Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
އިސްލާމް
ރަމަޟާން 1442 - ރޯދައިގެ ސުވާލާއި ޖަވާބު

ސުވާލާއި ޖަވާބު (ދެވަނަ ބައި)

ރޯދައާއި ގުޅިގެން ނަމަވެސް އަދި ދީނީ އެހެން ކަންކަމާއި ގުޅިގެން ނަމަވެސް ސުވާލު އުފެދޭނަމަ އޮޅުންފިލުވަން ވާނެ

ޝެއިޚް ހުސެއިން ރަޝީދު އަހުމަދު
ޝެއިޚް ހުސެއިން ރަޝީދު އަހުމަދު, ރާއްޖެ އެމްވީ | 24 އެޕްރީލު 2021 | ހޮނިހިރު 09:04
މިސްކިތެއްގައި މީހަކު ޤަުރުއާން ކިޔަވަނީ

މިސްކިތެއްގައި މީހަކު ޤަުރުއާން ކިޔަވަނީ

މިއީ ރޯދަމަހާއި ގުޅިގެން ބައެއް މީހުން ފޮނުވާފައިވާ ސުވާލުތަކު ތެރެއިން ބައެއް ސުވާލުތަކުގެ ޖަވާބެވެ. ސުވާލުތައް ފޮނުވާ މިންވަރަކުން ތިބޭފުޅުންނާއި ހަމަ އަށް ގެނެސްދޭނަމެއެވެ. މިއީ ދެވަނަ ބައެވެ.

ޖަވާބު

ރޯދަ ހިފައިގެން ހުރެ ރޯދަވިއްލުމަށް ނިޔަތްގަތުމަކީ ރޯދަގެއްލޭ ކަމެއްނޫނެވެ. ރޯދަ ގެއްލޭނީ ރޯދަގެއްލޭ ކަންތަކުގެ ތެރެއިން ކަމެއް ތިމާގެ ޤަސްތާއި ލައިގެން ކޮށްފިނަމައެވެ. އެއީ ކެއުމާއި ބުއިމާއި އެދުންވެރިކަން ފުއްދުމާއި މިފަދަ ކަމެކެވެ. މިއީ ފަރުޟު ރޯދަކަމުގައި ވިއަސް، ނަދުރު ރޯދަ ކަމުގައި ވިއަސް އަދި ސުންނަތް ރޯދަ ކަމުގައި ވިއަސް އެވެ. ނަމަވެސް ރޯދައަށް ހުންނައިރު ރޯދައަށް ހުރިކަމުގެ ނިޔަތްމަތީ ހުރުމީ ސުންނަތެކެވެ. އަދި ރޯދަ ވީއްލާއިރު ރޯދަވީއްލުމުގެ ނިޔަތްގަތުމާއި ރޯދަވީއްލާ ދުޢާކިއުމީވެސް ސުންނަތެކެވެ. އެހެންކަމުން ގެއްލިދާފަދަ ކަމެއް ކުރުމަކާނުލައި ރޯދަދޫކޮށްލުމަށް ނިޔަތްގަތުމަކުން ރޯދަ ނުގެއްލޭނެެއެވެ. އެކަމަކު ރޯދަ ވީއްލުމަކާ ނުލައި އެފަދައިން ހިތަށް އެރުވުމީ ރޯދަ މަކްރޫހަވެދާނޭ ކަމެކެވެ. އެހެންކަމުން ރޯދަ ގެއްލޭފަދަ ކަމަކާއެކު ރޯދަ ވީއްލުމުގެ ނިޔަތް ގެންފިނަމަ ރޯދަ ގެއްލިދާނެއެވެ. ހަމައެހެންމެ ރޯދައަށް ހުރިކަން ހަނދާންނެތި، ރޯދަ ވީއްލުމުގެ ނިޔަތެއްވެސްނެތި ރޯދަގެއްލޭފަދަ ކަމެއް ކުރުމަކުން ރޯދަ ނުގެއްލޭނެއެވެ.

ޖަވާބު

ނިފާސްކަމުގެ މުއްދަތަކީ މަދުވެގެން ހިނދުކޮޅެކެވެ. ގިނަވެގެން 60 ދުވަސް ކަމުގައި ގިނަ ދަންނަބޭކަލުން ވިދާޅުވެފައިވެއެވެ. އިމާމު މާލިކުގެ އަރިހުގައި 70 ދުވަހެވެ. އަދި މެދު މިންވަރަކީ 40 ދުވަހެވެ. އެބަހީ 40 ދުވަހަށް އިންތިޒާރު ކޮށްފައި ލޭ ނާންނަ ކަމުގައި ވާނަމަ އެހިސާބުން ހިނައިގަންނާނީއެވެ. ނަމަވެސް އުޞޫލެއްގެ ގޮތުން ޢިލްމުވެރިން ބައްލަވައި ހައްދަވަނީ ކޮންމެ އަންހެނެކަށް ވެސް އެމީހެއްގެ އާދައަށެވެ.

އެކަކަށް ވުރެން ގިނަ ކުދިިން ވިހައިފައި ހުންނަ އަންހެނާ ޢަމަލުކުރާނީ އޭނާގެ އާދައަކީ ކޮބައިތޯ ބަލައި، އެއަށެވެ. މިސާލަކަށް އަލަށް ވިހެއުމަށްފަހު 15 ވަރަކަށް ދުވަހުން ލެއިކެނޑި، ލެއިއައުން ބަންދު ވެފައި، ދެން ލެއި ނައިސްހުރެ 40 ވުމުން ހިނައިގަންނާނީއެވެ. އޭގެ ފަހުން ދެވަނަ ކުއްޖާ ވިހެއި އިރުވެސް 15 ވަރަކަށް ދުވަހު ލެއި އައިސްފައި ކެނޑިއްޖެނަމަ، މިފަހަރު 40 ވަންދެން އިންތިޒާރު ކުރުމެއްނެތި، ތިމަންނާގެ އާދައަކީ 15 ދުވަސްކަމުގައި ބަލައިގެން، 15ގެ ފަހުން ހިނައިގަންނާނީއެވެ.

ކޮންމެއަކަސް ތިޔަ ވިދާޅުވި ގޮތަށް އާދައަކީ ކޮބައިކަން އެނގުމެއްނެތި، ނުވަތަ ފުރަތަމަ ފަހަރަށް ވިހެއިމީހަކު ނަމަ، 40ގެ ފަހުންވެސް ލެއި ފެނިއްޖެނަމަ އެއީ ނިފާސްވެރިކަން ކަމުގައި ބަލައި 60 ދުވަހަށް އިންތިޒާރުކޮށް އޭގެފަހުން ހިނައިގަންނާނީއެވެ. އަދި ކުރީގައި ތިޔަ ހިއްޕެވި ރޯދަ އަލުން ހިއްޕަވާނީއެވެ. އެއީ ރޯދަ ހިފުނީ ނިފާސްކަމުގެ މުއްދަތު ނުނިމެނީސް ކަމަށް ވާތީއެވެ. އެކަމަކު ކުރީގައި އެހިފުނު ރޯދައަކީ މަނާވަގުތެއްގައި ހިފުނު ރޯދައަކަށްވި ކަމުގައި ވިއަސް އެކަމާމެދު އެއްވެސް ފާފައެއް އަދި ގެއްލުމެއް ނުލިބޭނެއެވެ. އެއީ ރޯދަހިފުނީ އެކަމުގެ މައްސަލަ ނޭގިކަމުގައި ވާތީއެވެ.

ރޯދައަށް ހުއްޓާ ތިމާގެ ފުރިހަމަ އިޚްތިޔާރެއް ނެތި ޖުނުބުވެރިވުމަކީ ރޯދަ ގެއްލޭނޭ ކަމެއް ނޫނެވެ. އެއީ ނިދާފައި އޮތްކަމުގައި ވިއަސްއެވެ. ހަމަ އެހެންމެ ތިމާގެ އަމިއްލަ ޙަރަކާތެއްނެތި ޝަހުވަތާމެދު ވިސްނުމުގެ ސަބަބުން ޖުނުބުވެރިވިކަމުގައި ވިއަސް އޭނާގެ ރޯދަ ބާޠިލެއް ނުވާނެއެވެ. ނަމަވެސް އޭނާއަށް ޖެހޭނީ އަވަހަށް ހިނައިގަންނާށެވެ. ހަމަ އެގޮތަށް ޖުނުބުވެރިވެފައި ހުއްޓާ ފަޖުރުލުމަކުން ވެސް ރޯދައަށް ގެއްލުމެއް ނުވާނެއެވެ.

ޖަވާބު

ދަތްޖަހައިގެން ހުރުމާއި ދަތްޕިލާގައި ނަރުގަނޑު އަޅުވައިގެން ހުރެ ރޯދަ ހިފުމާއި މިފަދަ އެއްވެސް ކަމަކީ ރޯދަގެއްލޭނޭ އަދި ރޯދަ މަކްރޫހަވާނޭ ކަމެއްވެސް ނޫނެވެ.

ނަދުރު ބުނުމުގެ ޙުކުމަކީ ކޮބައިތޯ ބަލާއިރު، މިކަމާމެދު ދީނުގެ ޢިލްމުވެރިންގެ ރައުޔުތަކުގައި ތަފާތު ޙުކުމް އައިސްފައި އެބަހުއްޓެވެ. ބައެއް ޢިލްމުވެރިން ވިދާޅުވަނީ ނަދުރު ބުނުމަކީ ހުއްދަ ކަމެއް ކަމަށެވެ. އަނެއް ބައި ޢިލްމުވެރިން ވިދާޅުވަނީ އެއީ މަކްރޫހަ ކަމެއް ކަމަށެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ އެއީ ހުއްދަ ކަމެއް ކަމަށާއި ކުރުމަށްވުރެން ނުކުރުން އައުލާ ކަމެއް ކަމަށެވެ. އެކަމަށް ނަހީގެ ބަސްފުޅު އައިސްފައި އޮތް ކަމުގައި ވިއަސް އެކަމުން ފާފަވެރި ވާނެ ކަމުގައި އެއްވެސް ބޭކަލަކު ވިދާޅެއް ނުވެއެވެ. އިބްނު ޙަޖަރު ވިދާޅުވަނީ ޝާފިޢީ މަޛްހަބުގެ ގިނަ ދަންނަބޭކަލުންގެ އަރިހުގައި ނަދުރު ބުނުން މަކްރޫހަ ކަމަށެވެ. މިބަސް ނަގުލު ކުރަށްވާފައި ވަނީ އިބްނުއްރިފްޢާ އާއި ޤާޟީ ޙުސައިން އަލްމުތަވައްލީއެވެ. މިގޮތުން މަކްރޫހަ ކަމުގައި ވިދާޅުވާ ބޭކަލުންގެ ތެރޭގައި މާލިކީ މަޛްހަބާއި ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިން ހިމެނެއެވެ. ނަމަވެސް އިމާމު ޣަޒާލީ ވިދާޅުވަނީ މުސްތަޙައްބު ކަމެއް ކަމަށެވެ. އިމާމު ނަވަވީވެސް އަލްމަޖްމޫޢުގައި އެއީ މުސްތަޙައްބު ކަމެއް ކަމުގައި ލިއުއްވާފައި ވެއެވެ. އިމާމު ޤުރުޠުބީ ވިދާޅުވެފައި ވެއެވެ. ނަދުރެއް ބުނުމުން އެބުނެވުނު ނަދުރެއްގެ ސަބަބުން ކޮންމެހެން ވެސް ﷲ އެކަން ފަހިކޮށް ދެއްވާނެ ކަމުގައި ޤަބޫލުކުރާނަމަ މިއީ ކުފުރުގެ އިޢުތިޤާދެކެވެ. މިގޮތް ޤަބޫލުކުރާނަމަ ނަދުރުބުނުމީ ޙަރާމް ކަމެކެވެ. ނަމަވެސް އެފަދަ އިޢުތިޤާދެއް ނެތް މީހާއަށް މަކްރޫހަކަމާއެކު ހުއްދަވާނޭ ކަމަށެވެ. އިބްނު ޙަޖަރު ވިދާޅުވަނީ މިއީ ޙަދީޘުތައް އެއްގޮތްކުރެވޭ ރަނގަޅު ރައުޔެއް ކަމަށެވެ. ކުރީގައި ބަޔާންވެދިޔަ އާޔަތުގެ ޝަރަޙަ ކުރަށްވަމުން އިމާމު ޠަބަރީ ޞައްޙަ ސަނަދުން ޤަތާދާގެ އަރިހުން ރިވާކުރަށްވާފައި ވެއެވެ. މިއާޔަތުގެ މާނައަކީ ޞާލިޙު އަޅުން، ނަމާދާއި ރޯދައާއި ޒަކާތާއި ޙައްޖާއި ޢުމުރާއާއި މިފަދަ ފަރުޟުކުރެވިގެންވާ އަޅުކަންތަކުގެ ޒަރީޢާއިން ފަރުޟުގެ އިތުރަށް އެފަދަ އަޅުކަންތައް ﷲ އަށްޓަކައި ކޮށްކޮށް ތިބޭނެކަމެވެ. އެފަދަ މީހުންނަކީ ޞާލިޙުންނެވެ. އެހެންކަމުން އިމާމު ޤުރުޠުބީ ވިދާޅުވެފައި ވަނީ ރަނގަޅު އިޢުތިޤާދުގައި ރަނޅުކަމަކަށް މީހާ ގަންނަ ނަދުރު ފުއްދުމަކީ ޢިލްމުވެރިންގެ އިއްތިފާޤުން ފުއްދަން ވާޖިބުވެގެންވާ އަޅުކަމެއްކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސުވާލާއި ޖަވާބު (ހަތަރުވަނަ ބައި)

ސުވާލާއި ޖަވާބު (ހަތަރުވަނަ ބައި)

26 އެޕްރީލު 2021
ސުވާލާއި ޖަވާބު (ތިންވަނަ ބައި)

ސުވާލާއި ޖަވާބު (ތިންވަނަ ބައި)

25 އެޕްރީލު 2021
ސުވާލާއި ޖަވާބު (ފުރަތަމަ ބައި)

ސުވާލާއި ޖަވާބު (ފުރަތަމަ ބައި)

23 އެޕްރީލު 2021
ﷲ ގެ މަތީން ހަނދުމަ ކުޅައުމަކީ ހިތަށް އަރާމު ލިއްބައިދޭ ކަމެކެވެ.

ﷲ ގެ މަތީން ހަނދުމަ ކުޅައުމަކީ ހިތަށް އަރާމު ލިއްބައިދޭ ކަމެކެވެ.

20 އެޕްރީލު 2021
ކޮވިޑް19: އަޅުކަން ކުރުމަށާއި، އެއްބައިވަންތަކަން ދެމެހެއްޓުމަށް ލިބުނު ފުރުސަތެއް!

ކޮވިޑް19: އަޅުކަން ކުރުމަށާއި، އެއްބައިވަންތަކަން ދެމެހެއްޓުމަށް ލިބުނު ފުރުސަތެއް!

24 އެޕްރީލު 2020

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު