Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވެލެންސިއާ އާއި އީގަލްސްގެ މެޗު

އީގަލްސްގެ އަސްލު މަގާމަށް ގެންދަން ބޭނުންވޭ: ޝާޒްލީ

ވެލެންސިއާ އާއި އީގަލްސްގެ މެޗު ފަށާނީ ބުދަ ދުވަހުގެރޭ 22:00 ގައި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 27 އެޕްރީލު 2021 | އަންގާރަ 23:27
ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް)

ކުލަބު އީގަލްސްގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް)

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި ދަށް ނަތީޖާތަކެއް ނެރެފައިވީ ނަމަވެސް، ކުއަށް ހުރި މެޗުތަކުން ކާމިޔާބު ހޯދައި، ކުލަބު އީގަލްސްގެ އަސްލު މަގާމަށް ގެންދަން ބޭނުންވާ ކަމަށް އެ ޓީމުގެ ކޯޗު މުޙައްމަދު ޝާޒްލީ (ޝާޒް) ބުނެފިއެވެ.

މި ސީޒަނަށް ޓީސީ ސްޕޯޓްސް ކުލަބާއެކު ނުކުތް ޝާޒްލީ އީގަލްސްއާ ހަވާލުވީ ޖެނުއަރީ މަހުގެ ފަހުކޮޅެވެ. އޭރު އީގަލްސް އޮތީ ތާވަލުގެ ފުލުން ދެވަނައިގައެވެ. އެކަމަކު ޝާޒްލީއާއެކު އީގަލްސްއިން ކުޅުން ރަނގަޅުކޮށްފައިވާއިރު، އެންމެ ފަހުން ޓީސީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް އީގަލްސް މިހާރު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ.

ލީގުގައި ބުދަ ދުވަހުގެރޭ ކުލަބު ވެލެންސިއާއާ ދެކޮޅަށް ނުކުތުމުގެ ކުރިން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޝާޒްލީ ބުނީ އީގަލްސްއިން މިދިޔަ އަހަރުތަކުގައި ނެރެފައިވާ ނަތީޖާތަކަށް ބަލާއިރު، އެ ޓީމުގެ މެނޭޖުމަންޓުން ދީފައިވާ ޓާގެޓް ކަމަށްވާ ގަދަ ހަޔަކަށްވުރެ މައްޗަށް ދާން އެ ޓީމުގެ ކުޅުންތެރިންގެ އިތުރުން އޭނާވެސް ބޭނުންވާ ކަމަށެވެ.

ވެލެންސިއާއާ ބެހޭ ގޮތުން ޝާޒްލީ ބުނީ އެ ޓީމަކީ ލީގުގައި ނަތީޖާ ނެރެމަށް ބަލާއިރު ތަފާތު ދައްކާފައިވާ ޓީމެއް ކަމަށެވެ. އަދި ކޮންމެ ގޮތަކަށް މެޗުގެ އޮއިވަރު ދިޔަކަމުގައި ވިޔަސް، ވެލެންސިއާގައި ތިބި ސީނިއާ ކުޅުންތެރިންގެ ބޭނުން އެޓީމުން ވަރަށް ރަނގަޅަށް ހިފާ ކަމަށާއި، އެކަމަށް އީގަލްސްއިން ސަމާލުވާން ޖެހޭ ކަމަށްވެސް ވަނީ ބުނެފައެވެ.

އީގަލްސް މެޗުގެ ކުރިން ވެލެންސިއާގެ ކޯޗު މުޙައްމަދު އާތިފް (އާތީ) ބުނީ އެންމެ ފަހުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ ލީގު ހޯދުމުގެ އަމިއްލަ ބާރު ވެލެންސިއާއަށް މިހާރު ގެއްލިފައިވާ ކަމަށެވެ. އަދި ވެލެންސިއާއިން މިހާރު މަސައްކަތް ކުރަމުން އަންނަނީ ލީގުގެ ދެވަނަ ކަށަވަރުކުރުމަށް ކަމަށްވެސް ބުންޏެވެ.

ވެލެންސިއާއާ ދެކޮޅަށް ނުކުންނަ އީގަލްސްއަށް ތާރީފުކުރަމުން އާތީ ބުނީ އީގަލްސްއަކީ ގިނަ ދުވަސްތަކަކުން ބިނާ ކޮށްފައިވާ ޓީމެއް ކަމަށެވެ. އަދި އެގޮތަށް ވިސްނާއިރު އީގަލްސްއަކީ ވެލެންސިއާއިން ކުރިމަތިލާނެ އެންމެ އުނދަގޫ އެއް ޓީމު ކަމަށްވެސް ބުންޏެވެ. އާތީ ބުނީ މި މެޗަށް ނުކުންނައިރު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ވެލެންސިއާގެ އަރިމައްޗަށް ކުޅޭ ކުޅުންތެރިންގެ ތެރެއިން ހުސެއިން ނިޔާޒް މުޙައްމަދު (ބޮކުރީ) އާއި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް)، މި ދެ ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއަކު އަނިޔާއިން ސަލާމަތްވެ ކުޅެވޭނެކަން ޔަގީންވުން ކަމަށެވެ.

އީގަލްސްއާ ދެކޮޅަށް ވެލެންސިއާ ނުކުންނައިރު، އެ ޓީމު އޮތީ ތާވަލުގެ ދެވަނައިގައި ކުޅުނު 13 މެޗުން ލިބުނު 24 ޕޮއިންޓާއެކުއެވެ. ތާވަލުގެ ތިންވަނައިގައި އޮތް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބަށް 14 މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު، އީގަލްސް އޮތީ ތާވަލުގެ ހަތަރުވަނައިގައި 12 މެޗުން 16 ޕޮއިންޓާއެކުއެވެ. އެހެންކަމުން ވެލެންސިއާ ބަލިކޮށްގެން ތާވަލުގެ ތިންވަނައަށް އެރުމުގެ ފުރުސަތު އީގަލްސްއަށް އެބައޮތެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ އާއި އީގަލްސް ބައްދަލުކުރާ މެޗު ފަށާނީ ބުދަ ދުވަހުގެރޭ 22:00 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބާސާ އަށް އިސްކޯ ގެންނަން އިނިއެސްޓާ އަދި ސުއަރޭޒް ބޭނުންވޭ!

ބާސާ އަށް އިސްކޯ ގެންނަން އިނިއެސްޓާ އަދި ސުއަރޭޒް ބޭނުންވޭ!

25 މާރިޗު 2017
މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް

މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް

07 މާރިޗު 2017
ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!

ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!

07 މާރިޗު 2017
ޔުނައިޓެޑުން ފެބްރިގާސް ހޯދަން ބޭނުންވޭ: ރިޕޯޓް

ޔުނައިޓެޑުން ފެބްރިގާސް ހޯދަން ބޭނުންވޭ: ރިޕޯޓް

28 ފެބުރުއަރީ 2017
އީގަލްސްގެ ނަސީބު ދެރައީ، ރަނގަޅަށް ކުޅުނީވެސް އަހަރުމެން: ސާންތި

އީގަލްސްގެ ނަސީބު ދެރައީ، ރަނގަޅަށް ކުޅުނީވެސް އަހަރުމެން: ސާންތި

24 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު