ވެމްކޯގެ އަވަސްޕޭގެ ޚިދުމަތް އަޕްގްރޭޑްކޮށް އަލުން ތައާރަފްކޮށްފި
25 އެޕްރީލު 2021 | އާދީއްތަ 11:51ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހަމަޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން


ވެމްކޯގެ މުއައްޒަފުން ކުނިނެގުމުގެ މަސައްކަތް ކުރަނީ،
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން އެކޯޕަރޭޝަންގެ އަވަސްޕޭ އޮންލައިން ޕޭމަންޓް ވެބްސައިޓް އަޕްގްރޭޑްކޮށް އަލުން ތައާރަފް ކޮށްފިއެވެ.
ވެމްކޯއިން ބުނީ އަލަށް ތައާރަފް ކުރި ވެބްސައިޓާއެކު މިޕޯޓަލް މެދުވެރިކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި އިސްލާމިކް ބޭންކުގެ ކާޑުތައް ބޭނުން ކޮށްގެން ފައިސާ ދެއްކޭނެ ކަމަށެވެ. އަދި އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހަމަޖެއްސުމަށް ކަމަށާއި، މިޕޯޓަލްއަކީ އެގޮތަށް ފަރުމާ ކުރެވިފައިވާ ޕޯޓަލްއެއް ކަމަށެވެ.
ވެމްކޯގެ ވެބްސައިޓް އާދިއްތަ ދުވަހުން ފެށިގެން ބޭނުން ކުރެވޭނެ ކަމަށްވެސް ވެމްކޯއިން ބުނެއެވެ.
ވެބްސައިޓްގެ އެހީގައި ބިލްތަކުގެ ތަފްސީލް ފަސޭހަކަމާއެކު ބަލާލެވޭއިރު، ވެމްކޯގެ އަވަސްޕޭގެ ޚިދުމަތަކީ މިހާރުވެސް ގިނަ ކަސްޓަމަރުން މަހުފީ ދެއްކުމަށް ބޭނުން ކުރާ ޕޯޓަލްއެކެވެ.






