Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސައުދީ، އީރާންގެ ގުޅުން

އީރާނާއި ގުޅުން ބަދަހިކުރަން ބޭނުންވާކަން ސައުދީން ހާމަކޮށްފި

28 އެޕްރީލު 2021 | ބުދަ 15:56

އީރާނާއި ދެކޮޅަށް ފިޔަވަޅު އެޅުމަކީ ސައުދީން ބޭނުންވާ ކަމެއް ނޫން

އަތޫފް އާތިފް
އަތޫފް އާތިފް | 28 އެޕްރީލު 2021 | ބުދަ 15:56
ސައުދި އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން

ސައުދި އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން

އީރާނާއި ގުޅުން ބަދަހިކުރަން ބޭނުންވާ ކަމަށާއި އީރާނަކީ ސައުދީގެ އަވަށްޓެރި ގައުމެއް ކަމަށް ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެއެވެ.

ސައުދީ މީޑިއާއަކަށް ދެއްވިި ބަސްދީގަތުމެއްގައި މުހައްމަދު ބިން ސަލްމާން ވިދާޅުވީ އީރާނަކީ ސައުދީގެ އަވަށްޓެރި ގައުމެއް ކަމަށާއި އީރާނާ ސައުދީގެ ގުޅުންތައް ރަގަޅުކުރުމަކީ ދެގައުމަށްވެސް އޭގެ ސަބަބުން ފައިދާތަކެއް ކުރާނެ ކަމެއް ކަމަށެވެ. އީރާނުގެ އަމަލުތައް ހުންނަ ގޮތުން އުފެދިފައިވާ މައްސަލަތައް ހައްލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ދެ ގައުމުން ބާއްވާ ބައްދަލުވުންތަކާއެކު އެކަންކަން ހައްލުވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކުރިން އީރާނާމެދު ހަރުކަށި ވިސްނުންތަކެއް ސައުދީން ގެންގުޅުނުނަމަވެސް އީރާނާއެކު ގުޅުން ބަދަހި ކުރަން ބޭނުންވާ ކަމަށް ޕްރިންސް މުހައްމަދު ވިދާޅުވެފައި މިވަނީ ދުނިޔޭގެ މީޑިއާތަކުން އީރާނުގެ ވެރިރަށް ތެހެރާނުގައި ސައުދީގެ އިސް އޮފިޝަލުންނާއި އީރާނުގެ އިސް އޮފިޝަލުން ސިއްރު ބައްދަލުވުންތަކެއް ކުރިޔަށް ގެންދާ ކަމަށް ބުނެފައިވަނިކޮށެވެ.

މުހައްމަދު ވިދާޅުވީ އީރާނާއި ދެކޮޅަށް ފިޔަވަޅު އަޅަން ސައުދީން ބޭނުންނުވާ ކަމަށާއި އީރާނު ނިކަމެތިކޮށްލުމަކީ ސައުދީން ބޭނުންވާ ކަމެއް ނޫންކަމަށެވެ. އޭގެ ބަދަލުގައި ސައުދީން ބޭނުންވަނީ އީރާނާއެކު ގުޅުން ބަދަހި ކުރުމަށާއި އިގްތިސާދީ ގޮތުން އީރާނު ކުރިއަރައި އެގައުމުގެ ރައްޔިތުން ތަނަވަސް ކަމުގައި ދިރިއުޅޭތަން ބަލަން ކަމަށް ވިދާޅުވިއެވެ.

ރިޕޯޓްތައް ބުނާގޮތުން ސައުދީން އީރާނާއެކު ގުޅުން ބަދަހި ކުރަން ނިންމީ އެމެރިކާގެ ސިޔާސަތަށް އައި ބަދަލުތަކާއިއެކު އެގައުމުން އީރާނާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލައި ނިއުކުލިއާ އެއްބަސްވުމަށް އަލުން ރުޖޫއަވާން ނިންމާނެކަން ޔަގީން ވުމުންނެވެ.  

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

13 ޖޫން 2017

ގަތަރާ ގުޅުން ކަނޑާލުމަށް ސޯމާލިއާގެ ރައީސަށް 80 މިލިއަން ޑޮލަރު!!

13 ޖޫން 2017
ގަތަރާ ގުޅުން ކަނޑާލުމަށް ސޯމާލިއާގެ ރައީސަށް 80 މިލިއަން ޑޮލަރު!!
13 ޖޫން 2017

ޕެނަމާއިން ޓައިވާނާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި

13 ޖޫން 2017
ޕެނަމާއިން ޓައިވާނާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލައިފި
12 ޖޫން 2017

އިޓަލީން ޤަތަރާއެކު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އެއްބަސްވެއްޖެ

12 ޖޫން 2017
އިޓަލީން ޤަތަރާއެކު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް އެއްބަސްވެއްޖެ
12 ޖޫން 2017

ގުޅުން ކަނޑާލި ގައުމުތަކުގެ ރައްޔިތުންނަށް ވެސް ގަތަރުގައި ތިބެވޭނެ ކަމަށް ބުނެފި

12 ޖޫން 2017
ގުޅުން ކަނޑާލި ގައުމުތަކުގެ ރައްޔިތުންނަށް ވެސް ގަތަރުގައި ތިބެވޭނެ ކަމަށް ބުނެފި
06 ޖޫން 2017

އަރަބި ހަ ގައުމަކުން ގަތަރާ ގުޅުން ކަނޑާލިއަސް އެމެރިކާގެ ތައުރީފު ގަތަރަށް!

06 ޖޫން 2017
އަރަބި ހަ ގައުމަކުން ގަތަރާ ގުޅުން ކަނޑާލިއަސް އެމެރިކާގެ ތައުރީފު ގަތަރަށް!
05 ޖޫން 2017

ގަތަރާ ގުޅުން ކަނޑާލި އަރަބި ގައުމުތަކުގެ އަދަދު ހަޔަކަށް!

05 ޖޫން 2017
ގަތަރާ ގުޅުން ކަނޑާލި އަރަބި ގައުމުތަކުގެ އަދަދު ހަޔަކަށް!
05 ޖޫން 2017

ހަތަރު ގައުމަކުން ގަތަރާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފި

05 ޖޫން 2017
ހަތަރު ގައުމަކުން ގަތަރާ ޑިޕްލޮމެޓިކް ގުޅުން ކަނޑާލައިފި
24 އެޕްރީލު 2017

އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި

24 އެޕްރީލު 2017
އެެމެރިކާގެ ޑިފެންސް ސެކްރެޓަރީ ގަތަރަށް "ގުޅުން ރަނގަޅު ކުރުމުގެ" ބޭނުމުގައި ޒިޔާރަތެއް ކުރައްވައިފި
19 މާރިޗު 2017

ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް

19 މާރިޗު 2017
ޔޫރަޕްއާއެކު އޮންނަ ނުތަނަވަސް ގުޅުން ނައްތާލަން ބޭނުން:ޓްރަމްޕް
15 މާރިޗު 2017

ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި

15 މާރިޗު 2017
ތުރުކީން ނެދަލޭންޑްސް އާއި އެކު އޮންނަ މަތީ ލެވެލްގެ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް