Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ކޮންގްރެސް ބަލައި ނުގަންނަން ނިންމުމާއެކު، ވެލެންސިއާގެ ސަސްޕެންޝަން ވެސް އުވިއްޖެ

ވެލެންސިއާ ސަސްޕެންޑު ކުރުމަށް ނިންމި ޑިސިޕްލިނަރީ ކޮމެޓީ އަކީ އެ ކޮންގްރެސް އިން އައްޔަން ކޮށްފައިވާ ކޮމެޓީ އަކަށްވާއިރު، ކޮންގްރެސް ބަަލައި ނުގަންނަން ނިންމުމުން، އެ ކޮމެޓީ ވެސް ބާތިލުވާނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 ސެޕްޓެމްބަރު 2024 | އާދީއްތަ 04:48
މިއަަހަރުގެ ފެބްރުވަރީ މަހު ބޭއްވި އެފްއޭއެމް އެކްސްޓްރާ އޯޑިނަރީ ކޮންގެރެސްގެ ތެރެއިން

މިއަަހަރުގެ ފެބްރުވަރީ މަހު ބޭއްވި އެފްއޭއެމް އެކްސްޓްރާ އޯޑިނަރީ ކޮންގެރެސްގެ ތެރެއިން

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ސަސްޕެންޑު ކޮށްފައި އޮތް، ފުރަތަމަ ޑިވިޝަންގެ ކުލަބު ވެލެންސިއާގެ ސަސްޕެންޝަށް އުވިއްޖެ އެވެ.

ވެލެންސިއާ ސަސްޕެންޑު ކުރުމަށް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީން ނިންމީ މިއަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. އެފްއޭއެމް އަށް ވެލެންސިއާގެ މައްސަލަ ހުށަހެޅީ، އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލާ ގާތް ގުޅުން އޮންނަ، ޙަސަން ވަޙީދު (ދޮނާ) އެވެ. އެ މައްސަލައިގައި އޭނާ ބުނެފައި ވަނީ، ވެލެންސިއާގެ ހިންގާ ކޮމެޓީން އޭނާ ވަކިކޮށްފައި ވަނީ ޤަވާއިދާ ޚިލާފަށް ކަމަށާއި، އެ މައްސަލަ ބަލައި އެކަމުގައި ޝާމިލުވެފައިވާ ފަރާތްތަކަށް ފިޔަވަޅު އަޅައި ދިނުމަށެވެ. އަދި އެކަމާ ގުޅުން ހުރި ލިޔެކިޔުންތައް އުފައްދައި، ކުލަބުގެ އަހަރީ އާންމު ޖަލްސާ (އޭޖީއެމް) ބޭއްވި ކަމަށް ދައްކައި އޮޅުވާލައިގެން ކަންކަން ތަރުތީބު ކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެ މައްސަލަ ބެލުމަށްފަހު އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމާފައި ވަނީ، ވެލެންސިއާގެ އޭޖީއެމް އަދި ހިންގާ ކޮމިޓީގެ އިންތިޚާބު، އެ ކުލަބުގެ ހިންގާ ޤަވާއިދާއި އެފްއޭއެމްގެ އަސާސީ ޤަވާއިދު އަދި އިލެކްޓޯރަލް ކޯޑާއި އެއްގޮތްވާގޮތުގެ މަތިން ބާއްވައި، ހިންގާ ކޮމިޓީ ސައްހަ ގޮތުގައި އިންތިޚާބުކޮށް ނިމެންދެން، ކުލަބު ވެލެންސިއާ ފުޓުބޯޅައިގެ އެންމެހައި ޙަރަކާތްތަކުން ސަސްޕެންޑު ކުރުމަށެވެ. އަދި އެ ނިންމުން އިސްތިއުނާފު ކުރުމަށް ވެލެންސިއާ މުހުލަތެއް ވެސް އޭރު ވަނީ ދީފަ އެވެ.

ވެލެންސިއާގެ ސަސްޕެންޝަން އުވުނީ، ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ)ގެ ނިންމުމެއްގެ ދަށުންނެވެ. އެގޮތުން ފީފާ އިން ނިންމާފައި ވަނީ، މިއަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި އެފްއޭއެމުން ބޭއްވި އެ އިދާރާގެ ޚާއްސަ ގޮތުން ބާއްވާ ކޮންގްރެސް ބަލައި ނުގަތުމަށެވެ. ފީފާގެ މަންދޫބުން ވެސް ބައިވެރިވެ، މޮނިޓާ ކުރި އެ ކޮންގްރެސްގެ އެއްވެސް ނިންމުމެއް ވެސް ބަލައި ނުގަންނަން ފީފާ އިން ވަނީ ނިންމައިފަ އެވެ. ވެލެންސިއާ ސަސްޕެންޑު ކުރުމަށް ނިންމި ޑިސިޕްލިނަރީ ކޮމެޓީ އަކީ އެ ކޮންގްރެސް އިން އައްޔަން ކޮށްފައިވާ ކޮމެޓީ އަކަށްވާއިރު، ކޮންގްރެސް ބަަލައި ނުގަންނަން ނިންމުމުން، އެ ކޮމެޓީ ވެސް ބާތިލުވާނެ އެވެ. އެހެންވެ، ކުލަބު ވެލެންސިއާގެ ސަސްޕެންޝަން ވަނީ އުވިފަ އެވެ.

ފީފާ އިން ރާއްޖެ ނޯމަލައިޒް ކޮށްފައިވާއިރު، މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ފީފާގެ ވަފުދެއް ވެސް ރާއްޖެ އަތުވެފަ އެވެ. ހަ މެމްބަރުންގެ މައްޗަށް އެކުލެވޭ އެ ވަފުދާއި، ނޯމަލައިޒިން ކޮމެޓީއާ ދެމެދު ވަނީ ގިނަ ކަންތައްތަކަކަށް މަޝްވަރާ ކޮށްފަ އެވެ. އެގޮތުން އެފްއޭމްގެ މާލީ މައްސަލަ އާއި، ކުލަބުތަކުގެ މައްސަލައިގެ އިތުރުން، ދަރަނީގެ މައްސަލަތަކަށް ވެސް ވަނީ މަޝްވަރާ ކޮށްފަ އެވެ.

އިތުރަށް ކިޔާލަން

12 މާރިޗު 2018

ވެލެންސިއާގެ މައްޗަށް މާޒިޔާ ކުރި ހޯދައިފި

12 މާރިޗު 2018
ވެލެންސިއާގެ މައްޗަށް މާޒިޔާ ކުރި ހޯދައިފި
14 ޖެނުއަރީ 2018

ވެލެންސިއާގެ ކޯޗަކަށް ސޮބާ، އަމާޒަކީ ކުރީގެ މަގާމަށް އެ ޓީމު ގެންގޮސްދިނުން

14 ޖެނުއަރީ 2018
ވެލެންސިއާގެ ކޯޗަކަށް ސޮބާ، އަމާޒަކީ ކުރީގެ މަގާމަށް އެ ޓީމު ގެންގޮސްދިނުން
26 ޑިސެމްބަރު 2017

ޑެމްބެލޭ ހޯދަން ބްރައިޓަން އިން ހުށަހެޅި ބިޑް ސެލްޓިކް ބަލައިގެންފި

26 ޑިސެމްބަރު 2017
ޑެމްބެލޭ ހޯދަން ބްރައިޓަން އިން ހުށަހެޅި ބިޑް ސެލްޓިކް ބަލައިގެންފި
01 ނޮވެމްބަރު 2017

ވެލެންސިއާގެ ކުޅުންތެރިޔަކު މިލަންދޫ ޓީމަށް ކުޅޭ މައްސަލަ ފެންމަތިވެއްޖެ

01 ނޮވެމްބަރު 2017
ވެލެންސިއާގެ ކުޅުންތެރިޔަކު މިލަންދޫ ޓީމަށް ކުޅޭ މައްސަލަ ފެންމަތިވެއްޖެ
13 އެޕްރީލު 2017

ވެލެންސިއާގެ މައްޗަށް އީގަލްސްއިން ކުރިހޯދައިފި

13 އެޕްރީލު 2017
ވެލެންސިއާގެ މައްޗަށް އީގަލްސްއިން ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު