Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިފްކޯއަށް މަސްކިރުމުގައި ދަތިތަކެއް

ބުދަ ދުވަހުގެ ނިޔަލަށް ދޯންޏަކުން ކިރާނީ 4 ޓަނުގެ މަސް- މިފްކޯ

25 އެޕްރީލު 2021 | އާދީއްތަ 08:31

މިފްކޯގެ ފްރީޒިންގ ކެޕޭސިޓީއަށް ވުރެ އިތުރަށް މަސް ލިބެމުން ދިއުމާއެކު މަސްކިރުވުމަށް ދަތިތަކެއް ދިމާވެފައިވޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 25 އެޕްރީލު 2021 | އާދީއްތަ 08:31
ކޮވިޑާ ގުޅިގެން އެ ކުންފުނިން ވަނީ އޭޕްރީލް މަހު ފެލިވަރުގެ ޕްރޮޑަކްޝަން މަޑުޖައްސާލާފައި

ކޮވިޑާ ގުޅިގެން އެ ކުންފުނިން ވަނީ އޭޕްރީލް މަހު ފެލިވަރުގެ ޕްރޮޑަކްޝަން މަޑުޖައްސާލާފައި

28 އެޕްރީލް ވާ ބުދަ ދުވަހުގެ ނިޔަލަށް ދޯންޏަކުން 4 ޓަނުގެ މަސް ކިރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ން ބުނެފިއެވެ.

މިފްކޯއިން ބުނީ މި ދުވަސްވަރު ދެކުނުގެ މަސްވެރިކަން އާދަޔާ ޚިލާފަށް ރަގަޅުވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ހިސާބެއްގެ ދޯނިފަހަރު އެއްފަހަރާ ދެކުނުގެ ސެންޓަރުތަކާއި ބޯޓުފަހަރަށް މަސްކިރުވުމަށް އަންނަމުންދާ ކަމަށާއި މިފްކޯގެ ފްރީޒިންގ ކެޕޭސިޓީއަށް ވުރެ އިތުރަށް މަސް ލިބެމުން ދިއުމާއެކު މަސްކިރުވުމަށް ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ވުމާއެކު މިހާރު ކިޔުގައި ހުރި ދޯނިފަހަރުގެ މަސް ކިރުމަށާއި ފްރީޒް ކުރުމަށް ވަގުތު ބޭނުންވާތީ 25 އޭޕްރީލުން 28 އޭޕްރީލުގެ ނިޔަލަށް ދޯންޏަކުން 4 ޓަނުގެ މަސް ކިރާ ގޮތަށް ހަމަޖައްސާފައިވާ ކަަމަށެވެ. މިގޮތަށް ހަމަޖެއްސި ކަމުގައި ވީނަމަވެސް ކޫއްޑޫ އާއި އައްޑޫ ގައި މިހާރު ކިޔު ނަމްބަރު ދެވިފައިހުރި ދޯނިފަހަރުގައި ހުރި މަސް ކޮންޓްރޯލް ކުރުމެއްނެތި ގަންނަ ގޮތަށް ހަމަޖެހިފައިވާ ކަމަށް މިފްކޯއިން ބުނެއެވެ.

ފެލިވަރުން ޕޮޒިޓިވް ކޭސްތަކެއް ފެނި އެ ކުންފުނިން ވަނީ އޭޕްރީލް މަހު ފެލިވަރުގެ ޕްރޮޑަކްޝަންތައް މަޑުޖައްސާލާފައެވެ. ކޮވިޑް-19އާ ގުޅިގެން މިފްކޯ ވަނީ ވަރަށް ބޮޑަށް އެހާލަތަށް ތައްޔާރުވެފައެވެ. މިފަދަ ހާލަތެއް ކުރިމަތިވެދާނެކަމަށް ލަފާކޮށް ޚާއްސަ އެސްއޯޕީއެއް ނެރެފައިވެއެވެ. މިއެސްއޯޕީއާ އެއްގޮތަށް ކުރީބައިގައި ޕްރޮޑަކްޝަންތައް ނިންމާފައިވާތީ ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި ވެސް އެއްވެސް ދައްޗަކާ ނުލާ ޕްރޮޑަކްޓްތައް ނެރެވޭނެކަމަށް މިފްކޯގެ ޖެނަރަލް މެނޭޖަރު އަހުމަދު ނަވާޒު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ވަރަށްބޮޑު ހޭދައެއް ކޮށްގެން މިިފްކޯގެ ވަރަށް ގިނަ ވަސީލަތްތަކެއް ތަރައްގީކުރުމަށް މަސައްކަތް ކުރަމުން ދާއިރު ވަރަށް ގިނަ ކަންކަން މިހާރުވެސް ރަނގަޅު ކުރެވިފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިސްމާޢީލް ފައުޒީ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

13 މާރިޗު 2017

އެއްމަސްދުވަހުގެ ކާޑު ގަންނާނެ ވަރުވެސް ދައުލަތުގެ ޚަޒާނާއަކު ނެތް:އަމީރު

13 މާރިޗު 2017
އެއްމަސްދުވަހުގެ ކާޑު ގަންނާނެ ވަރުވެސް ދައުލަތުގެ ޚަޒާނާއަކު ނެތް:އަމީރު
27 ފެބުރުއަރީ 2017

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ތާވަލްކުރި ޝުމްބާގެ ޝަރީޢަތް ކެންސަލް ކޮށްފި

27 ފެބުރުއަރީ 2017
އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ތާވަލްކުރި ޝުމްބާގެ ޝަރީޢަތް ކެންސަލް ކޮށްފި
26 ފެބުރުއަރީ 2017

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!

26 ފެބުރުއަރީ 2017
އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!
23 ފެބުރުއަރީ 2017

އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ

23 ފެބުރުއަރީ 2017
އެމްޔޫއޯގެ ވަފުދެއް ތިނަދޫއަށް ހާއްސަ ޖަލްސާއެއް ބުރާސްފަތި ދުވަހުގެ ރޭ
14 ފެބުރުއަރީ 2017

ޕީޕީއެމްގެ "ހޭވައްލާ" ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ!

14 ފެބުރުއަރީ 2017
ޕީޕީއެމްގެ "ހޭވައްލާ" ޖަލްސާ ބުރާސްފަތި ދުވަހުގެ ރޭ!
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
07 ފެބުރުއަރީ 2017

ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި

07 ފެބުރުއަރީ 2017
ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި
04 ފެބުރުއަރީ 2017

ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި

04 ފެބުރުއަރީ 2017
ސްރީލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް