Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަނަސްގެ މަރުގެ މައްސަލަ

އަނަސްގެ މަރު: ދައުލަތަށް ސިއްރު ހެކިން ހާޒިރެއް ނުކުރެވުނު، ދެން ހެކިބަހެއް ނުނަގާނެ!

ދައުވާލިބޭ 7 މީހުން ވެސް ދައުވާއަށް އިންކާރު ކުރޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 28 އެޕްރީލު 2021 | ބުދަ 08:35
އަނަސްއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ބޭއްވި ހިނގާލުމެއްގެ ތެރެއިން

އަނަސްއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި ބޭއްވި ހިނގާލުމެއްގެ ތެރެއިން

ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ހުށަހެޅި 9 ސިއްރު ހެކިން ހާޒިރު ކުރުމަށް ދެވުނު ގިނަ ފުރުސަތުތަކަށްފަހު ވެސް ހެކިން ހާޒިރު ކުރެވިފައިނުވާތީ، އެ ހެކިންގެ ހެކިބަސް އިތުރަށް ނުނެގުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

އަނަސްގެ މަރުގެ މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ މާރޗު މަހުގެ 15 ވަނަ ދުވަހުއެވެ. އެ އަޑުއެހުމަކީ ހެކިބަސް ނެގުމާއި ބަންދު މުރާޖައާ ކުރުމަށް ބޭއްވި އަޑުއެހުމެކެވެ. ނަމަވެސް ހެކިން ހާޒިރު ކުރެވިފައި ނުވާއިރު، ދައުލަތުގެ ފަރާތުން ވަނީ ސިއްރު ހެކިން ހާޒިރު ކޮށް ހެކިބަސް ނެގުމަށް އިތުރު ފުރުސަތަކަށް އެދިވަޑައިގަންނަވާފައެވެ. ނަމަވެސް ބުދަ ދުވަހުގެ އަޑުއެހުމަށް ވެސް ހެކިން ހާޒިރު ކުރެވިފައެއް ނުވެއެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލާ ވިދާޅުވީ، މި މައްސަލައިގައި ދައުލަތުން 9 ސިއްރު ހެއްކެއް ހުށަހަޅާފައިވީނަމަވެސް، އެއިން އެއްވެސް ހެއްކެއް ހާޒިރު ކުރެވިފައިނުވާ ކަމަށެވެ. އަދި މައްސަލަ ނިންމަވާއިރު، ތަހުޤީޤުގައި ހެކިން ދީފައިވާ ބަޔާނަށް ރިއާޔަތް ކުރެއްވުމަށް ދައުލަތުން ވަނީ އެދިފައެވެ. އެކަމާ ގުޅޭގޮތުން ދިފާއީ ވަކީލު އާދަމް އާސިފް ވިދާޅުވީ، އެކަމުގެ ސަބަބުން ދައުވާލިބޭ ފަރާތްތަކުގެ މަސްލަޙަތުގައި ޤާނޫނު މާނަ ކުރަން އޮންނަ އޮތުމަށް ތައާރަޒުވާ ކަމަށެވެ. އަދި އެ ހެކިންނާ ގުޅޭ ކަންކަމަކީ ވުޖޫދުގައި ވާ ކަމެއްތޯ ނޫންތޯ ވެސް ދިފާއަށް ކަށަވަރު ކުރެވޭނެ ގޮތެއް ނެތްކަން ފާހަގަ ކުރައްވައި އާސިފް ވިދާޅުވީ، ހެކިން ހާޒިރު ނުކުރެވުނު މަޤުބޫލު ސަބަބެއް ނެތްނަމަ، އެމީހުންގެ ހެކިބަސް ނުނެގުމަށް އެދޭ ކަމަށެވެ. އެގޮތުން އެ ހެކިން ހާޒިރު ކުރުމަށް 5 ފުރުސަތު ދެވިފައިވާއިރު، އެ ހެކިން ހާޒިރު ނުކުރެވުނީ މަޤުބޫލު ސަބަބެއް އޮވެގެންތޯ އާސިފް ވަނީ ސުވާލު އުފައްދަވާފައެވެ.

އާސިފް ވަނީ ހަމައެކަނި ތަހުޤީޤީ ބަޔާނަށް ރިއާޔަތްކޮށް މައްސަލަ ނިންމުމަކީ ދައުވާލިބޭ ފަރާތްތަކުގެ ހައްޤު ގެއްލިގެންދާނެ ކަމެއްކަމަށް ވިދާޅުވެފައެވެ. މި މައްސަލައިގެ ދިފާއީ ވަކީލު މުހައްމަދު މިހުފާޒުއާއި، ހަމްޒާ ލަތީފު ވަނީ އާސިފުގެ ވާހަކައަށް ތާއީދު ކުރައްވާފައެވެ. އަދި މަތީ މަރުޙަލާގެ ކޯޓުތަކުން ވެސް ތަހުޤީޤީ ބަޔާނާ ގުޅޭގޮތުން ނިންމާފައިވާ ނިންމުންތަކަށް ރިއާޔަތް ކުރެއްވުމަށް ހަމްޒާ އެދިވަޑައިގެންނެވިއެވެ.

އޭގެ އިތުރުން، ދިފާއީ ވަކީލު މުޙައްމަދު ނިޝާން އިބްރާޙިމް ވިދާޅުވީ، ފުލުހުންގެ ތަހުޤީޤަށް ދީފައިވާ ބަޔާނެއްގެ މައްޗަށް ނިންމާފައިވާ އެއްވެސް މައްސަލައެއް ނެތް ކަމަށާއި، ހެކިންނާ ސުވާލުކުރުމަށް ދިފާއަށް ފުރުސަތު ނުދީ ކުށް ސާބިތު ކުރުމަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނާ ވެސް ޚިލާފު ކަމެއް ކަމަށެވެ. އަދި ދައުލަތަށް ގިނަ ފުރުސަތުތަކެއް ދެވި ހެކިން ހާޒިރު ކުރެވިފައިނުވާއިރު، އެ 9 ހެކިންނަކީ ނެތް ހެކިންކަމަށް ބަލައި މައްސަލަ ކުރިއަށް ގެންދިއުމަށް ނިޝާން އެދިވަޑައިގެންނެވިއެވެ. އަދި މި މައްސަލައިގެ ސިއްރު ނޫން ހުރިހާ ހެކިންގެ ހެކިބަސް ނަގާ ނިމިފައިވާއިރު، ދައުވާލިބޭ މީހުން ބަންދުން ދޫކޮށްލުމުގެ ފުރުސަތު މިހާރު ޤާނޫނުން ފަހިވެފައިވާކަމަށް ނިޝާން ވިދާޅުވިއެވެ.

ދިފާއީ ވަކީލުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި ދައުލަތުގެ ވަކީލާ ވިދާޅުވީ، ދިފާއީ ވަކީލުން ފާހަގަކޮށްފައިވާ ކަންބޮޑުވުންތަކަކީ ދައުލަތުން ވެސް ފާހަގަކުރާ ކަންބޮޑުވުމެއް ކަމަށެވެ. އަދި މައްސަލައިގައި ހިމެނޭ ސިއްރު ހެއްކަކަަށް ބިރު ދައްކާ ނުފޫޒު ފޯރުވާފައިވާކަމަށް މައުލޫމާތު ލިބިފައިވާކަން ފާހަގަ ކުރައްވައި ވަކީލާ ވިދާޅުވީ، އެކަމުގެ ސަބަބުން ހެކިން ހާޒިރު ނުވުމުގެ އިހުތިމާލު އޮތް ކަމަށެވެ.

އެކަމާ ގުޅޭގޮތުން ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ މުޙައްމަދު ސަމީރު ވަނީ މި މައްސަލައިގައި ހިމެނޭ 9 ސިއްރު ހެކިންގެ ހެކިބަސް ނުނެގުމަށް ނިންމާފައެވެ. އަދި ދިފާއީ ހެކިން ހާޒިރުކުރުމަށް ފުރުސަތު ދިނުމަށް ގާޒީ ވަނީ ނިންމަވާފައެވެ. އަދި ދިފާއީ ހެކިންނާ ގުޅޭ މައުލޫމާތުތައް ކޯޓާ ހިއްސާކުރުމަށް 10 ދުވަހުގެ މުއްދަތެއް ގާޒީ ވަނީ ދެއްވާފައެވެ.

މި މައްސަލައިގައި ދައުލަތުން 7 މީހެއްގެ މައްޗަށް ދައުވާ ކޮށްފައިވާއިރު، ދައުވާލިބޭ 7 މީހުން ވެސް ދައުވާއަށް އިންކާރު ކުރެއެވެ.

އޭގެ އިތުރުން، އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރި 17 އަހަރުގެ ކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ދާދި ފަހުން ޖުވެނައިލް ކޯޓުން ވަނީ ޙުކުމް ކޮށްފައެވެ.

މި މައްސަލައިގެ ބަންދު މުރާޖައާ އަޑުއެހުން ވެސް ބުދަ ދުވަހު ކުރިއަށް ގެންގޮސްފައިވާއިރު، ދައުލަތުން ވަނީ އެމީހުން ބަންދުކުރި ސަބަބުތައް ދެމިއޮތްކަން ފާހަގަ ކުރައްވައި، އެމީހުން ދޫކޮށްލައިފިނަމަ، އަލުން އެފަދަ ކުށެއް ތަކުރާރުކުރުމުގެ ފުރުސަތު އޮތްކަމަށް ވިދާޅުވެފައެވެ. އަދި އެމީހުން ބަންދު ކުރުމަށް ނިންމާފައިވާ ނިންމުން ދެމެހެއްޓުމަށް ދައުލަތުން ވަނީ އެދިފައެވެ.

ބަންދާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ދައުވާލިބޭ ޖުނައިހު، އަފްރާހު އަދި މަހުފޫޒުގެ ޤާނޫނީ ވަކީލު އާދަމް އާސިފް ވިދާޅުވީ، މި މައްސަލައަށް 4 އަހަރު ވޭތުވެގެން ގޮސްފައިވާއިރު، އެމީހުން ބަންދުގައި ބައިތިއްބަންޖެހޭ ރުކުންތައް ހެކީގެ ނިސްބަތުން ބަލާއިރުވެސް މިހާރު ނެތް ކަމަށެވެ. އެއީ މި މައްސަލައިގެ ވީޑިއޯ އެނާލިސިސް ރިޕޯޓު ތައްޔާރުކުރި އޮފިސަރަށް ވެސް ދައުވާލިބޭ މީހުން އައިޑެންޓިފައި ނުކުރެވި ވާތީ ކަމަށް އާސިފް ވިދާޅުވިއެވެ.

އޭގެ އިތުރުން، ދައުވާލިބޭ ޖުނައިހުގެ ސިއްޙީ މައްސަލަތަކުގެ ވާހަކަ މީގެ ކުރިންވެސް ތަކުރާރުކޮށް އަޑުއެހުންތަކުގައި ފާހަގަކޮށްފައިވާއިރު، ޖުނައިހުގެ ބަންދަށް ވެސް ލުއި ދެއްވުމަށް އާސިފް ވަނީ އެދިވަޑައިގަންނަވާފައެވެ. އަދި ޝަރުތުތަކާއެކު އެންމެން ބަންދުން ދޫކޮށްލުމަށް ގާޒީ ވަނީ އެދިވަޑައިގަންނަވާފައެވެ.

މި މައްސަލައިގައި ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ސަމީރު ވަނީ މުޖުތަމައުގެ ސަލާމަތަށްޓަކައި އަދި މިވަގުތު ބަންދުގައި ބެހެއްޓުމަށް ނިންމަވާފައެވެ. އަދި އަންނަ އަޑުއެހުމުގައި ދިފާއީ ހެކިބަސް ނެގުމަށްފަހު، ޚުލާސާ ބަޔާން އިއްވަވާނެކަން ގާޒީ ފާހަގަ ކުރެއްވިއެވެ. އެގޮތުން ޖޫން މަހުގެ ފުރަތަމަ ހަފްތާތެރޭގައި އަޑުއެހުން ބާއްވާނެކަމަށް ގާޒީ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 މެއި
ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ފެންޓޮނޯއީ ގެއަށް ދިޔައީ ޔައްސާރުގެ ދައުވަތަކަށް، ރައުދުގެ އިތުރުން 4 މީހަކު ތިބި - ޔުމްނުގެ އާއިލާ

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން
20242 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނި އިންޑިއާ ކައިރިއަށް އާދޭސް ހިފައިގެން

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟
20233 އަހަރު ކުރިން
ރިޕޯޓު

ތަފާތު ފޮޓޯގަނޑެއް! އެތައް ވާހަކައެއް!؟

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރަންވޭ މަތިން ކައްސާލި މޯލްޑިވިއަން ފްލައިޓުގައި އޮސްޓްރޭލިއާގެ ކްރިކެޓް ތަރިއެއް، ބުނީ އެއީ ބިރުވެރި ވަގުތުކޮޅެއް ކަމަށް

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ހިތް ސިންގަލެއް ނުވޭ، ހިތާވަނީ 70 އަހަރުގެ އަންހެނަކާ!

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ޕްރިޔަންކާގެ ހެދުމަށް ގިނަ ބަޔަކު މަލާމަތް ކޮށްފި

ރައީސް ޔާމީންގެ އަނެއް ރެކޯޑް
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ އަނެއް ރެކޯޑް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު