Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ ހުޅުމާލޭގެ ކަރަންޓު އެއްވިއުގައަކުން ގުޅާލުން

މާލެ ހުޅުމާލެ އިންޓަކަނެކްޓިވިޓީ ގްރިޑްގެ މަސައްކަތް ނިމޭނެކަމަށް މިހާރު ބުނަނީ ޖުލައިމަހަށް

24 އެޕްރީލު 2021 | ހޮނިހިރު 04:51

ޕްރޮޖެކްޓްގެ 93 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 24 އެޕްރީލު 2021 | ހޮނިހިރު 04:51
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ

މާލެ ހުޅުމާލެ އިންޓަކަނެކްޓިވިޓީ ގްރިޑްގެ މަސައްކަތް މިއަހަރުގެ ޖުލައި މަހަށް ނިންމާލެވޭނެކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓIވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މުޣުނީ ވަނީ، މި ޕްރޮޖެކްޓްގެ 93 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު ބާކީ ހުރި މަސައްކަތްތައް ކުރިއަށް އޮތް 2 މަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ވިދާޅުވެފައެވެ. މަތިން އަޅަންޖެހޭ 6 ކޭބަލް ވެސް މިހާރު އަޅާ ނިމިފައިވާ ކަމަށާއި، ޑިސްޓްރިބިއުޝަން ސިސްޓަމާއި ޓްރާންސްފޯމަރ ބެހެއްޓުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު މި މަޝްރޫޢާއެކު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި މިހާރަށްވުރެ ލުއިފަސޭހަވެގެންދާނެކަމަށް މުޣުނީ ވަނީ ވިދާޅުވެފައެވެ. ވަކިން ޚާއްސަކޮށް ޖަނަރޭޓަރުތައް އޯވަރލޯޑުވެގެން ކަރަންޓު ކެނޑޭކެނޑުން ނިމުމަކަށް އައިސް، ޕަވަރ ޝޯޓޭޖެއް އަތުވެއްޖެ ޙާލަތެއްގައި ކުޑަވަގުތުކޮޅެއްގެ ތެރޭގައި ކަރަންޓު އަނބުރާ ފޯރުކޮށްދެވޭނެކަމަށް މުޣުނީ ވިދާޅުވިއެވެ.

Advertisement - newsAdvertisement

"ގްރޭޓާރ މާލެ އިންޓަރ ކަނެކްޝަން ގްރިޑް ޕްރޮޖެކްޓް" ގެ ނަމުގައި ސްޓެލްކޯއިން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން މާލެ އާއި ހުޅުމާލޭގެ ކަރަންޓު އެއްވިއުގައަކުން ގުޅާލެވި، ހުޅުމާލެ އިން މާލެ އަށް ނުވަތަ މާލެ އިން ހުޅުލެ އަށް ވެސް ބޭނުން ޖެހިއްޖެ ހާލަތެއްގައި ވަގުތުން ކަރަންޓު ފޯރުކޮށްދެވޭނެއެވެ. މިހާރު ހުޅުލެއަށް ސްޓެލްކޯއިން ކަރަންޓްފޯރުކޮށްނުދިން ނަމަވެސް ބޭނުން ޖެހިއްޖެ ހިނދެއްގައި މިވިއުގަ މެދުވެރިކޮށް ކަރަންޓް ދެވޭނެކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ. މިއާއެކު މާލެސީޓީގެ ކަރަންޓުގެ މައްސަލައަށް ހައްލު ލިބިގެންދާނެއެވެ.

ހުޅުމާލޭގައި އަޅާފައިވާ 50 މެގަވޯޓުގެ އިންޖީނުގެ އިން 50 މެގަވޯޓުގެ ކަރަންޓު އުފައްދާއިރު، މިހާރު ހުޅުމާލެ އަށް ބޭނުން ވަނީ އެންމެ 15 މެގަވޯޓު ކަމަށް ސްޓެލްކޯ އިންވަނީ ބުނެފައެވެ. އެހެންކަމުން، ބާކީ އުފައްދާ ކަރަންޓު މިވިއުގަ މެދުވެރިކޮށް ބަހައިލާނެއެވެ. މި ޖާގަ އިތުރު ކުރުމަށް އިތުރު 50 މެގަވޯޓުގެ ކަރަންޓު އުފައްދާ އިންޖީނުގެއެއް ހެދުމުގެ މަސައްކަތް ވެސް ސްޓެލްކޯ އިން ހުޅުމާލޭގައި ކުރިއަށް ގެންދާނެއެވެ. މިއާއެކު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވާން ފެށުމުން ވެސް ކަރަންޓުގެ މައްސަލަތަކެއް ކުރިމަތިނުވާނެ ކަމަށް ސްޓެލްކޯއިންވަނީ ބުނެފައެވެ.

މި ޕްރޮޖެކްޓުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެތެރެގައި ހިމެނެނީ، ވިލިމާލެ އާއި ތިލަފުއްޓާއި ގުޅީފަޅު ބްރިޖަކުން ގުޅާލުމުން މިވިއުގައިގެ ތެރެއަށް އެ ރަށްތައް ވެސް ވެއްދުމެވެ. މި ޕްރޮޖެކްޓުގެ މަސައްކަތް ފަށަން ހަމަޖެހިފައިވަނީ ބްރިޖު ނިމުމުންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް