Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމްރަމަޟާން 1442 - ރޯދައިގެ ސުވާލާއި ޖަވާބު

ސުވާލާއި ޖަވާބު (ތިންވަނަ ބައި)

ދީނާ ގުޅޭ ގޮތުން ކިތައްމެ ކުޑަ ކަމެއްގައި ވެސް ޝައްކެތްވާނަމަ ދީނީ އިލްމުވެރިއެއްގެ އެހީތެރިކަން ހޯދުން މުހިއްމު

ޝެއިޚް ހުސެއިން ރަޝީދު އަހުމަދު
ޝެއިޚް ހުސެއިން ރަޝީދު އަހުމަދު, ރާއްޖެ އެމްވީ | 25 އެޕްރީލު 2021 | އާދީއްތަ 07:16
އިރު އޮއްސުނު ވަގުތު އުޑުމަތި

އިރު އޮއްސުނު ވަގުތު އުޑުމަތި

މިއީ ރޯދަމަހާއި ގުޅިގެން ބައެއް މީހުން ފޮނުވާފައިވާ ސުވާލުތަކު ތެރެއިން ބައެއް ސުވާލުތަކުގެ ޖަވާބެވެ. ސުވާލުތައް ފޮނުވާ މިންވަރަކުން ތިބޭފުޅުންނާއި ހަމަ އަށް ގެނެސްދޭނަމެއެވެ. މިއީ ތިންވަނަ ބައެވެ.

ޖަވާބު

އިމާމު ބުޚާރި ރިވާކުރަށްވާފައި ވެއެވެ. އެއްދުވަހަކު އަންހެނަކު އައިސް ކީރިތި ރަސޫލާގެ އަރިހުގައި ދެންނެވިއެވެ. ﷲގެ ރަސޫލާއެވެ! އަޅުގަނޑުގެ މަންމަ ވަނީ ޙައްޖުވުމަށް ނަދުރެއް ބުނެފައެވެ. ޙައްޖު ވުމުގެ ކުރިން މަންމަ ނިޔާވެއްޖެއެވެ. މަންމަގެ ބަދަލުގައި ތިމަންނައަށް ޙައްޖުވެވިދާނެތޯއެވެ؟ ކީރިތި ރަސޫލާ ޙަދީޘު ކުރެއްވިއެވެ. އާނއެކެވެ. ތިޔައީ ދަރަންޏެކެވެ. ﷲއަށްޓަކައި އޮންނަ ދަރަނި އަދާކުރުން މާއައުލާކަން ބޮޑެވެ. މިއެވެ. ހަމަ މިމޭރުވުން ރޯދަ ހިފުމާ ބެހޭގޮތުން ވެސް މިފަދައިން މީހަކު ސުވާލު ދެންނެވުމުން ކީރިތި ރަސޫލާ ޙަދީޘު ކުރައްވާފައިވަނީ އެމީހާގެ ބަދަލުގައި ރޯދަ ހިފޭނޭ ކަމަށެވެ. މިޙަދީޘަކީވެސް އިމާމު ބުޚާރީގެ ރިވާކުރެއްވި ޙަދީޘެކެވެ.

ޖަވާބު

އެއް ރޯދަ މަސް އަންނައިރު އަނެއް ރޯދަ މަހުން ރޯދަަތަކެއް ނުހިފި ހުރެފައި، އެރޯދަތައް ނުހިފި ހުރީ ޝަރުޢީ ޢުޒުރަކާ ލައިގެން ކަމަށްވާނަަަ ރޯދަ ފަސްކޮށްލާނީއެވެ. އެކަމަކު ޝަރުޢީ އުޒުރެއްނެތި ނުހިފި އޮތްކަމުގައި ވާނަމަ މިރޯދަމަސް އައުމުގެ ކުރިން ކޮންމެ ރޯދައަކަށް މުއްދު (ފިދުޔަ) ދޭންޖެހޭނެއެވެ. މުއްދަކީ އާދައިގެ މީހަކަށް އެއްފަަހަރު ކެވޭ މިންވަރުގެ ފައިސާއެވެ.

ޖަވާބު

ބަލި ޙާލު ހުރިގޮތުން އަބަދަށް ރޯދަ ނުހިފޭނެ މީހާއަށް އޮންނަގޮތަކީ ރޯދައަކަށް މިސްކީނަކަށް ކާންދިނުމެވެ. އެއީ އާދައިގެ މީހަކަށް އެއްފަަހަރު ކެވޭ މިންވަރުގެ ފައިސާއެވެ.

ޖަވާބު

ހާރުވަގުތު ހާރުކައިގެންހުރި މީހަކު ނިދާކަށް ނުޖެހެއެވެ. އެެހެންނަމަވެސް ނިދާފައި އޮތްވައި ޖުނުބުވެރި ވުމަކީ މައްސަަލައެއްނޫނެެވެ. ނަމަވެސް ފަތިސް ނަމާދު ކުރަންޖެހޭތީ އަވަހަށް ހިނަައިގަންނާނީއެވެ.

ޖަވާބު

ރޯދަ ގެއްލޭނީ ތިމާގެ އިޚްތިޔާރުގައި ފަޖުރުލީއްސުރެން ފެށިގެން އިރުއޮއްސުމާ ދެމެދު، ދަނެގެން ކެއުމުންނެވެ. ނުވަަތަ ބުއިމުންނެވެ. ނުވަތަ ޖިމާއުވުމުންނެވެ. ނުވަތަ އަމިއްލަ އިޚްތިޔާރުގައި އެދުން ފުއްދުމުންނެެވެ. ނުވަތަ ގަދަކަމުން ހޮޑުލުމެވެ.

އިތުރަށް ކިޔާލަން

26 އެޕްރީލު 2021

ސުވާލާއި ޖަވާބު (ހަތަރުވަނަ ބައި)

26 އެޕްރީލު 2021
ސުވާލާއި ޖަވާބު (ހަތަރުވަނަ ބައި)
24 އެޕްރީލު 2021

ސުވާލާއި ޖަވާބު (ދެވަނަ ބައި)

24 އެޕްރީލު 2021
ސުވާލާއި ޖަވާބު (ދެވަނަ ބައި)
23 އެޕްރީލު 2021

ސުވާލާއި ޖަވާބު (ފުރަތަމަ ބައި)

23 އެޕްރީލު 2021
ސުވާލާއި ޖަވާބު (ފުރަތަމަ ބައި)
20 އެޕްރީލު 2021

ﷲ ގެ މަތީން ހަނދުމަ ކުޅައުމަކީ ހިތަށް އަރާމު ލިއްބައިދޭ ކަމެކެވެ.

20 އެޕްރީލު 2021
ﷲ ގެ މަތީން ހަނދުމަ ކުޅައުމަކީ ހިތަށް އަރާމު ލިއްބައިދޭ ކަމެކެވެ.
24 އެޕްރީލު 2020

ކޮވިޑް19: އަޅުކަން ކުރުމަށާއި، އެއްބައިވަންތަކަން ދެމެހެއްޓުމަށް ލިބުނު ފުރުސަތެއް!

24 އެޕްރީލު 2020
ކޮވިޑް19: އަޅުކަން ކުރުމަށާއި، އެއްބައިވަންތަކަން ދެމެހެއްޓުމަށް ލިބުނު ފުރުސަތެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު