Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ލެނޯގެ ބައިގޯލުން އާސެނަލް ބަލިވެއްޖެ

ތާވަލުގެ ނުވަވަނައިގައި އާސެނަލް އޮތީ 46 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 23 އެޕްރީލު 2021 | ހުކުރު 23:25
އާސެނަލާއި އެވަޓަން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އެވަޓަން މޮޅުވީ 1-0 ން

އާސެނަލާއި އެވަޓަން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އެވަޓަން މޮޅުވީ 1-0 ން

އިނގިރޭސި ޕްރިމިއާ ލީގުގައި ހުކުރު ދުވަހުގެރޭ ގޯލްކީޕަރު ބާން ލޭނޯ އަތުން ބައިކޮޅަށް ވަން ލަނޑާއެކު، އެވަޓަން އަތުން އާސެނަލް ބަލިވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އާސެނަލް ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ މި ފަހަރު ލީގުގައި އާސެނަލް އަމިއްލަ ދަނޑުގައި ބަލިވި ހަތްވަނަ މެޗެވެ. އަދި މި މެޗުން އެވަޓަން މޮޅުވިއިރު، މިއީ 1987 ވަނަ އަހަރުގެ ފަހުން ލީގުގައި އާސެނަލް އަތުން އެވަޓަން އެއް ސީޒަނެއްގައި ދެ މޮޅު ހޯދި ފުރަތަމަ ފަހަރެވެ.

ހުކުރު ދުވަހުގެރޭ ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ހާފުގައި އާސެނަލުގެ ބުކާޔޯ ސަކާއަށް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެކަމަކު އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ އެވަޓަނުގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ދިފާއުކޮށްފައެވެ.

އޭގެ ފަހުން ފުރަތަމަ ހާފުގައި އޭރިއާ ތެރެއިން އެވަޓަނުގެ ރިޗާލިސަން ފޮނުވާލި ހަމަލާއެއް އާސެނަލުގެ ގޯލްކީޕަރު ލޭނޯ ހުއްޓުވިއިރު، ދެވަނަ ހާފުގެ ކުރީކޮޅު އޭރިއާ ތެރެއިން އާސެނަލުގެ ޑެނީ ސެބާޔޯސްއަށް އެވަޓަނުގެ ރިޗާލިސަމް ފައުލުކުރި ކަމަށް ބުނެ ރެފުރީ ވަނީ ޕެނަލްޓީއެއް ދީފައެވެ. އެކަމަކު ވީޑިއޯ އެސިސްޓަން ރެފުރީ (ވީއޭއާރް) ބެލުމަށްފަހު އެ ޕެނަލްޓީ ކެންސަލްކުރީ އޭގެ ކުރިން އާސެނަލުގެ ނިކޮލަސް ޕެޕޭ އޮފްސައިޑުގައި ހުރުމުންނެވެ. މި މެޗުގައި އެވަޓަނުން ލީޑު ނަގާފައިވަނީ 76 ވަނަ މިނެޓުގައެވެ. މިއީ އެވަޓަނުގެ ރިޗާލިސަން ނެގި ހުރަހެއްގައި އާސެނަލުގެ ގޯލްކީޕަރު ލެނޯއަށް ހެދުނު ގޯހަކުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި މޮޅާއެކު އެވަޓަން އޮތީ ތާވަލުގެ އަށްވަނައިގައި ކުޅުނު 32 މެޗުން ލިބުނު 52 ޕޮއިންޓާއެކުއެވެ. އަދި އެވަޓަނުގެ ފުލުން ތާވަލުގެ ނުވަވަނައިގައި އާސެނަލް އޮތީ 33 މެޗުން 46 ޕޮއިންޓާއެކުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު