Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
އިސްލާމް
ރަމަޟާން 1442 - ރޯދައިގެ ސުވާލާއި ޖަވާބު

ސުވާލާއި ޖަވާބު (ފުރަތަމަ ބައި)

ރޯދަ އާއި ގުޅިގެން ހިތުގައި އުފެދޭ މިފަދަ ސުވާލުތައް އޮޅުންފިލުވަންވާނެ

ޝެއިޚް ހުސެއިން ރަޝީދު އަހުމަދު
ޝެއިޚް ހުސެއިން ރަޝީދު އަހުމަދު, ރާއްޖެ އެމްވީ | 23 އެޕްރީލު 2021 | ހުކުރު 10:00
މިސްކިތެއްގައި ބަޔަކު ޤުރުޢާން ކިޔަވަނީ

މިސްކިތެއްގައި ބަޔަކު ޤުރުޢާން ކިޔަވަނީ

މިއީ ރޯދަމަހާއި ގުޅިގެން ބައެއް މީހުން ފޮނުވާފައިވާ ސުވާލުތަކު ތެރެއިން ބައެއް ސުވާލުތަކުގެ ޖަވާބެވެ. ސުވާލުތައް ފޮނުވާ މިންވަރަކުން ތިބޭފުޅުންނާއި ހަމަ އަށް ގެނެސްދޭނަމެއެވެ. މިއީ ފުރަތަމަ ބައެވެ.

ޖަވާބު:

ރޯދައަށް ނިޔަތް ގަތުމަކީ ރޯދައިގެ ފަރުޟެކެވެ. ނިޔަތް ގަންނާނީ ކޮންމެ ރޯދައަކަށް ވެސް އެދުވަހެއްގެ ފަތިސް ނަމާދަށް ބަންގި ގޮވުމުގެ ކުރިންނެވެ. ކޮންމެ ރޯދައަކަށް ނިޔަތް ގަންނަން ޖެހޭނެއެވެ. ސަބަބަކީ ކޮންމެ ރޯދައަކީ މުސްތަޤިއްލު ރޯދައެކެވެ. ނިޔަތް ގަންނަނީ ހިތުންނެވެ. ނަމަވެސް އިމާމު ޝާފިޢީ ވިދާޅުވާ ގޮތުގައި ހިތުގައި އޮތް ނިޔަތަށް ތާއީދު ކުރުމުގެ ގޮތުން ދުލުންވެސް ނިޔަތް ކިއުމަކީ އެންމެ ރަނގަޅު ކަމެކެވެ. އެއީ ދީނަށް ވަންނަ މީހާ ޝަހާދަތް ކިޔަން ޖެހޭ ފަދައިންނެވެ. ޙައްޖާއި ޤުރުބާނީއާއި މިއަޅުކަންތައް ތަކުގައި ނިޔަތް ދުލުން ކިއުން އޮންނަ ފަދައިންނެވެ. އޭގައި އޮންނަ ނިޔަތަކީ: نَوَيْتُ صَوْمَ غَدٍ عَنْ أَدَاءِ فَرْضِ رَمَضَانَ هَذِهِ السَّنَةِ لِلَّهِ تَعَالَى: މާނައީ: މަތިވެެރި މާތްﷲ އަށްޓަކައި މިއަހަރު ރަމަޟާން މަހުގެ ފަރުޟު އަދާކުޅައުމަށް މާދަމާ ރޯދަ ހިފުމަށް ނިޔަތް ގަތީމެވެ. މިއެވެ.

ޖަވާބު:

ރޯދަ ވީއްލާނީ އިރުއޮއްސުމުންނެވެ. ނުވަތަ މަޣުރިބު ނަމާދަށް ބަންގި ގޮވުމުންނެވެ. ބަންގި އަޑު އިވުމާއެކު ލަސްނުކޮށް ރޯދަ ވީއްލުމަކީ ސުންނަތެކެވެ. ބޮޑަށް ރަނގަޅީ ކަދުރު އޮށަކުން ރޯދަ ވީއްލުމެވެ. ދެން ތިމާ ބޭނުން އެއްޗެއް ކައިބޮއި ހަދާނީއެވެ. ރޯދަ ވީއްލާ ވަގުތު ﷲ އަށް ޙަމްދުކޮށް ދުޢާ ކިޔަން ވާނެއެވެ. ބިސްމީގެ ބަރަކާތުން ރޯދަ ވީއްލުމުން މާތް ﷲ ތިމާގެ ކެއުމާއި ބުއިމުގައި ބަރަކާތް ލައްވާނެއެވެ. މީގެ އިތުރުން ރޯދަ ވީއްލާހިނދު ބިސްމިއަށް ދުޢާ ކުރުމީ ސުންނަތެކެވެ. އޭގައި ކީރިތި ރަސޫލާގެ އަރިހުން ތަފާތު ދުޢާތައް ވާރިދުވެފައި ވެއެވެ. އެންމެ މަޝްހޫރު ދުޢާއަކީ، اللَّهُمَّ لَكَ صُمْتُ وَعَلَيْكَ تَوَكَّلْتُ وَعَلَى رِزْقِكَ أَفْطَرْتُ  މާނައީ: އަޅުގެވެެރި ރަސްކަލާކޮ! ތިޔަ އިލާހުގެ ނަންފުޅުގައި އަޅު ރޯދަ ހިފީމެވެ. އަދި ތިޔަ އިލާހަށް ވަކީލުކުރީމެވެ. ތިޔަ އިލާހު ދެއްވި ރޯދިން ރޯދަ ވީއްލަމެވެ.

ޖަވާބު:

ރޯދައިގައި އޮންނަނީ 2 ރުކުނެކެވެ. އެއީ ނިޔަތް ގަތުމާއި ފުޖުރުއްޞާދިޤުގެ އަލިކަން ފައުޅުވީއްސުރެން އިރު އޮއްސެންދެން ރޯދަ ގެއްލޭ އެންމެހައި ކަންތައްތަކުން ދުރުހެލިވެ ހުރުމެވެ.

ޖަވާބު:

ފުރަތަމަ ކަމަކީ ރޯދަ ގެއްލޭ އެންމެހައި ކަންތައްތަކުން ދުރުހެލިވުމެވެ. ދެވަނަ ކަމަކީ ތިމާގެ ދުލާއި ހިއްސުތައް ހަޑިހުތުރު އެންމެހައި ކަންތައްތަކުން އެއްކިބާ ކުރުމެވެ. އެތަކެއް މުޙައްދިޘުން ރިވާ ކުރަށްވާފައިވާ ޙަދީޘެއްގައި ވެއެވެ. أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ الصِّيَامُ جُنَّةٌ فَلَا يَرْفُثْ وَلَا يَجْهَلْ وَإِنْ امْرُؤٌ قَاتَلَهُ أَوْ شَاتَمَهُ فَلْيَقُلْ إِنِّي صَائِمٌ مَرَّتَيْنِ މާނައީ: ކީރިތި ރަސޫލާ ޙަދީޘު ކުރެއްވިއެވެ. ދަންނާށެވެ! ރޯދަ ހަޑިހުތުރު ކަންކަމުން ރައްކަައުތެރިވުމަށް އޮތް އައްޑަނައެކެވެ. ވުމާއެކު ހަޑިހުތުރު އެއްޗެހި ދުލުން ނުކިޔާށެވެ. ޒުވާބުކޮށް އަރާރުންވެ ނުހަދާށެވެ. އަދި މީހަކު ކަލެއާ އަރައިރުންވެ ހުތުރު އެއްޗެހި ކިޔުނަސް އޭނާއަށް އޭގެ ޖަވާބު ނުދޭށެވެ. އޭނާގެ ގާތު ބުނާށެވެ. ތިމަންނާއީ ރޯދަވެރިއަކީމެވެ. ރޯދަވެރިއަކީމެވެ.

ޖަވާބު:

ލައިލަތުލް ޤަދްރިއަކީ މާތް ﷲ މިއުއްމަތަށް ނިޢުމަތް ކުރައްވާފައި، އެއިލާހުގެ ޢިލްމުފުޅުގައި ސިއްރެއްގެ ގޮތުގައި ލައްވާފައިވާ ރެއެކެވެ. އެރެއަކީ ކޮބައިކަން އެނގިވޮޑިގެންވަނީ ހަމައެކަނި ﷲއަށެވެ. މިކަމުގެ ސިއްރަކީ އެރޭ ހޯދުމަށްޓަކާ މުސްލިމުން ބޮޑަށް މަސައްކަތް ކުރުމެވެ. އަޅުކަމުގައި ބޮޑަށް މަޝްޣޫލުވުމެވެ. ހަމަ ގައިމު އެއީ ރޯދަމަހުގެ ރެއެކެވެ. ނަމަވެސް އެމަހުގެ ކޮން ރެއެއްކަން އެއީ އެކަކަށް ވެސް އެނގޭ ކަމެއް ނޫނެވެ. މާތް ﷲ ކީރިތި ރަސޫލާއަށް ވެސް ސާފުކޮށް އެކަން އަންގަވާފައި ނުވެއެވެ. ގިނަ ޙަދީޘުތަކުން ސަބިތުވާ ގޮތުން އެނގެނީ އެއީ އޮނަހިރި ރެއެއް ކަމެވެ. ބައެއް ޙަދީޘުތަކުން ފަހު ދިހައިގެ އޮނަހިރި ރެއެއްކަންވެސް ދޭހަވެއެވެ. ދަންނަބޭކަލުންގެ ބަސްފުޅުތައް އެކަމުގައި ތަފާތުވެފައި އޮތީވެސް މިސަބަބާހުރެއެވެ. ކީރިތި ރަސޫލާއާއި ބައެއް އަޞްޙާބު ބޭކަލުންނަށް ވަނީ އެރޭ ލިބިވަޑައިގެންފައެވެ. އެއާމެދު އައިސްފައިހުރި ޙަދީޘުތަކަށް ބަލާއިރު އަޅުގަނޑަށް ދޭހަވަނީ ކީރިތި ރަސޫލާއަށް އެރޭ ފެނިވަޑައިގެންފައި ވަނީ އެކިއަހަރުގައި އެކި ރޭރޭގައި ކަމެވެ. އެހެންކަމުން އެއީ ކަނޑައެޅޭ ވަކިރެއެއް ނޫނެވެ. އެދުވަސް ލިބިގަތުމަށްޓަކައި އަޅުގަނޑުމެންނަށް އޮތީ މުޅި ރޯދަމަހު ވީހާބޮޑަށް މަސައްކަތް ކުރުމެވެ. ކޮންމެހެން ހިސާބު ހަދައިގެން ބެލުމުގެ  ބޭނުމެއް ނެތެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް19: އަޅުކަން ކުރުމަށާއި، އެއްބައިވަންތަކަން ދެމެހެއްޓުމަށް ލިބުނު ފުރުސަތެއް!

ކޮވިޑް19: އަޅުކަން ކުރުމަށާއި، އެއްބައިވަންތަކަން ދެމެހެއްޓުމަށް ލިބުނު ފުރުސަތެއް!

24 އެޕްރީލު 2020
ހަމައެކަނި މުވައްޒަފުންނާއެކު މަސްޖިދުއް ނަބަވީގެ މި އަހަރުގެ ފުރަތަމަ ތަރާވީސް ކޮށްފި

ހަމައެކަނި މުވައްޒަފުންނާއެކު މަސްޖިދުއް ނަބަވީގެ މި އަހަރުގެ ފުރަތަމަ ތަރާވީސް ކޮށްފި

24 އެޕްރީލު 2020
ދޮގުހެކި ދިނުމުގެ ނުބައިކަން

ދޮގުހެކި ދިނުމުގެ ނުބައިކަން

14 ޖޫން 2018
ހައްޖުގެ އަޅުކަމަށް ދެ މީހަކު ބައިސްކަލްގައި ލަންޑަނުން މައްކާ އަށް

ހައްޖުގެ އަޅުކަމަށް ދެ މީހަކު ބައިސްކަލްގައި ލަންޑަނުން މައްކާ އަށް

31 އޯގަސްޓު 2017
ހައްޖުން ދޭން ޖެހޭ މެސެޖަކީ އެއްބައިވަންތަކަން: ހަރަމްފުޅުގެ އިމާމް

ހައްޖުން ދޭން ޖެހޭ މެސެޖަކީ އެއްބައިވަންތަކަން: ހަރަމްފުޅުގެ އިމާމް

26 އޯގަސްޓު 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު