Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރެޑް ކްރެސެންޓްގެ 11 ވަނަ އާންމު މަޖިލިސް

ދިވެހި ރެޑް ކްރެސެންޓްގެ ހިންގާ ބޯޑަށް މެންބަރުން އިންތިޚާބު ކޮށްފި

ދިވެހި ރެޑް ކްރެސެންޓްގެ އާއްމު މަޖިލީހުގައި، ޖަމާއަތުގެ 6 ގޮފި ބައިވެރިވެފައިވޭ

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 25 އެޕްރީލު 2021 | އާދީއްތަ 04:58
ދިވެހި ރެޑްކްރެސެންޓްގެ 11 ވަނަ އާންމު މަޖިލިސް

ދިވެހި ރެޑްކްރެސެންޓްގެ 11 ވަނަ އާންމު މަޖިލިސް

ދިވެހި ރެޑް ކްރެސެންޓްގެ ހިންގާ ބޯޑަށް އައު މެންބަރުން އިންތިޚާބު ކޮށްފިއެވެ.

މެންބަރުން އިންތިޚާބުކޮށްފައިވަނީ އޭޕްރިލް 23 އަދި 24 ވަނަ ދުވަހު ބޭއްވުނު ރެޑް ކްރެސެންޓްގެ 11 ވަނަ އާންމު މަޖިލީހުގައެވެ. މި މަޖިލީހުގައި، ދިވެހި ރެޑް ކްރެސެންޓްގެ ހިންގާ ބޯޑުގެ 11 މަގާމުގެ ތެރެއިން 6 މަގާމަކަށް މެންބަރުން ހޮވާފައިވެއެވެ. އެގޮތުން، ރައީސާއި، ނާއިބުރައީސާއި، މާލޭ ސަރަހައްދުގެ މެންބަރާއި، އުތުރު ސަރަހައްދުގެ ދެ މެންބަރުންގެ އިތުރުން ދެކުނު ސަރަހައްދުގެ މެންބަރަކު އިންތިޚާބު ކޮށްފައިވެއެވެ.

Advertisement - newsAdvertisement

ދިވެހި ރެޑް ކްރެސެންޓްގެ ރައީސަކަށް އިންތިޚާބުވެފައިވަނީ އަބްދުލް ހަލީމް ލަތީފެވެ. އޭނާ ވަނީ 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ދެމެދު ޚަޒާންދާރުގެ ގޮތުގައި ރެޑް ކްރެސެންޓްގެ ހިންގާ ބޯޑުގައިި ޚިދުމަތްކުރައްވާފައެވެ.

އެ ޖަމާއަތުގެ ދެވަނަ ނާއިބުރައީސަކަށް އިންތިޚާބުވީ އަހުމަދު ޝާބިންއެވެ. އަދި މާލޭ ސަރަހައްދު މެންބަރަކަށް މޫސާ ރިލްވާން އިންތިޚާބުވެފައި ވާއިރު، ދެކުނު ސަރަހައްދުގެ މެންބަރަކަށް އިންތިޚާބުވެފައިވަނީ އަހުމަދު މިލްސަންއެވެ. އުތުރު ސަރަހައްދަށް އަލަށް އިންތިޚާބުވި ދެ މެންބަރުންނަކީ ފާތިމަތު ރިފްދާ އަހްމަދާއި ފާތިމަތު އިބްރާހީމެވެ.

ދިވެހި ރެޑް ކްރެސެންޓްގެ އާއްމު މަޖިލީހުގައި ޖަމާއަތުގެ 6 ގޮފި ބައިވެރިވެފައިވެއެވެ. އެއީ ހދ. ގޮފި، މާލެ ސިޓީ ގޮފި، ޅ. ގޮފި، ގއ. ގޮފި، ޏ.ގޮފީގެ އިތުރުން އައްޑޫ ގޮތްޕެވެ. ކޮވިޑުގެ ހާލަތާއި ގުޅިގެން މި ގޮފިތަކުން ބައިވެރިވެފައިވަނީ އޮންލައިންކޮށް ކަމަށް ރެޑް ކްރެސެންޓުން މައުލޫމާތުދެއެވެ. މީގެއިތުރުން މަޖިލީހުގައި ޖުމްލަ 53 މަންދޫބުން ބައިވެރިވެފައިވާ ކަމަށް ރެޑް ކްރެސެންޓުން ބުނެއެވެ.

މި ބައްދަލުވުމުގައި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ދަ ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސް (އައި.އެފް.އާރ.ސީ) އާއި އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައި.ސީ.އާރ.ސީ) އިން އޮބްޒާވަރުންގެ ގޮތުގައި ބައިވެރި ވެފައިވެއެވެ.

މިއަހަރުގެ އާންމު މަޖިލީހުގައި، ހިންގާ ބޯޑުގެ މަގާމުތަކަށް މީހުން އިންތިޚާބު ކުރުމުގެ އިތުރުން، މައްސަލަބަލާ ކޮމެޓީއަށް މެންބަރުން އައްޔަންކުރުމާއި، ދިވެހި ރެޑް ކްރެސެންޓްގެ އަސާސީ ގަވާއިދަށް ގެނައި އިސްލާހުތައް ފާސްކުރުމާއި، 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ފާސްކުރުމާއި، ކުރިއަށް އޮތް 2021 އަދި 2022 ވަނަ އަހަރުގެ އަހަރީ މަސައްކަތް ހިނގާނެ ގޮތުގެ ޕްލޭނާއި ބަޖެޓް ފާސްކުރުން ކުރިއަށް ގެންގޮސްފައި ވާކަމަށް އެ ޖަމާއަތުން މައުލޫމާތު ދެއެވެ.  

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު