު ނަންބަރު ރސ 5143

2- އަލްއުސްތާޛް އަޙްމަދު އާހިދު ރަޝީދު/ ހ. ގުރުވަ

3- މަރްޔަމް އަލީމް/ ގ. ދާސްތާން

މިހާރު އިންޕޮމޭޝަން ކޮމިޝަނަރުކަމުގެ މަޤާމަށް ހުށަހެޅުއްވި ނަންތަކާ މެދު ޢާންމުންގެ ޚިޔާލު ހޯދަން ހުޅުވާލައިވާކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުން ބުނީ، އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމު ހުސްވެފައިވުމާއެކު، ޤާނޫނު ނަމްބަރު 2014/1 (މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖްލީހަށް ނަންފުޅުތަކެއް ފޮނުއްވާފައިވާކަމަށެވެ. މެއި މަހުގެ 10 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގެ ނިޔަލަށް ޝަކުވާ ހުށަޅެމުގެ ފުރުޞަތު އޮންނާނެ ކަމަށާއި، ޝަކުވާ ހުށަހަޅާއިރު ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯނު ނަމްބަރު އެނގޭނެ ގޮތަށް ޝަކުވާ ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން އިލްތިމާސްކުރައްވައެވެ. ޝަކުވާ ހުށަހަޅާނީ indep.institutions_committee@majlis.gov.mv އަށް ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

އިންފޮމޭޝަން ކޮމިޝަނަރަކީ ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) އިން މަތިކޮށްފައިވާ ޒިންމާތަކާއި، ކަމާ ބެހޭ އެހެނިހެން ޤާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން އުފުލަން ޖެހޭ ޒިންމާތަކުގެ ބޭނުމަށް ސީދާ ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންޖެހޭ މިނިވަން މީހެކެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 29 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު: 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަނުކުރައްވާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި 13 ޖުލައި 2014 ގައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އޮފީހެކެވެ.

ކުރިން ހުންނެވި އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒް މޫސާ އިސްތިއުފާ ދެއްވުމާ ގުޅިގެން، ހުސްވެފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް މީހަކު ހޯދުމަށް ރައީސް އޮފީހުން އިއުލާނުކޮށްފައިވަނީ، މާރޗް މަހުގެ 22 ވަނަ ދުވަހުއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ޤާނޫނުގެ 45 ވަނަ މާއްދާގައި ބަޔާން ކޮށްފައި ވާގޮތުން، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އައްޔަނުކުރާ މީހަކީ އުމުރުން 35 އަހަރުވެފައިވާ މީހަކަށް ވާންވާނެއެވެ. އަދި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، ސިޔާސީ މަގާމެއް ފުރަމުން ދާ މީހަކު ކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރެއް، ނުވަތަ ޕާޓީއެއްގައި ހަރަކާތްތެރި ވަމުންދާ މީހަކަށް ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން އިންފޮމޭޝަން ކޮމިޝަނަރުގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުމަކީ ވެސް މި މަގާމުގެ ޝަރުތެކެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

09 އޮކްޓޯބަރު 2017

ބިޝާމާ ދެކޮޅަށް މަހުލޫފް ހުށަހެޅުއްވި މައްސަލަ ބެލުމަށް އޭސީސީން ޑޮކިއުމެންޓްސްތައް ހޯދަނީ!

09 އޮކްޓޯބަރު 2017
ބިޝާމާ ދެކޮޅަށް މަހުލޫފް ހުށަހެޅުއްވި މައްސަލަ ބެލުމަށް އޭސީސީން ޑޮކިއުމެންޓްސްތައް ހޯދަނީ!
24 ސެޕްޓެމްބަރު 2017

މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް މަސީހުގެ ކޮއްކޮ، ޑރ ފަޒީލް ނަޖީބު ޢައްޔަނު ކުރައްވައިފި

24 ސެޕްޓެމްބަރު 2017
މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް މަސީހުގެ ކޮއްކޮ، ޑރ ފަޒީލް ނަޖީބު ޢައްޔަނު ކުރައްވައިފި
24 އޯގަސްޓު 2017

ހެލްތުގެ ކޮރަޕްޝަނާ ގުޅޭ ގޮތުން ރިޔާޒް ހުށަހެޅުއްވި މައްސަލަ ބެލުމަށް ކޮމެޓީން ނިންމައިފި

24 އޯގަސްޓު 2017
 ހެލްތުގެ ކޮރަޕްޝަނާ ގުޅޭ ގޮތުން ރިޔާޒް ހުށަހެޅުއްވި މައްސަލަ ބެލުމަށް ކޮމެޓީން ނިންމައިފި
14 އޯގަސްޓު 2017

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް ޑރ. އަބްދުލް މުޙުސިން މުޙައްމަދު އައްޔަނު ކުރައްވައިފި

14 އޯގަސްޓު 2017
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް ޑރ. އަބްދުލް މުޙުސިން މުޙައްމަދު އައްޔަނު ކުރައްވައިފި
14 އޯގަސްޓު 2017

ރިޝްވަތު ހުށަހެޅުއްވި ކަމުގެ ތުހުމަތުގައި ފާރިސްއަށް ދައުވާކުރަން ފޮނުވައިފި

14 އޯގަސްޓު 2017
ރިޝްވަތު ހުށަހެޅުއްވި ކަމުގެ ތުހުމަތުގައި ފާރިސްއަށް ދައުވާކުރަން ފޮނުވައިފި
21 ޖޫން 2017

އެސިސްޓެންޓް އެޓަރނީ ޖެނެރަލްގެ މަޤާމަށް ހިޝާމް އައްޔަންކުރައްވައިފި

21 ޖޫން 2017
އެސިސްޓެންޓް އެޓަރނީ ޖެނެރަލްގެ މަޤާމަށް ހިޝާމް އައްޔަންކުރައްވައިފި
19 ޖޫން 2017

މަޤާމަށް ވުރެން މުހިއްމީ ޕާޓީއަށް ޚިދުމަތްކޮށްދިނުން: ނިޔާޒް

19 ޖޫން 2017
މަޤާމަށް ވުރެން މުހިއްމީ ޕާޓީއަށް ޚިދުމަތްކޮށްދިނުން: ނިޔާޒް
08 ޖޫން 2017

އިފޮޕްކާގެ ނައިބު ރައީސްކަމުގެ މަޤާމަށް ޖަނާޙް

08 ޖޫން 2017
އިފޮޕްކާގެ ނައިބު ރައީސްކަމުގެ މަޤާމަށް ޖަނާޙް
27 އެޕްރީލު 2017

ފިނޭންސް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވައިފި

27 އެޕްރީލު 2017
ފިނޭންސް މިނިސްޓްރީގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވައިފި
27 އެޕްރީލު 2017

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް އާ ބޭފުޅަކު އައްޔަންކުރައްވައިފި

27 އެޕްރީލު 2017
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރުގެ މަޤާމަށް އާ ބޭފުޅަކު އައްޔަންކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް