Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 އޭދަފުށީގެ ހާލަތު

އޭދަފުށިން ޕޮޒިޓިވްވި މީހުންގެ އަދަދު 48ށް

ހުކުރު ދުވަހު އެކަނިވެސް 11 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 23 އެޕްރީލު 2021 | ހުކުރު 23:48
ބ. އޭދަފުށިން ކޮވިޑް ކޭސްތަކެއް ފެނިގެން އެ ރަށް ވަނީ މޮނިޓަރިންގ އަށްލާފައި

ބ. އޭދަފުށިން ކޮވިޑް ކޭސްތަކެއް ފެނިގެން އެ ރަށް ވަނީ މޮނިޓަރިންގ އަށްލާފައި

ބ އޭދަފުށިން ކޮވިޑް-19ށް ޕޮޒިޓިވްވި މީހުންގެ އަދަދު 48ށް އަރައިފިއެވެ.

އޭދަފުށިން ޕޮޒިޓިވް ކޭސްތަކެއް ފެނި އެރަށް މޮނިޓަރިންގއަށް ލާފައިވަނީ އޭޕްރީލް މަހުގެ 19 ވަނަ ދުވަހުއެވެ. އޭގެ ފަހުން އޭދަފުށީގައި އަންނަނީ ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންނެވެ. އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލުން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ހުކުރު ދުވަހު އެކަނިވެސް 11 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މި މީހުންގެ ތެރެއިން އެކަކަށް އަންނަނީ ރީޖަނަލް ކޮވިޑް ސެންޓަރުގައި ފަރުވާދެމުންނެވެ.

Advertisement - newsAdvertisement

އެރަށުން ޖުމްލަ 469 ސާމްޕަލެއް ވަނީ ނަގާފައެވެ. އޭގެތެރެއިން 421 ސާމްޕަލެއް ވަނީ މިހާތަނަށް އައިއިރު ނެގެޓިވްވެފައެވެ.

ބ. އޭދަފުށިން ކޮވިޑް-19ގެ ޕޮޒިޓިވް ގިނަ ކޭސްތަކެއް ފެނިފައިވާތީ މިމަހުގެ 1 ގެ ފަހުން އޭދަފުށީގައި އުޅުމަށްފަހު އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ އެޗްޕީއޭއަށް އެންގުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އެކަމާ ގުޅިގެން އެޗްޕީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ 01 އޭޕްރީލް ގެ ފަހުން އޭދަފުށީގައި އުޅުމަށްފަހު އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތް ސެންޓަރަށް އެންގެމަށެވެ. އަދި މިތާރީޚްގެ ފަހުން ބ. އޭދަފުއްޓަށް ގޮސްފައިވާ ފަރާތެއްވާނަމަ، އޭދަފުށިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީންގައި ތިބުމަށާއި، އަދި 10 ދުވަސް ހަމަވެފައިވާ ފަރާތްތަކުން ވެސް ސާމްޕަލް ނަގަައި ޓެސްޓްކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. އަދި އެ ރަށެއްގެ ހެލްތު ސެންޓަރުން ނުވަތަ ހޮސްޕިޓަލުން މިފަރާތްތަކުގެ ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސަންވާނެކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

މީގެއިތުރުން 01 އޭޕްރީލް ފަހުން އޭދަފުށިން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެގުމަށާއި، ނަތީޖާ ނެގެޓިވްވި ކަމުގައި ވިޔަސް އޭދަފުށިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިބުމަށް ވަނީ އެދިފައެވެ. އެރަށަށް ކުރި ދަތުރުގެ މައުލޫމާތު އެޗްޕީއޭއާ ހިއްސާކުރުމަށް އަންގާފައިވާއިރު، 10 ދުވަސް ހަމަވެފައިވާ މީހުން ވެސް ސާމްޕަލް ނަގަައި ޓެސްޓްކުރަންވާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މިފަހަކުން އަތޮޅުތަކުގެ ގިނަ ރަށްތަކަކުން އަންނަނީ ބޮޑެތި ކުލަސްޓަރތަކެއް ފެންނަމުންނެވެ. މި ފަހުން މާލެ ސަރަހައްދަށްވުރެ ގިނައިން އަތޮޅުތެރެއިން ކޭސްތައް އަންނަނީ ރިޕޯޓްކުރަމުންނެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު