Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރުތަކެއް ގާއިމުކުރުނ

ޗައިލްޑް ޑިވެލޮޕްމެންޓް ސެންޓަރެއް ކުޅުދުށްފުއްޓާއި ހުޅުމާލޭގައި ގާއިމުކުރާނެ- ފައިސަލް

"ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރ" ހުޅުމާލެ ހޮސްޕިޓަލްގައި ގާއިމުކުރުމުގެ މަސައްކަތް ކުރިޔަށް ދޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 22 އެޕްރީލު 2021 | ބުރާސްފަތި 10:21
ރާއްޖެއަށް ބޭނުންވާވަރަށް މީހުން ބިނާކޮށް، މާލެއާ އެއް ހަމައެއްގައި ޚިދުމަތްތައް އަތޮޅުތެރެއިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ މައި ސިޔާސަތު

ރާއްޖެއަށް ބޭނުންވާވަރަށް މީހުން ބިނާކޮށް، މާލެއާ އެއް ހަމައެއްގައި ޚިދުމަތްތައް އަތޮޅުތެރެއިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ މައި ސިޔާސަތު

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭ.އީ.އެޗް) ގެ ބެލުމުގެ ދަށުން ގާއިމުކޮށްފައިވާ "ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރ" ފަދަ ސެންޓަރެއް ހުޅުމާލެ އަދި ކުޅުދުއްފުށީގައި ގާއިމުކުރައްވާނެ ކަމަށް ރަައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ތެރަޕިއުޓިކްގެ ދާއިރާއިން މީހުން ބިނާކުރުމުގެ ސްކީމް ތަޢާރަފުކުރުމާއި، ސްޕޮންސަރުންނަށް އެގްރީމަންޓް ހަވާލުކުރުމަށް ބުރާސްފަތި ދުވަހު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ، "ޗައިލްޑް ޑިވެލޮޕްމަންޓް ސެންޓަރ" ހުޅުމާލެ ހޮސްޕިޓަލްގައި ގާއިމުކުރުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށާއި، މިފަދަ ސެންޓަރެއް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ވެސް ކައިރި މުސްތަގުބަލެއްގައި ގާއިމުކުރައްވާނެކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި ސަރުކާރުގެ ސިޔާސަތަކީ މާލެއާއި އަތޮޅުތަކުގެ ދެމެދުގައިވާ ފަރަގު ކުޑަކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތް މާލެއާއި އެއް ފެންވަރަކަށް އަތޮޅުތަކުން ވެސް ލިބޭނެ މަގު ފަހިކޮށްދިނުން ކަމުގައި ނައިބުރައީސް ވިދާޅުވިއެވެ. ތެރަޕިއުޓިކްގެެ ދާއިރާއަކީ ޑިމާންޑް އޮތް ނަމަވެސް ޒަމާނުއްސުރެ އަޅައިނުލެވި އޮތް ދާއިރާއެއް ކަމަށާއި، އެ ދާއިރާއިން މީހުން ބިނާކުރުމަށް މި ތަޢާރަފުކުރެވުނު ސްކީމްގެ ސަބަބުން އަތޮޅުތަކުގައި ދިރިއުޅޭ ގިނަ ޢާއިލާތަކަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމުގައި ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ އެކި ދާއިރާތަކުން މީހުން ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކަމެއް ދެއްވާ އެއް ވަޢުދުކަން ފާހަގަކުރައްވާފައެވެ. ނައިބުރައީސް ވިދާޅުވީ، އިޖްތިމާޢީ މިފަދަ ކަންކަމުގައި ނަތީޖާ ނެރެވޭނީ ހުރިހާ އެންމެން ގުޅިގެން މަސައްކަތްކޮށްގެން ކަމަށާއި، އެއީ އެންމެ މީހެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއް ނޫންކަމަށެވެ.

ބުރާސްފަތި ދުވަހު އިފްތިތާޙުކުރެވުނު ސްކީމަކީ ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާގެ ތެރެއިން އޮކިއުޕޭޝަނަލް ތެރަޕީއާއި، ސްޕީޗް ތެރަޕީގެ ދާއިރާއިން މަތީ ތަޢުލީމާއިި ތަމްރީނު ފޯރުކޮށްދިނުމަށް ތަޢާރަފުކުރެވުނު ސްކީމެކެވެ. މި ސްކީމްގެ ސްކޮލަރޝިޕްތައް ސްޕޮންސަރކޮށްފައި ވަނީ ސަރުކާރުގެ ބައެއް ކުންފުނިތަކާއި އަމިއްލަ ފަރާތްތަކާ ގުޅިގެންނެވެ.

އިތުރަށް ކިޔާލަން

11 ޖޫން 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން ކުއްޖާގެ ހާލު އަދިވެސް ސީރިއަސް!

11 ޖޫން 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން ކުއްޖާގެ ހާލު އަދިވެސް ސީރިއަސް!
10 ޖޫން 2017

ހުޅުމާލޭގައި އެކްސިޑެންޓްވި މީހާގެ ސިކުނޑިއަށް ވަނީ ލޭ އެޅިފަ: ފުލުހުން

10 ޖޫން 2017
ހުޅުމާލޭގައި އެކްސިޑެންޓްވި މީހާގެ ސިކުނޑިއަށް ވަނީ ލޭ އެޅިފަ: ފުލުހުން
09 ޖޫން 2017

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގާއި ، ދެ މީހަކަށް އަނިޔާވެއްޖެ

09 ޖޫން 2017
ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގާއި ، ދެ މީހަކަށް އަނިޔާވެއްޖެ
28 އެޕްރީލު 2017

ސިފައިންގެ މިއުޒިކަލް ޑްރިލް ޑިސްޕްލޭ މިއަދު ހުޅުމާލޭގައި

28 އެޕްރީލު 2017
ސިފައިންގެ މިއުޒިކަލް ޑްރިލް ޑިސްޕްލޭ މިއަދު ހުޅުމާލޭގައި
07 މާރިޗު 2017

ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

07 މާރިޗު 2017
ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު