Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުން

މިފަހަރު ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރަނީ އެއަރ އާސްތާނާ އާއި ގުޅިގެން

މި ކެމްޕެއިންގެ ފުރަތަމަ ހަރަކާތެއްގެ ގޮތުން މިމަހު 21 ވަނަ ދުވަހު ދިވެހި ރާއްޖެއަށް ކަޒަކްސްތާންގެ ޓްރެވެލް އެޖެންޓުން ވަނީ ޒިޔާރަތްކޮށްފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 24 އެޕްރީލު 2021 | ހޮނިހިރު 04:21
އެއަރ އަސްތާނާއާއި ގުޅިގެން އެމްއެމްޕީއާރުސީން ވަނީ ކެމްޕޭނެއް ފަށާފައި

އެއަރ އަސްތާނާއާއި ގުޅިގެން އެމްއެމްޕީއާރުސީން ވަނީ ކެމްޕޭނެއް ފަށާފައި

ކަޒަކިސްތާންގެ ޤައުމީ އެއާލައިން، އެއަރ އަސްތާނާއާއި ގުޅިގެން އެމްއެމްޕީއާރުސީން ކެމްޕެއިނެއް ފަށައިފިއެވެ.

މޯލްޑިވްސް މާރކެޓިންގެ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީން ބުނީ މި ކެމްޕެއިންގެ މަގުސަދަކީ ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ކަޒަކިސްތާންގައި އިޝްތިހާރުކޮށް އެޤައުމުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުންކަމަށެވެ.

މި ކެމްޕެއިންގައި ޓްރެވަލް ޓްރޭޑް އަދި ކޮންސިއުމާރސްއަށް ހާއްސަކޮށް އިޝްތިހާރުކުރުމުގެ ހަރަކާތްތައް ހިމެނެއެވެ. މި ހަރަކާތްތަކުގެ ތެރޭގައި ފެމިލިއަރައިޒޭޝަން ޓްރިޕްތަކާއި ޓްރެވެލް އެޖެންސީތަކަށް އަމާޒުކޮށް ވެބިނަރއެއް ބޭއްވުން ހިމެނެއެވެ. އަދި މީގެ އިތުރުން ފަތުރުވެރިންނަށް އަމާޒުކޮށް ޑިޖިޓަލް މީޑިއާ ހަރަކާތްތަކާއި އެމްބިއެންޓް އައުޓްޑޯރ ކެމްޕެއިނާއި ރޭޑިއޯގައި ދިވެހި ރާއްޖެ އިޝްތިހާރުކުރުންވެސް ހިމެނޭ ކަމަށް އެމްއެމްޕީއާރުސީން މަޢުލޫމާތު ދިނެވެ.

މި ކެމްޕެއިންގެ ފުރަތަމަ ހަރަކާތެއްގެ ގޮތުން މިމަހު 21 ވަނަ ދުވަހު ދިވެހި ރާއްޖެއަށް ކަޒަކްސްތާންގެ ޓްރެވެލް އެޖެންޓުން ވަނީ ޒިޔާރަތްކޮށްފައެވެ. މި ދަތުރުގައި ކަޒަކިސްތާންގެ އޭޖެންޓުންނަށް މެހެމާންދާރީ އަދާކުރަނީ ކަނުހުރާ މޯލްޑިވްސްއާއި ސިކްސް ސެންސަސް ލާމުގައެވެ. ޓްރެވަލް އޭޖެންޓުންގެ ދެވަނަ ޓީމެއް މި މަހުގެ 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް އައުމަށްވަނީ ހަމަޖެހިފައެވެ. މި ދަތުރުގައި އެ ޓީމު ތިބުމަށް ހަމަޖެހިފައިވަނީ އަދާރަން ސިލެކްޓް މީދުއްޕަރު، ވެލައްސަރު މޯލްޑިވްސް އަދި ދިގަލި މޯލްޑިވްސްގައެވެ.

އެއަރ އަސްތާނާގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ. އެއާރ އަސްތާނާ އިން ހަފްތާއަކު ދެ ދަތުރު ރާއްޖެ އަށް ކުރެއެވެ. އެގޮތުން، ކޮންމެ ބުދަ އަދި ބުރާސްފަތި ދުވަހަކު ފްލައިޓެއް އޮވެއެވެ. މި ފްލައިޓްތަކުގައި ބޭނުންކުރަނީ، އެ އެއާލައިނުން މުޅިން އަލަށް ގެނެސްފައިވާ އެއާބަސް 321 އެލްއާރު މަރުކާގެ ބޯޓެކެވެ. އެ އެއާލައިންގެ ފުރަތަމަ ދަތުރުގައި ވެސް 156 ފަސިންޖަރުން ރާއްޖެއައެވެ.

އޭޕްރިލް 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 347,421 ފަތުރުވެރިން ވަނީ އައިސްފައެވެ. މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައި 10 ގައުމުގެ ތެރޭގައި ހިމެނެނީ އިންޑިއާ، ރަޝިއާ، ޔޫކްރެއިން، ޖަރމަނީ، ކަޒަކްސްތާނު، ރޫމޭނިއާ އަދި އިނގިރޭސިވިލާތުގެ އިތުރުން އެމެރިކާ އާއި ޗެކް ރިޕަބްލިކް އަދި ފްރާންސް އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އޭޕްރިލް 15 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ 706 ޓޫރިސްޓު ފެސިލިޓީއެއް އޮޕަރޭޓްކުރަން ފަށާފައިވާއިރު، ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް 46,519 އެނދު ދަނީ މިހާރު އޮޕަރޭޓްކުރަމުންނެވެ.

އެގޮތުން މިހާތަނަށް 151 ރިސޯޓެއް އޮޕަރޭޓްކުރާއިރު، ރިސޯޓްތަކުގައި ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް 34,952 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ. މިހާތަނަށް 11 ހޮޓަލެއް އޮޕަރޭޓްކުރަން ފަށާފައިވާއިރު، ހޮޓާތަކުގައި މިވަގުތު އޮޕަރޭޓްކުރަމުން ދަނީ 1,458 އެނދެވެ. އަދި 137 ސަފާރީއެއްގައި 2,699 އެނދު ދަނީ އޮޕަރޭޓްކުރަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ މައުލޫމާތުތައް ދައްކާގޮތުން ރާއްޖޭގެ 18 އަތޮޅެއްގެ 57 ރަށެއްގައި މިހާރު 407 ގެސްޓް ހައުސް ދަނީ އޮޕަރޭޓްކުރަމުންނެވެ. އަދި ގެސްޓް ހައުސްތަކުގައި ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް މިވަގުތު އޮޕަރޭޓްކުރަމުންދަނީ 7,410 އެނދެވެ.

ފާއިތުވި އަހަރުގެ މާރޗް 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ޖުލައި 15 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލިއިރު، ފަތުރުވެރިންނަށް ޚިދުމަތްދިނުމުގެ ހުއްދަ ލިބިގެންދިޔައީ ހަމަ އެކަނި ރިސޯޓްތަކަށާއި ސަފާރީތަކަށެވެ. އަތޮޅުތެރޭގެ ރަށްތަކުގެ ގެސްޓް ހައުސްތައް ހުޅުވުމުގެ ފުރުސަތު 2020ގެ އޮކްޓޫބަރ 15 ވަނަ ދުވަހު ދީފައިވާއިރު، މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް ހުޅުވާފައިވަނީ އެއަހަރުގެ ޑިސެމްބަރ 14 ވަނަ ދުވަހުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސެމްސަން ގެލެކްސީ އެސް 8 މާދަމާ ލޯންޗްކުރަނީ

ސެމްސަން ގެލެކްސީ އެސް 8 މާދަމާ ލޯންޗްކުރަނީ

29 މާރިޗު 2017
އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ

އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ޤާއިމްކުރަނީ

24 މާރިޗު 2017
ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި

ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި

17 މާރިޗު 2017
މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

09 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު