Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުލަބު ވެލެންސިއާ

ޝަރަފުވެރިކަމުގެ އިނާމާ އެކު ވެލެންސިއާގެ މަރުޙަބާ އާއި ޝުކުރު ދޮންތު އަށް!

ވެލެންސިއާ އިން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، ދޮންތުގެ ޚިދުމަތުގެ އެންމެ މަތިވެރި މިސާލަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުލަބު، ވެލެންސިއާ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ސެޕްޓެމްބަރު 2024 | ބުރާސްފަތި 05:28
ކުޅިވަރުގެ ރޮނގުން ޝަރަފުވެރި ކަމުގެ އިނާމު ލިބުނު އަޙުމަދު މުޙައްމަދު (ދޮންތު)

ކުޅިވަރުގެ ރޮނގުން ޝަރަފުވެރި ކަމުގެ އިނާމު ލިބުނު އަޙުމަދު މުޙައްމަދު (ދޮންތު)

ކުޅިވަރަށް ޚިދުމަތް ކުރުމުގެ ދާއިރާ އިން ޤައުމީ ޝަރަފުވެރިކަން ލިބިލެއްވި ކުލަބު ވެލެންސިއާގެ އަޙުމަދު މުޙައްމަދު (ދޮންތު) އަަށް އެ ކުލަބުން މަރުޙަބާ ކިޔައި، ޝުކުރު އަދާ ކޮށްފި އެވެ.

މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވަނީ ދޮންތު އަށް ޤައުމީ ޝަރަފުވެރިކަމުގެ އިނާމު އަދި ޝަރަފު އަރުވައިފަ އެވެ.

އެކަމާ ގުޅިގެން ކުލަބު ވެލެންސިއާ އިން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، ދޮންތުގެ ޚިދުމަތުގެ އެންމެ މަތިވެރި މިސާލަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުލަބު، ވެލެންސިއާ ކަމަށެވެ. ވެލެންސިއާ އިން ހޯދި ކޮންމެ ކާމިޔާބަކާއި، އަދި ކުލަބަށް ކުރިމަތިވި ނާޒުކު ދަނޑިވަޅުގައި ވެސް، ދޮންތު އަކީ އެ ކުލަބުގެ އެންމެ ވަފާތެރި އެއް މެމްބަރު ކަމަށް ވެލެންސިއާ އިން ވަނީ ބުނެފަ އެވެ.

ވެލެންސިއާގެ ޕޯސްޓުގައި ބުނެފައި ވަނީ ދޮންތު އަކީ ކާމިޔާބު ކެޕްޓަނެއް ކަމަށާއި، އެއީ ކާމިޔާބު ކޯޗެއްގެ އިތުރުން، ކާމިޔާބު ޖެނަރަލް ސެކްރެޓަރީއެއް ކަމަށެވެ. އަދި ދޮންތު އަކީ ދެގޮތެއް ނުވި ވެލެންސިއާގެ އްނެމެ ބޮޑު އެއް ޝަރަފުވެރިޔާ ކަމަށް ވެސް ބުނެފައިވެ އެވެ. ހަމަ އެހެންމެ، މިހާރު ވެސް ކުލަބުގައި ކަންތައް ހިނގަމުންދާ ގޮތާއި، ކުލަބަށް ވަމުންދާ ގޮތް ގާތުން ބައްލަވާ، ވެލެންސިއާގެ ލޭ ހިނގާ ބޭފުޅެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެހެންކަމުން ދޮންތު ހޯއްދެވި ކާމިޔާބަށް މަރުޙަބާ ދަންނަވާ ކަމަށާއި، ވެލެންސިއާ އިން އެދެނީ ދޮންތު އަށް އަބަދު ވެސް ކާމިޔާބަށް ކަމަށް ވެސް ބުނެފައިވެ އެވެ.

ދޮންތު އަކީ ކުލަބު ވެލެންސިއާ އުފެއްދެވުމުގައި އިސް ދައުރެއް އަދާކުރެއްވި އެކުލަބުގެ އެންމެ ވަރުގަދަ އެއް ޚިދުމަތްތެރިޔާ އެވެ. ދޮންތު ވަނީ ވެލެންސިއާގެ ޖެނެރަލް ސެކްރެޓަރީގެ މަޤާމު 30 އަހަރު ވަންދެން ފުރުއްވައިފަ އެވެ. ވެލެންސިއާގެ އެންމެ ކާމިޔާބު ދުވަސްވަރު ފުޓުބޯޅަ ޓީމާއި، ބާސްކެޓު ޓީމުގެ މެނޭޖަރުކަން ވެސް ކުރެއްވީ ދޮންތު އެވެ. ކުޅުންތެރިއެއްގެ ގޮތުންނާއި، ކޯޗެއްގެ ގޮތުން ބާސްކެޓް ޓީމު ހިންގަވައި، ފުޓުބޯޅަ ޓީމު ހިންގެވުމުގައި ވެސް އިސް ދައުރެއް ދޮންތު އަދާކުރެއްވި އެވެ. އެގޮތުން ޤައުމީ ފުޓުބޯޅަ މުބާރާތް 1993 ވަނަ އަހަރު ކާމިޔާބުކޮށް، ކަޕް ވިނާސް ކަޕް މިލްކުކުރި ޓީމުގެ މެނޭޖަރުކަން ވެސް ދޮންތު ވަނީ ކުރައްވައިފަ އެވެ.

ވެލެންސިއާ އަށް ފަހު، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ގިނަ މަސައްކަތްތަކެއް ވެސް ދޮންތު ކުރެއްވި އެވެ. އެގޮތުން އެންމެ ފުރަތަމަ އިންތިޚާބު ކުރި އެފްއޭއެމުގެ ފުރަތަމަ ދެ ދައުރުގައި ހިންގާ ކޮމިޓީގެ މެމްބަރުކަން ކުރެއްވުމުގެ އިތުރުން، ރާއްޖޭގެ ޤައުމީ ފުޓްސަލް ޓީމު ހިންގުމުގައި ވެސް ދޮންތު މުހިންމު ދައުރެއް އަދާކުރެއްވި އެވެ.

ޤައުމީ ޝަރަފުވެރިކަމުގެ އިނާމު ދޮންތު އަށް ދީފައިވާއިރު، މިދިޔަ އަހަރު އޮތް މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ވެސް ވަނީ ދޮންތުގެ ޚިދުމުގެ އަގު ވަޒަންކޮށްފަ އެވެ. އެ އެވޯޑު ޙަފްލާގައި ވަނީ ދޮންތު އަށް ވަނީ ކުޅިވަރުގެ ލައިފްޓައިމް އެޗީވްމަންޓު އެވޯޑު ދެއްވައިފަ އެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔާގެ އެވޯޑާއެކު ހުވަފެން ހަގީގަތަކަށް ވެއްޖެ: ސެންޓޭ
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
15 ޖެނުއަރީ 2017

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު