Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އާއިލާގެ ނުފޫޒުން މަސްތުވާތަކެތީގެ ޝިކާރައަށް

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ދެ ކައިވެންޏެއް ކުރި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 25 އެޕްރީލު 2021 | އާދީއްތަ 18:33
މަސްތުވާތަކެތީގެ ޝިކާރައަކަށްވުން

މަސްތުވާތަކެތީގެ ޝިކާރައަކަށްވުން

ކޮންމެ މީހަކުވެސް ޒަވާޖީ ހަޔާތެއް ފަށާނީ ވަރަށް ފޮނި އުންމީދުތަކާއެކުއެވެ. އެމީހަކާއެކު މުޅި ދިރިއުޅުން އަރާސްތު ކުރާށެވެ. ނަމަވެސް އާއިލީ ނުފޫޒާއި، ކުރެވޭ ތުހުމަތުތަކާއި، މަލާމާތުތަކުގެ ސަބަބުން އެތައް އާއިލާއެއް ވިއްސިވިހާލެވިގެން ހިނގައްޖެއެވެ. އެތައް ބައެއްގެ ދިރިއުޅުން ބަނަވެގެން ހިނގައްޖެއެވެ. ކަންނުވެ ނަންވެ ޒުވާން އުމުރުގެ ދިރިއުޅުން ގެއްލުނު އެކަކީ އަސްލަމް (އަސްލު ނަމެއް ނޫން) އެވެ.

މަސްތުވާތަކެތީގެ ޝިކަރާއަކަށްވެ މިއަދުވެސް މިކަމުން މިންޖުވުމަށް މަސައްކަތް ކުރަމުންދާ މިޒުވާނާގެ ވާހަކަތައް ރާއްޖެޓީވީގެ "އަނދިރީގައި" ޕްރޮގުރާމުގައި ހިއްސާކުރީ ވަރަށް ފުން އަސަރާއެކުއެވެ. ފުވައްމުލަކަށް އުފަން އަސްލަމް ލޯބީގެ ގޮތުން ގުޅުނީ މެދުރާއްޖެތެރޭގެ ރަށަކަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ޒުވާނަކާއެވެ. ރައްޓެހިވެ ކައިވެންޏަށް ތައްޔާރުވަމުން ދިޔައިރުވެސް އަންހެން ކުއްޖާގެ އާއިލާގެ ފަރާތުން ގިނަ ދުއްތުރާތައް ކުރިމަތިވިއެވެ. އެއްވެސް ކަހަލަ އެހީތެރިކަމެއް ނުދިންތާގައި ކައިވެނި ކުރީވެސް އެއަންހެން ކުއްޖާގެ މައިންބަފައިންގެ ނުގަބޫލުގައެވެ.

އަސްލަމްގެ އުމުރުން 25 އަހަރުގައި ކައިވެނީގެ ގޮށް ޖަހާލީ އުފާވެރި ދިރިއުޅުމެއް އާރާސްތުކުރާށެވެ. ރައްޓެހިވެގެން އުޅުނުއިރު ނުގަބޫލުވިކަމުގައިވީ ނަމަވެސް ކައިވެނިކޮށް އާއިލާގެ ތެރޭގައި އެކީގައި ދިރިއުޅެން ފެށުމުން އެހުރިހާ ކަމެއް ހައްލު ވެގެންދާނެކަމަށް އަސްލަމަށް ގަބޫލުކުރެވުނެވެ. ނަމަވެސް ކަންތައްތައްވަމުން ދިޔައީ އުންމީދު ކުރި ގޮތާ ޚިލާފަށެވެ. އެއްދުވަހުން އަނެއް ދުވަހަށް އާއިލާ ތެރޭގައި ޒުވާބުކުރުން އިތުރުވެ ކޮންމެ ދުވަހަކުވެސް އަސްލަމް އެއާއިލާގެ ތެރޭގައި ބާކީވެގެން ދެއެވެ. އެވަރުންވެސް އުންމީދު ކަނޑާނުލާ ދިރިއުޅުމައިގެން އަސްލަމް ކުރިއަށްދިޔައެވެ. ކޮންމެ ދުވަހަކުވެސް އޭނާއަށް އިތުބާރުކުރުމަށް އަންހެނުން ގާތު އާދޭސް ކުރަމުންދެއެވެ. ދުވަސްތައް ފާއިތުވަމުން ގޮސް ކައިވެންޏަށް އަހަރެއްވީ ފަހުން ލޯބިލޯބި ތުއްތު ދަރިއެއް ލިބުނެއެވެ.

އަސްލަމް ކިޔާދިން ގޮތުގައި ދަރިފުޅު ލިބުނު ހިސާބުން ވަރަށް ގިނަކަންކަން ބަދަލު ވެގެންދިއެވެ. އަބަދުވެސް ވިސްނަމުންދިޔައީ ދަރިފުޅުގެ މުސްތަގުބަލަށެވެ. ހަރަދުތައް އިތުރުވެ މަސައްކަތްވެސް ބުރަވިކަން އޭނާ ފާހަގަކުރިއެވެ.

ކޮންމެ ދުވަހަކުވެސް އަމިއްލަ ވިޔަފާރީގެ މަސައްކަތް އަސްލަމް ކުރެއެވެ. ހެނދުނު ދާ ގޮތަށް ގެއަށް އަންނަނީ ރޭގަނޑުވާ ފަހުންނެވެ. ބައެއް ފަހަރު މާގިނަ އޯޑަރުތައް ލިބޭ ދުވަސްވަރު ވިޔަފާރީގައި މަސައްކަތުގައި އޭނާ އުޅެއެވެ. އެހެން ބުރަކޮށް އުޅުމަށްފަހު ގެއަށް ދިއުމުންވެސް އަސްލަމްއަށް އެއްވެސް ކަހަލަ ހިތްހަމަ ޖެހުމެއް ނުލިބެއެވެ. ލިބެނީ އިތުރު ވަރުބަލި ކަމެކެވެ.

އޭގެ ފަހުންވެސް ކައިވެނި ރުޖޫއަ ކުރަން އަސްލަމް މަސައްކަތް ކުރިއެެވެ. އަންހެނުންގެ ގޭދޮށަށް ގޮސް އާދޭސްކުރިއެވެ. ދަރިފުޅަށްޓަކައި އެންމެ ފުރުސަތެއް ދިނުމަށް އެދުނެއެވެ. ނަމަވެސް އަންހެނުންގެ އާއިލާގެ ނުފޫޒާއެކު އަސްލަމާއި އަންހެނުން ދިމާވެ ވާހަކަ ދައްކާލަން ފުރުސަތު ނުލިބުނެއެވެ.

އަސްލަމް މަސްތުވާތަކެތި ބޭނުންކުރާކަމަށް ތުހުމަތުކޮށް އެވާހަކަތައް ފަތުރަމުންދިޔައީ އޭނާގެ އަންހެނުންގެ އާއިލާއެވެ. ކައިވެންޏަށް ތިންމަސް ނުވަނީސް އަސްލަމުގެ ގައިގައި އެޓެގް ޖެހިއްޖެއެވެ. ބަޔަކު ދައްކާ ވާހަކައަކަށް އޭރުވެސް ފަރުވާލެއް ނުބަހައްޓާ ދިރިއުޅުމުންދިޔައީ އަންހެނުން އޭނާއަށް އިތުބާރުކޮށް ދެމުންދާ ލޯބީގެ ސަބަބުންކަމަށް އަސްލަމް ބުނެއެވެ. ނަމަވެސް އެއިތުބާރުގައި ކުނިޖެހި އަންހެނުްނާއި ދިރިއުޅުމުގެ ވާހަކަތައް ހިއްސާ ނުކުރެވުމަކީ ދިރިއުޅުން ރޫޅެން މެދުވެރި މައިގަނޑު އެއްސަބަބެވެ.

އަސްލަމް ކިޔާދިން ގޮތުގައި އަންހެނުން ޝައްކުކުރަން ފެށި ހިސާބުން އެމީހުންނާއި ވާހަކަ ދެއްކުންވެސް ހުއްޓާލިއެވެ. ނަމަވެސް އޭރު އޮތީ ވަގުތު ފާއިތުވެފައެވެ. އަންހެނުން ގެއްލި ލޮލުގެނޫރު ކަމުގައިވާ ދަރިފުޅާ ދުރުގައި އަސްލަމްއަށް ދިރިއުޅެން ހާލަތު މަޖުބޫރުކުރިއެވެ.

ކައިވެނި ރޫޅުނު ހިސާބުން އަސްލަމް މުޅި ދުނިޔެ މަތިންވެސް ފޫހިވި ކަހަލައެވެ. މުޅިމީހާ މާޔޫސްވެ އުޅެންވީ ގޮތްވެސް ނޭނގޭ ހިސާބަށް ދިޔައެވެ. އަބަދުވެސް ހުންނަނީ ހާސްވެ ކަންބޮޑުވެފައެވެ. މެއަށް ތަދުއަރާފައެވެ. ނުނިދި ރަނގަޅަށް މަސައްކަތް ނުކުރެވި މީހާ ގޮތް ހުސްވެގެންދިޔައެވެ. ކައިވެނި ރޫޅި ހަތަރު ދުވަސްވީ ފަހުން އަސްލަމްގެ ރަށްޓެއްސެއް އޭނާއަށް ބޭސް ގުޅައެއް ދިނެއެވެ.

އަސްލަމް އެ ބޭސް ކެއީ އުމުރު ދުވަހު އެކެއުމުގެ ބޭނުމުގައި ނޫނެއެވެ. އެހިޔާލުތަކާއި ދުރުވެ ރަނގަޅަށް މަސައްކަތް ކުރަން ބޭނުންވާތީއެވެ. ނަމަވެސް ފަހުން އެބޭހުގެ ޝިކަރާއަކަށް އަސްލަމް ވެގެންދިޔައީއެވެ. ހަގީގަތުގައި މަސްތުވާތަކެތީގެ ޝިކާރައަކަށް އަސްލަމްވިއެވެ.

އަސްލަމް ދެވަނަ ކައިވެންޏެއް ކުރީ އޭނާއަށް ހިތްވަރުދޭނެ އެހީވާނެ ބައިވެރިޔަކާއިއެކު މަސްތުވާތަކެތިން ދުރުވެވޭނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް ދެވަނަ ކައިވެންޏަށްވެސް މާގިނަ ދުވަހެއް ނުވެ އަސްލަމް ބާކީވެއްޖެއެވެ.

ދެވަނަ ކައިވެނީގައި އަސްލަމް ތަޖުރިބާ ކުރީ ހިތްދަތިކަމެވެ. މާޔޫސްކަމެވެ. ދެދުވަހުން އެއްދުވަހުން އަސްލަމް އެތިކޮޅާއެކު ބަހައްޓަނީ ގެއިން ބޭރަށް ނެރިފައެވެ. އޭނާގެ ހުރިހާ ރައްޓެހިން ގެއްލުނީއެވެ. މަގުމަތިވި ދުވަހު އޭނާއަށް އެހީތެރިވެދިނީވެސް މަސްތުވާތަކެތި ބޭނުންކުރާ އޭނާގެ ރައްޓެހިންނެވެ.

މިހާރު އުމުުރުން 41 އަހަރު ވެފައިވާ އަސްލަމް މަސްތުވާތަކެތި ބޭނުންކުރާތާ ގާތްގަނޑަށް 17 އަހަރު ވެއްޖެއެވެ. މިއަދާ ހަމައަށް އައިރުގައި އެކަމުން ސަލާމަތްވުމަށް އެހީތެރިވި މީހަކު ނެތެވެ. އެކަހެރިކުރުމުގެ އިތުރުން އެންމެންވެސް ކުރީ މާލާމާތްކަމަށް އޭނާ ތުހުމަތުކުރެއެވެ. މީގެ ކުރިން އޭނާގެ އަތްމަތި ތަނަވަސްވެ ޖީބުގައި ފައިސާ ހުރި ނަމަވެސް މިއަދު އަތުގައި މުދަލެއް ފައިސާއެއް ނެތެވެ. ހުރީ ގޮތް ހުސްވެފައެވެ.

މިމައްސަލައާ ގުޅޭ ގޮތުން އިންޓަނޭޝަނަލް ސެޓިފައިޑް އެޑިކްޝަން ޕްރޮފެޝަނަލް އެންޑް ގްލޯބަލް ޑްރަގް ރިޑަކްޝަން ޓްރެއިނަރ އަލީ އަދީބު ވިދާޅުވާ ގޮތުގައި މަސްތުވާތަކެތި ވިއްކާ އެކަމުގެ ވިޔަފާރީގެ ތެރޭގައި އުޅޭ މީހުންތަކުގެ ތެރޭގައި އުޅޭ ބައެއް މީހުން އެއްވެސް ވަރަކަށް މަސްތުވާތަކެތި ބޭނުން ނުކުރެއެވެ. މަސްތުވާތަކެތި ބޭނުން ކުރާ މީހުންނާއި ވާހަކަ ދައްކާ ހެދިއަސް އެގޮތަށް މަސްތުވާތަކެތި ބޭނުންކުރާކަމަށް ތުހުމަތު ކުރުމަކީ މިމުޖުތަމައުގައި ހިނގާ ވަރަށް ދެރަ ކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

މިފަދަ އެތައް ބަޔަކު މިމުޖުތަމައުގައި ދިރިއުޅެމުން ގެންދެއެވެ. "ކަނބުރުގެއަށް ވަނިއްޔާ އަޅިބުރާނޭ'' ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި ބުނެއުޅޭ ބަހެއް ނަމަވެސް މިއަދު މިވިސްނުން ބަދަލުކުރަން ޖެހެއެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހަކާ ވާހަކަ ދައްކާ އެމީހުންނާއެކު އުޅުމަކީ ނުވަތަ މަސްތުވާތަކެތި ބޭނުންކުރާ މީހަކީ ގާތް ރައްޓެއްސަކަށްވުމަކީ ރަނގަޅަށް ހުންނަ މީހަކަށް އެތުހުމަތުކުރަން ޖެހޭ ސަބަބެއް ނޫނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ސޮފިއްޔާގެ ދިރިއުޅުން: ދަތި ހާލުގައި އުޅެންވެސް މާލެއަށް ބަދަލުވީ ކުދިންގެ ހައްގުގައި

ސޮފިއްޔާގެ ދިރިއުޅުން: ދަތި ހާލުގައި އުޅެންވެސް މާލެއަށް ބަދަލުވީ ކުދިންގެ ހައްގުގައި

04 އޮކްޓޯބަރު 2017
މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

މިއަހަރުގެ ފަހު ދައުރަށް މަޖިލިސް ޖަލްސާތައް މިއަދު ފަށަންޖެހޭ، އެކަމަކު ޖަލްސާއެއް ނުބޭއްވި!

02 އޮކްޓޯބަރު 2017
އުތުރު ކޮރެއާ އާއި ޖަޕާނާ މެދު ގުޅުން އިންތިހާއަށް ގޯސްވެ، މައްސަލަތައް އާ ހަރުފަތަކަށް!

އުތުރު ކޮރެއާ އާއި ޖަޕާނާ މެދު ގުޅުން އިންތިހާއަށް ގޯސްވެ، މައްސަލަތައް އާ ހަރުފަތަކަށް!

15 ސެޕްޓެމްބަރު 2017
ހައްދު: ތަފާތު ފިލްމެއް، އެކަމަކު ބެންޗްމާކަކަށް ވާނެބާ؟

ހައްދު: ތަފާތު ފިލްމެއް، އެކަމަކު ބެންޗްމާކަކަށް ވާނެބާ؟

07 ސެޕްޓެމްބަރު 2017
ތޫފާން ހާވީގެ ގެއްލުން އެމެރިކާ އަށް ދަނީ އިންތިހާއަށް ކުރަމުން!

ތޫފާން ހާވީގެ ގެއްލުން އެމެރިކާ އަށް ދަނީ އިންތިހާއަށް ކުރަމުން!

30 އޯގަސްޓު 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު