Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އޯވަރޑްރާފްޓްގެ މުއްދަތު އިތުރުކުރުމުގެ މައްސަލަ

އޯވަރޑްރާފްޓްގެ މުއްދަތު އިތުރުކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް 9 މެމްބަރުންގެ ވަގުތީ ކޮމިޓީއެއް އެކުލަވާލައިފި

ކޮމިޓީ އެކުލަވާލުމަށް ވޯޓުގައި ބައިވެރިވި 51 މެމްބަރުންގެ އަގްލަބިއްޔަތުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 21 އެޕްރީލު 2021 | ބުދަ 07:13
އޯވަރޑްރާފްޓްގެ މުއްދަތު އިތުރުކުރުމުގެ މައްސަލަ ދިރާސާކުރަން ވަގުތީ ކޮމިޓީއެއް

އޯވަރޑްރާފްޓްގެ މުއްދަތު އިތުރުކުރުމުގެ މައްސަލަ ދިރާސާކުރަން ވަގުތީ ކޮމިޓީއެއް

އޯވަރޑްރާފްޓްގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާފައިވަ ހުށަހެޅުން ދިރާސާ ކުރުމަށް 9 މެމްބަރުންގެ ވަގުތީ ކޮމިޓީއެއް އެކުލަވާލުމަށް ފާސްކޮށްފިއެެވެ.

ކޮމިޓީ އެކުލަވާލުމަށް ވޯޓުގައި ބައިވެރިވި 51 މެމްބަރުންގެ އަގްލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ. 9 މެމްބަރުންގެ ވަގުތީ ކޮމިޓީއަކުން މިމައްސަލަ ދިރާސާ ކުރުމަށް ހުށަހެޅުއްވީ، އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިނެވެ. ބުދަދުވަހުގެ ޖަލްސާގައިވަނީ ވަނީ ވަގުތީ ކޮމިޓީ އެކުލަވާލާފައެވެ.

Advertisement - newsAdvertisement

ކޮމިޓީ އެކުލަވާލުމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުޅަހެޅުއްވި ނަންތައް ފާސްކުރުމަށް ނެގި ވޯޓުގައި ބައިވެރިވި 48 މެމްބަރުންގެ ވޯޓުން ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ފާސްކޮށްފައިވާ މެމްބަރުންނަކީ:

1 މުހައްމަދު އަސްލަމް، ހިތަދޫ އުތުރު ދާއިރާ

2 އިލްޔާސް ލަބީބު، މީދޫ ދާއިރާ

3 ޔައުގޫބު އަބްދުﷲ، ދާންދޫ ދާއިރާ

4 ހުސެއިން ޝަހީމް، ހެންވޭރު ދެކުނު ދާއިރާ

5 އިބްރާހީމް ނަސީމް، ތުލުސްދޫ ދާއިރާ

6 އަހްމަދު ސިޔާމް، މީދޫ ދާއިރާ

7 ގާސިމް އިބްރާހީމް، މާމިމިގިލި ދާއިރާ

8 މުހައްމަދު ސައީދު، މާވަށު ދާއިރާ

9 މުހައްމަދު ރަޝީދު ހުސެއިން، އަލިފުށި ދާއިރާ 

ކޮމިޓީގެ މެމްބަރުން އަވަހަށް ބައްދަލުވެ މިމައްސަލަ ދިރާސާކޮށް ނިންމާ، މާދަމާ މަޖިލީހުގެ ތަޅުމަށް ރިޕޯޓު ހުށަހެޅުއްވުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންނެވެއެވެ. އެމަނިކުފާނު ވިދާޅުވީ، ޕާޓީތަކުގެ އިއުތިރާޒެއް ނެތްކަމަށްވާނަމަ މާދަމާ މަޖިލީހުގެ ޖަލްސާއެއް ތާވަލުކޮށް، ކޮމިޓީ ރިޕޯޓަށް ވޯޓަށް އައްސަވާނެ ކަމަށެވެ.

ފިނޭންސް މިނިސްޓަރުގެ މިހުށަހެޅުން ވަކި ޚާއްސަ ކޮމިޓީއަކަށް ފޮނުވުމަށް ޚާއްސަ ކޮމިޓީއެއް އެކުލަވާލަން ވިލުފުށި ދާއިރާގެ މެމްބަރ ހަސަން އަފީފު ހުށަހެޅުއްވި ހުށަހެޅުއްވުމަށް އަންގާރަ ދުވަހުގެ ޖަލްސާގައިވެސް ވަނީ ވޯޓަށް އައްސަވާފައެވެ. ޚާއްސަ ކޮމިޓީއަކުން މި މައްސަލަ ދިރާސާކުރުމަށް ފެންނަކަމަށް އަންގާރަ ދުވަހުގެ ޖަލްސާގައި ވޯޓު ދެއްވީ 12 މެމްބަރުންނެވެ. ޚާއްސަ ކޮމިޓީއަކަށް މި މައްސަލަ ފޮނުވުމަށް ނުފެންނަކަމަށް 48 މެމްބަރަކު ވޯޓު ދެއްވިއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވިއެވެ.

ކޮވިޑް-19ގެ ބަލިމަޑިކަމުގައި އިގުތިސާދަށް އައިސްފައިވާ ހީނަރުކަމުން އަރައިގަތުމަށް، ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި މަރުކަޒީ ބޭންކުން ސަރުކާރުގެ ދަރަންޏަށް ނެގޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ދިން ހުއްދަ އިތުރުކޮށްދޭން ސަރުކާރުން  މަޖިލީހުގައި އެދިފައިވަނީ، ހޯމަ ދުވަހުއެވެ. ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ގޮތުން އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގޭ ލިމިޓަކީ އެވެރެޖް އާމްދަނީގެ އެއް ޕަސެންޓެވެ. އެއީ ފާއިތުވި އަހަރުތަކުގެ އާމްދަނީއަށް ބަލާއިރު، ގާތްގަނޑަކަށް 170 މިލިއަން ރުފިޔާ އެވެ.

އެ ގޮތަށް ނަގާ ދަރަންޏެއް 91 ދުވަސް ތެރޭގައި ސަރުކާރުން އެމްއެމްއޭއަށް ދައްކަން ޖެހޭ ކަމަށް ވެސް ގާނޫނުގެ އެ މާއްދާގައި ބުނެ އެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން މިދިޔަ އަހަރުގެ އޭޕްރީލް މަހު ފިނޭންސް މިނިސްޓްރީން އެދުނީ 4.4 ބިލިއަން ރުފިޔާއަށް އެ ލިމިޓު މަތިކޮށް ދިނުމަށެވެ. އަދި އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެ އަނބުރާ ދެއްކުން ފަސްވާގޮތަށް ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް އަމަލު ކުރުން އިސްތިސްނާ ކޮށްދިނުމުގެ ހުއްދައަކަށެވެ.

ގާނޫނުގައި ބުނާ ގޮތުން، މަޖިލީހަށް އެ އިސްތިސްނާ ކުރެވެނީ ގުދުރަތީ ނޫނީ އިގްތިސޯދީ ކާރިސާތަކުގެ ދަނޑިވަޅުތަކުގައި އެވެ. އެއާއެކު ސަރުކާރުގެ ސާފު އަގުލަބިއްޔަތު އޮންނަ މަޖިލީހުން އޭރު އެ ހުއްދަ ދީފައިވަނީ ފިނޭންސުން އެދުނު ގޮތަށެވެ.

އޭރު ދިން މުއްދަތު އަންނަ މި މަހުގެ 26ވަނަ ދުވަހަށް ހަމަވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު