Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރަމަޟާން ކްރިކެޓް ކާނިވަލް

ކްރިކެޓް ކާނިވަލް: އޯޕަން މުބާރާތުގެ ކުޅުން ފަށައިފި

އެވިއާ މޯލްޑިވްސް އަތުން ވެލް ލެފްޓް މޮޅުވީ ތިން ވިކެޓުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 20 އެޕްރީލު 2021 | އަންގާރަ 15:14
ރަމަޟާން ކްރިކެޓް ކާނިވަލުގެ އޯޕަން ޓޭޕްބޯލް ކްރިކެޓް މުބާރާތުގެ ތެރެއިން

ރަމަޟާން ކްރިކެޓް ކާނިވަލުގެ އޯޕަން ޓޭޕްބޯލް ކްރިކެޓް މުބާރާތުގެ ތެރެއިން

މާލޭ ސްޕޯޓްސް ކުލަބާއި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ރަމަޟާން ކްރިކެޓް ކާނިވަލުގެ އޯޕަން ޓޭޕްބޯލް ކްރިކެޓް މުބާރާތުގެ ކުޅުން ފަށައިފިއެވެ.

ކްރިކެޓް ކާނިވަލަކީ ރަމަޟާން މަހުގައި ކުރިއަށްގެންދާ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތެވެ. އެގޮތުން މި ކާނިވަލުގައި ތިން މުބާރާތެއް ކުޅެއެވެ. އެއީ އޯޕަން ޓޭޕްބޯލް ކްރިކެޓް މުބާރާތާއި، ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ ކޮމްޕެނީ ޓޭޕްބޯލް ކްރިކެޓް މުބާރާތާއި، ސަރުކާރު އޮފީސްތަކުގެ މެދުގައި ބާއްވާ އޮފީސް ޓޭޕްބޯލް ކްރިކެޓް މުބާރާތެވެ.

އޯޕަން މުބާރާތުގެ ކުޅުން އަންގާރަ ދުވަހުގެ ހަވީރު އެކުވެނި ކްރިކެޓް ދަނޑުގައި ފެށިއިރު، މި މުބާރާތުގައި ހަ ޓީމެއް ވަނީ ބައިވެރިވެފައެވެ. ދެ ގްރޫޕަކަށް ބަހާލައިގެން މި މުބާރާތުގެ ކުޅުން ކުރިއަށްގެންދާއިރު، ގްރޫޕް އޭގައި ހިމެނެނީ ޝުގަ ކޯނާއި، ކިންޒާ ކެފޭ އަދި ސަންކުއިކް ލިލީއެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ އެވިއާ މޯލްޑިވްސް އާއި، ވެލް ލެފްޓް އަދި ކޭޑީއެމެވެ.

އަންގާރަ ދުވަހުގެ ހަވީރު އޯޕަން މުބާރާތުގެ ކުޅުން ފެށުމުގެ ކުރިން ވަނީ ދުބާއީގައި ނިޔާވި ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ކްރިކެޓް ޓީމުގެ ކުރީގެ އަބްދުﷲ އިޔާދު (ލެއްގި) ނިޔާވުމުގެ ހިތާމައިގައި ސުކޫތެއް ގެނެސްފައެވެ.

މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ގްރޫޕް އޭގައި ހިމެނޭ ކިންޒާ ކެފޭ އާއި ޝުގަ ކޯނެވެ. މި މެޗު ޝުގަ ކޯނުން ކާމިޔާބުކޮށްފައިވަނީ 60 ލަނޑުންއެވެ. ގުރު ދިމާވުމުން ޝުގަ ކޯނުން ގަސްދުކުރީ ކުޅުމަށެވެ. ކުޅެން އަރާ އަށް އޯވަރުގެ ތެރޭގައި އެއްވެސް ކުޅުންތެރިއެއް ނުބައިނުވެ އެ ޓީމުން 152 ލަނޑު ހެދިއިރު، ޖަވާބުގައި ކިންޒާ ކެފޭ ކުޅެންއަރާ އަށް އޯވަރު ހަމަވިއިރު ހަ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 92 ލަނޑުއެވެ.

މީގެ އިތުރުން އަންގާރަ ދުވަހު ކުޅުނު ދެވަނަ މެޗުން ގްރޫޕް ބީގައި ހިމެނޭ ވެލް ލެފްޓް ވަނީ އެވިއާ މޯލްޑިވްސް އަތުން ތިން ވިކެޓުން މޮޅުވެފައެވެ. މި މެޗުގައި އެވިއާ މޯލްޑިވްސް ފުރަތަމަ ކުޅެންއަރާ އަށް އޯވަރުގައި ދެ ކުޅުންތެރިން ނުބައިވެގެން ހެދުނީ 84 ލަނޑެވެ. އެކަމަކު ޖަވާބުގައި ވެލް ލެފްޓް ކުޅެންއަރާ އަށް އޯވަރުގައި ވަނީ 85 ލަނޑު ހަދާފައެވެ.

އޯޕަން ޓޭޕްބޯލް މުބާރާތުގެ ފައިނަލް މެޗު އަންނަ ހޮނިހިރު ދުވަހު ކުޅޭއިރު، ގްރޫޕް ސްޓޭޖުގައި ބުދަ ދުވަހުވެސް ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި ޝުގަ ކޯނާއި ސަންކުއިކް ލިލީ ބައްދަލުކުރާއިރު، ދެވަނަ މެޗުގައި ބައްދަލުކުރާނީ އެވިއާ މޯލްޑިވްސް އާއި ކޭޑީއެމެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު