Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އޯވަރޑްރޯ ކުރުމުގެ މައްސަލައަށް ގޮތެއް ނުނިމުން

ދައުލަތް ޝަޓްޑައުންއަކަށް؟

މަޖިލީހުން ދީފައިވާ އިސްތިސްނާގެ މުއްދަތު ހަމަވާތީ ސަރުކާރުގެ ފަރާތުން ވަނީ މުއްދަތު އިތުރުކުރުމަށް ހުށަހަޅާފައި

ރާއްޖެ އެމްވީ | 20 އެޕްރީލު 2021 | އަންގާރަ 13:52
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ | ރާއްޖެއެމްވީ

މުޅި ދުނިޔެއަށް ދެހާސްވިހީގައި ބިންދާލި ކޮވިޑުގެ ބޮޑު ސުނާމީގެ އުދަބާނިތަކުން ދިވެހި ގައުމުގެ އިގްތިސާދު ވެސް ކަރުތާފެނަށް ފޮނުވާލިއެވެ. ދިވެހިންނަށް ކުރިމަތިލާން ޖެހުނު އިގްތިސާދީ އަދި މާލީ ލޮޅުންތައް ގިނަގުނައެވެ. އެންމެ ބޮޑު މައްސަލަޔަކީ ލިބޭންހުރި ދޮރުދޮރު ބަންދުވެ ކުރާން ހުރި ޚަރަދުތައް އިތުރުވުމެވެ. އަދިވެސް ގައުމު އޮތީ އެ ހާލަތުގައެވެ.

މި ހާލަތުގައި ދައުލަތުގެ ޚަރަދުތައް ހަމަޖައްސައި ޚިދުމަތުގެ ކަށަވަރުކަން ދިނުމަށްޓަކައި ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކަށް ތަބާނުވެ މަރުކަޒީ ބޭންކުން ދަރަންޏަށް ފައިސާ ނެގޭ ގޮތަށް އެއް އަހަރު ދުވަހުގެ މުއްދަތު ރައްޔިތުންގެ މަޖިލީހުން ވަނީ ސަރުކާރަށް ދީފައެވެ. އޯވަރ ޑްރޯ ނުވަތަ އޯޑީ ހުއްދައޭ ކިޔަނީ މިއަށެވެ. އޯޑީ ހުއްދައިގެ މުއްދަތު މިމަހުގެ ސައްބީސްވަނަ ދުވަހު ހަމަވާނެއެވެ. ދެން އޮތީ ހަފުތާއަކަށްވުރެވެސް ކުޑަ ދުވަސްކޮޅެކެވެ.

މަޖިލީހުން ދީފައިވާ އިސްތިސްނާގެ މުއްދަތު ހަމަވާތީ ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ އަދިވެސް އެއް އަހަރަށް މި މުއްދަތު އިތުރުކޮށްދެއްވުމަށް ސިޓީއަކުން މަޖިލީހުގައި އެދިވަޑައިގެންފައެވެ. މިނިސްޓަރު ވިދާޅުވެފައިވަނީ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވެފައިވާ ތަދުމަޑުކަން އަދިވެސް ފިލައިގެން ނުދާ ކަމަށެވެ. އިގްތިސާދީ އަދި މާލީ ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ފިސްކަލް ހަމަތަކަށް އަމަލުކުރުމަކީ މި ހާލަތު ތަންދޭ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ހަމަތަކަށް ރުޖޫއަވާން މިދަނޑިވަޅުގައި މަސައްކަތް ކޮށްފިނަމަ ރާއްޖޭގެ އިގްތިސާދަށް ދައުލަތުން ދެމުން އަންނަ ސަޕޯޓަށާއި ކޭޝްފްލޯ މެނޭޖްކުރުމަށާއި ހިންގުމަށް ގިނަގުނަ ގޮންޖެހުންތައް ކުރިމަތިވާނެތީ އިސްތިސްނާގެ މުއްދަތު އިތުރު ކޮށްދިނުމަށް ވެސް ފިނޭންސް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އެދިވަޑައިގަތުމާ ގުޅިގެން ހޯމަދުވަހާއި އަންގާރަދުވަހު މަޖިލީހުގައި ވަނީ ބަހުސްތަކެއް ކޮށްފައެވެ. މެމްބަރުންގެ މެދުގައި ހުރި ޚިޔާލުތަފާތުވުންތައް މި ބަހުސްތަކުން ވަރަށް ބޮޑަށް ހާމަވި އެވެ.

ހުއްދަ އިތުރުކޮށްދިނުމުގެ ކުރިން ދައުލަތުގެ މާލިއްޔަތު ހުރި ނެތްގޮތެއް ބަލައި ދިރާސާ ކުރަން ބޭނުންވާ މެމްބަރުންވެސް ތިއްބެވިއެވެ. ސަރުކާރުން ކުރާ ޚަރަދުތަކާމެދު ކަންބޮޑުވުން ހުރި ކަމަށް ވިދާޅުވެފައެވެ. ގަބޫލުކުރެވުނު ގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގެންނެވީ މިބައިގެ ތެރޭގައެވެ. އެކަމަކު ބޮޑީ އަނެއް ބައެވެ. ގިނަ މެންބަރުން ވަކާލާތު ކުރެއްވީ ދިރާސާގެ ނަމުގައި ވަގުތު ބޭކާރުނުކޮށް އަވަހަށް މުއްދަތު އިތުރުކޮށް ދިނުމަށެވެ. މި ވަގުތު ސަރުކާރުން ކުރަންޖެހޭ ހަރަދުތައް ހުއްޓާލެވެން ނެތުމުންނެވެ. އަދިވެސް އޮތީ ކޮވިޑުގެ ހާލަތުކަމަށްވުމާއި ބަހުސްކޮށް ދިރާސާކޮށް ކަންކަން ކުރަން ވަގުތެއްވެސް ނެތުމުންނެވެ.

މި ދެބަސްވުންތަކުގެ ތެރެއިން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ގޮތެއް ހުށަހެޅުއްވިއެވެ. އެއީ މަޖިލީހުން ޚާއްސަ ކޮމެޓީއެއް ނަގައިގެން ސަރުކާރުގެ ޚަރަދުތައް ކުރެވިފައި ހުރީ ރަނގަޅަށްތޯ ބެލުމަށެވެ. އަފީފު ހުށައެޅުއްވުމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވަނީ ތާއީދު ކުރައްވައިފަ އެވެ. ކޮންމެއަކަސް އަފީފުގެ ހުށައެޅުއްވުމާމެދު އަންގާރަދުވަހު ވޯޓެއް ނެގިއިރު ޚާއްސަ ކޮމިޓީއަކުން އެކަން ދިރާސާކުރަން ނުފެންނަކަމަށް ނިމުނީ 48 މެމްބަރުންގެ ވޯޓާއެކު އެވެ. ދިރާސާކުރަން ފެންނަކަމަށް 12 މެމްބަރަކު ވޯޓު ދެއްވިއެވެ.

ޚާއްސަ ކޮމިޓީއަކުން ދިރާސާކުރަން މަޖިލީހުން ފާސްނުވީމާ އެކަމާ ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިނުގެން ރައީސް ނަޝީދު ވިދާޅުވީ ހުށަހެޅުން ފާސްނުވުމުން މުޅި މައްސަލަ އެއްވެސް ގޮތަކަށް ފާސް ނުވީ ކަމަށެވެ. އެހެންވީމާ މިނިސްޓަރ އޮފް ފިނޭންސް އެދިވަޑައިގެންނެވި އެދިވަޑައިގަތުމާ ގުޅޭގޮތުން މަޖިލީހުން ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ. އަދިވެސް ވިދާޅުވިއެވެ. މަޖިލީހުގެ ނިޒާމު މެމްބަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި ވޯޓަށް އެހޭނީ މަޖިލީހަށް ހުށަހެޅި ތާއީދު ލިބޭ ކަންކަން ކަމަށެވެ. މިޒާތުގެ ކަންކަމުގައި އަމަލުކުރައްވާއިރު އެކަމަކުން ދެންވެދާނެ ގޮތް ވެސް މެމްބަރުން ވިސްނަވަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

އާއްމުކޮށް މަޖިލީހަށް ހުށަހެޅޭ ބިލެއް ތަޅުމުގައި ވަކި ގޮތެއް ނުނިމިއްޖެނަމަ އޮޓަމެޓިކުން ކަމާގުޅޭ ކޮމިޓީއަށް ފޮނުވުމުގެ ފުރުސަތު އޮވެ އެވެ. އެކަމަކު މިފަހަރު އެހެން ހެދުމެއް ނެތެވެ. މިފަހަރު ގޮތެއް ނުނިމުނީއެވެ. އަނެއްކާވެސް މަސައްކަތް ދިގުލައިގެން ދިޔައީއެވެ. ވަގުތުތަކެއް ބޭކާރުވީއެވެ. އޯޑީ ހުއްދަޔާމެދު ވަކިގޮތެއް ނުނިމުމުން ދެން އުފެދެނީ ވަރަށް ބޮޑު ސުވާލެކެވެ. ވާން މިއުޅެނީ ކީއްބާވައެވެ. މިހާރު ދީފައިވާ ހުއްދަ މިމަހުގެ ސައްބީސްވަނަ ދުވަހު ހަމަވުމުން ސަރުކާރުގެ ހިނގުން ހުއްޓިދާނެބާވައެވެ. ޚަރަދުކުރާނެ ފައިސާ ނެތިއްޔާ އަދި ޚަރަދު ކުރެވޭނެ ގޮތެއް ނެތިއްޔާ ސަރުކާރު ހުއްޓޭނެއެވެ. މަޖިލީހުގެ ތެރެއިން ބައެއް މެމްބަރުން ބޭނުންވާ ގޮތަކީ ސަރުކާރު ޝަޓްޑައުނަކަށް ފޮނުވައިލުން ބާވައެވެ. ބަހުސްތައް ދިޔަގޮތުން އެމްޑީޕީގެ ތެރޭގައި ރެނދުލާފާއިވާގޮތް ވަރަށް ރީއްޗަށް ހާމަވެއެވެ.

މަޖިލީހުގެ ގިނަ މެންބަރުން ބޭނުންވީ ޚާއްސަ ކޮމިޓީއަކަށް ނުފޮނުވައި މިހާރުވެސް އެހެރަ ދާއިމީ ކޮމިޓީތަކުގެ ތެރެއިން ކޮމިޓީއަކަށް ފޮނުވައިގެން ވީހާވެސް އަވަހަށް މިކަން ނިންމައިލުމަށެވެ. މަދު އަދަދެއްގެ މެންބަރުން ބޭނުންވީ މުޅި މަޖިލިސް ހިމެނޭ ގޮތުން ޚާއްސަ ކޮމިޓީއެއްގައި މިމައްސަލަ ދިރާސާ ކުރުމަށެވެ. ގޮތް ނިންމުމަށެވެ. އެ ހުށައެޅުން ފާސް ނުވުމުގެ މާނަޔަކީ ދެން މިމައްސަލަ ދާއިމީ ކޮމިޓީއަކަށް ފޮނުވާން ލާޒިމުވުން ކަމަށް ވެދާނެއެވެ. އެކަމަކު މަޖިލީހުގެ ޖަލްސާ ނިންމައިލީ ވަކިގޮތެއް އިއުލާން ކުރުމެއް ނެތިއެވެ.

ރިއާސަތުންވެސް ތާއީދު ކުރެއްވީ ޚާއްސަ ކޮމިޓީއަކުން ދިރާސާ ކުރެއްވުމަށެވެ. އެއީ ގިނަ ވަގުތު ހޭދަވާން އޮތް ގޮތެވެ. އެއީ ކޮވިޑުގެ މި ހާލަތުގައި ދައުލަތް ހުއްޓުމަކަށް އަތުވެދާނެވެސް ގޮތެކެވެ. މިކަމަށް އިޝާރާތް ކުރައްވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ މަޖިލީހުން މިކަން ކުރަނީ ސިޔާސީ ހަސަދަވެރިކަމާއި ވާދަވެރިކަމުގެ ތެރެއިން ސަރުކާރަށް ޖެއްސުން ކުރުމުގެ ނިޔަތުގައި ކަމަށެވެ. ސަރުކާރު ލޮކްޑައުނަކަށް ފޮނުވުމަކީ އެއްގޮތަކަށްވެސް ކުރެވިގެންވާނެ ކަމެއް ނޫން ކަމަށާއި ހުށަހެޅިފައިވާ މައްސަލައާމެދު ވީހާވެސް އަވަހަށް މަޖިލީހުން ގޮތެއް ނިންމަންޖެހޭނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުޅި ދައުލަތް ކޮޅާލީ "ގެންގުޅުއްވި ބޯއިޒް ކޮޅު" ބޭނުން ކުރައްވައިގެން؟!

މުޅި ދައުލަތް ކޮޅާލީ "ގެންގުޅުއްވި ބޯއިޒް ކޮޅު" ބޭނުން ކުރައްވައިގެން؟!

24 އޯގަސްޓު 2019
މިނިވަން މުއައްސަސާތަކުގެ މެމްބަރުން މަސައްކަތް ނުކޮށް މުސާރަ ނެންގެވުމުގައި، މުޅި ދައުލަތް ނިދާފައި!

މިނިވަން މުއައްސަސާތަކުގެ މެމްބަރުން މަސައްކަތް ނުކޮށް މުސާރަ ނެންގެވުމުގައި، މުޅި ދައުލަތް ނިދާފައި!

13 މެއި 2019
ރައީސް ޔާމީން އެވެ، ދައުލަތް 'ކޮރު' ވީ އެކަންޏެއް ނޫނެވެ. އޮތީ 'ވާގި' ވެސް ނެތިފަ އެވެ!

ރައީސް ޔާމީން އެވެ، ދައުލަތް 'ކޮރު' ވީ އެކަންޏެއް ނޫނެވެ. އޮތީ 'ވާގި' ވެސް ނެތިފަ އެވެ!

17 އޮކްޓޯބަރު 2018
ދައުލަތް ފެއިލްވުން، ބަންޑާރަ ނައިބު އަނިލްގެ ދައުރު!

ދައުލަތް ފެއިލްވުން، ބަންޑާރަ ނައިބު އަނިލްގެ ދައުރު!

11 ޖޫން 2018
މުޅި ދައުލަތް ނޭނގުމެއްގެ ތެރޭގައި

މުޅި ދައުލަތް ނޭނގުމެއްގެ ތެރޭގައި

16 މާރިޗު 2018

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު