Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވެންޓިލޭޓަރު މައްސަލަ

އޭސީސީގައި އެދުނު ކަންކަން ބަލައި ނިމުމުން ވެންޓިލޭޓަރު މައްސަލައިގައި ދައުވާކުރަން ފޮނުވާނަން - ޕީޖީ ޝަމީމް

އަލުން މުރާޖައާ ކުރުމަށްފަހު، ދައުވާ ނުކުރުމަށް ކުރިން ޕީޖީން ނިންމި ނިންމުން ވަނީ ދަމަހައްޓާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 20 އެޕްރީލު 2021 | އަންގާރަ 07:46
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް - ވެންޓިލޭޓަރު މައްސަލައިގައި ދައުވާކުރެވޭނެކަމުގެ އުއްމީދު އެބައޮތް ކަމަށް ޝަމީމް ވަނީ ވިދާޅުވެފައި

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް - ވެންޓިލޭޓަރު މައްސަލައިގައި ދައުވާކުރެވޭނެކަމުގެ އުއްމީދު އެބައޮތް ކަމަށް ޝަމީމް ވަނީ ވިދާޅުވެފައި

ކޮވިޑް-19 އާ ގުޅިގެން ގަންނަން ހަވާލުކުރި ވެންޓިލޭޓަރުގެ މަސައްލައިގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފާހަގަ ކުރެވެނު ކަންތައްތަކުގެ ތެރެއިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅާފައިވާ ކަންކަން ބަލައި ނިމުމުން މި މައްސަލައިގައި ދައުވާކުރަން ފޮނުވާނެ ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން ހެލްތުގެ މިނިސްޓްރީގެ ފަރާތުން ރާއްޖެ ގެނައުމަށް މަސައްކަތްކުރި ވެންޓިލޭޓަރުތަކާ ބެހޭ މައްސަލައިގައި، އެންޓި ކޮރަޕްޝަން ކޮމިޝަނުން، ޕީޖީ އޮފީހަށް ހުށަހެޅި އިތުރު މައުލޫމާތުތަކާ ގުޅިގެން، މައްސަލަ އަލުން މުރާޖައާ ކުރުމަށްފަހު، ދައުވާ ނުކުރުމަށް ކުރިން ޕީޖީން ނިންމި ނިންމުން ވަނީ ދަމަހައްޓާފައެވެ. ވެންޓިލޭޓަރު މައްސަލައިގައި ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޕީޖީ ޝަމީމް ވިދާޅުވީ މީހަކު ކުށެއް ނުކުރާކަން ނުވަތަ މީހެއް ކުށެއްކޮށްފައި ނުވާކަން ސާބިތު ނުކޮށްދެވޭނެކަން އެނގިހުރެ ދައުވާއެއް ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއް ކަމަށެވެ. އަދި ވެންޓިލޭޓަރު މައްސަލައިގައި ދައުވާކުރެވޭ ވަރުގެ މައްސަލައެއް އޮތް ނަމަ ދައުވާ ކުރައްވާނެ ކަމަށެވެ.

Advertisement - newsAdvertisement

ޝަމީމް ވިދާޅުވީ މި މައްސަލައިގެ ހައްސާސްކަމުން އާންމުކޮށް ބަލާ މިންވަރަށްވުރެ ގާތުން މި މައްސަލަ ބަލާފައި ވާނެ ކަމަށެވެ. އަދި 2 ފަހަރެއްގެ މަތިން އަލުން މުރާޖަޢާ ވެސް ކޮށްފައިވާ އިރު، އެންމެ ފަހުން ބެލި ބެލުމުން ވެސް އިތުރު ކަންތައްތަކެއް ފާހަގަކުރެވިގެން އޭސީސީގައި އެކަންކަން ބަލާފައި ފޮނުވައި ދިނުމަށް އެދިފައިވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.  

މި މައްސަލައިގައި އަދިވެސް ބުރަ ވެވެނީ ތަހުގީގީ އިދާރާތަކުން ކުރާ މަސައްކަތްތަކަށް ކަމަށް ޝަމީމް ވިދާޅުވިއެވެ. ސަބަބަކީ ޕީޖީ އޮފީހަކީ ތަހުގީގުކުރާ އިދާރާއަކަށް ނުވުމުން، ކޯޓުގައި ޕީޖީ އޮފީހުގެ ހޯދުންތަކުގެ ވާހަކައެއް ނުދެއްކޭނެ ކަމަށެވެ. އަދި ދައްކައިފި ނަމަ އެއީ ރަނގަޅު ވާހަކައަކަށް ވެސް ނުވާނެ ކަމަށާއި، އެއީ ގާނޫނުގައި ކަނޑައަޅާފައިވަނީ ތަހުގީގު ކުރަން ޖެހޭނީ ވަކި އިދާރާއަކުން ކަމާއި ދައުވާ ކުރަން ޖެހޭނީ ވަކި އިދާރާއަކުން ކަމަށްވުމުން ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް މީގެ ކުރިން ވިދާޅުވީ، އޭސީސީއާއި ފުލުހުން ގުޅިގެން ހިންގި ތަހުގީގުގައި، މިހާތަނަށް، އެ ފައިސާ ޖަމާވެފައި ވަނީ ކޮންކޮން އެކައުންޓްތަކަކަށް ކަމެއް، ނުވަތަ އެފައިސާ ލިބިފައިވަނީ ކާކަށް ކަމެއް އެނގިފައި ނުވާ ކަމަށެވެ. އަދި އެކަން އޭސީސީން ފޮނުވި، ސިޓީގައި ވެސް ފާހަގަ ކޮށްފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ.

އޭސީސީން ފަހުން ފޮނުވި ރިޕޯޓުގައި، އެކައުންޓުތަކެއްގެ މައުލޫމާތު ހިމަނާފައިވާކަމަށާއި، އެހެން ނަމަވެސް، ތުހުމަތު ކުރާ މިންވަރަށް، އެ އެކައުންޓުތަކަށް ފައިސާ ޖަމާވެފައިވާކަން ތަހުގީގަށް އެނގިފައި ނުވާކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ކޮރަޕްޝަނުގެ ފައިސާއާއި އެކައުންޓުތަކަށް ވަދެފައިހުރި ފައިސާއާ ގުޅުމެއް ހުރިކަން ތަހުގީގަށް އެނގިފައި ނުވާކަމަށް، އޭސީސީން ފޮނުވި ސިޓީގައި ބަޔާންކޮށްފައި ވާކަމަށް ޝަމީމް ކުރިން ވިދާޅުވެފައިވެއެވެ.

ދުބާއީގެ ކުންފުންޏެއްކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ އެކު 75 ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމަށް އެއްބަސްވެފައި ވާއިރު، މިހާތަނަށް ލިބިފައިވަނީ އެންމެ 15 ވެންޓިލޭޓަރެވެ. އެ އެއްބަސްވުން ހެދި އިރު އެއްވެސް ގެރެންޓީއަކާ ނުލާ އެ ކުންފުންޏަށް ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

މިއުޅެނީ ހަރާމެއް ހަލާލެއް ނުބަލައި ދިރިއުޅުން ބިނާ ކުރާ މީހަކާއި ތިމާގެ ހަލާލު މަސައްކަތުން ދިރިއުޅުން ބިނާ ކުރާ މީހެއްގެ ހުރި ތަފާތު: އިންތި

09 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު