Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުނުހައްގުން މުއްސަނދިކަން ހޯދުން

ނުހައްގުން މުއްސަނދިކަން ހޯދުން ކުށަކަށް ހެދިއްޖެ، ކަނޑުގައި އެޅި ރޮނގަކަށް ވެގެން ނުވާނެ

20 އެޕްރީލު 2021 | އަންގާރަ 03:33

މިއީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައެޅި ބިލެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 20 އެޕްރީލު 2021 | އަންގާރަ 03:33
ނުހައްގުން މުއްސަނދިކަން ހޯދުން ކުށެއްކަމަށް ކަނޑައަޅައި ގާނޫނުލްއުގޫބާތަށް ވަނީ އިސްލާހު ގެނެސްފައި - މިއީ ރައްޔިތުންގެ ގިނަ އުއްމީދުތަކާ ގުޅިފައިވާ ބިލެއް

ނުހައްގުން މުއްސަނދިކަން ހޯދުން ކުށެއްކަމަށް ކަނޑައަޅައި ގާނޫނުލްއުގޫބާތަށް ވަނީ އިސްލާހު ގެނެސްފައި - މިއީ ރައްޔިތުންގެ ގިނަ އުއްމީދުތަކާ ގުޅިފައިވާ ބިލެއް

ނުހައްގުން މުއްސަނދިކަން ހޯދުމަކީ ކުށެއްކަމަށް ކަނޑައަޅައި ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށައެޅި ބިލު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މުޅި ބިލުގެ ބޭނުމެއް ކަމަށް ބަޔާން ކޮށްފައިވަނީ ދިވެހިރާއްޖޭގައި ކޮރަޕްޝަނުގެ ޢަމަލުތައް އިތުރުވަމުން ދިއުމާއި އެފަދަ ޢަމަލުތައް ހިނގަމުންދާގޮތް ބަދަލުވެ ޒަމާނީވަމުންދާ ދަނޑިވަޅެއްގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގައި ކޮރަޕްޝަނުގެ ގޮތުގައި ކަނޑައަޅާފައިވާ ކުށްކުށަކީ ޒަމާނާ ނުބައްދަލު ކުށްތަކެއް ކަމުގައި ވާތީ އެފަދަ ކުށްތައް މިހާރަށް ފެތޭގޮތަށް ބަދަލުކޮށް ގާނޫނުލްއުގޫބާތުގައި ހިމެނުމެވެ.

ބަންޑާރަނާއިބުގެ އޮފީހުން ބުނެފައިވާ ގޮތުގައި މިއީ މި ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު އިސްލާހެކެވެ. ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ހިމެނުމަށްޓަކައި 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައިވެސް ސަރުކާރުގެ ފަރާތުން 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިއެވެ. އެހެންނަމަވެސް އެ ބިލުގެ މަސައްކަތް ފުރިހަމަނުކުރެވި ވަނިކޮށް މަޖިލީހުގެ އުމުރު ހަމަވުމާއެކު މަސައްކަތްވެސް ނިމުމަކަށް އައީއެވެ. އޭގެ ފަހުން 19 ވަނަ މަޖިލީހަށް އެ ބިލު ހުށަހެޅުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ކޮރަޕްޝަނުގެ އެހެން ކުށްތައްވެސް ހިމެނޭގޮތުން އަލުން އެކުލަވާލުމަށް ނިންމީ ކަމަށް ބަންޑާރަނާއިބުގެ އޮފީހުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އެތައް ބަހުސްތަކާއި އިސްލާހުތަކަށްފަހު ބިލު މަޖިލީހުން ފާސްކޮށްފިއެވެ. ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 50 މެމްބަރުންގެ އިއްތިފާގުން ބިލު ފާސްކޮށްފައިވަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާކުރިއިރު ގެނައި ބަދަލުތަކާއި އެ ރިޕޯޓަށް ވެސް ހުށައަޅާފައިވާ އިސްލާހުތަކާ އެކުގައެވެ. މި އިސްލާހާއެކު ގާނޫނުލްއުގޫބާތުގައި އިތުރު ކުށްތަކެއް ހިމެނުމަށް މަޖިލީހުން ވަނީ ފާސްވެގެން ގޮސްފައެވެ. ނުހައްގުން މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި ރިޝްވަތު ދިނުމާއި ނުފޫޒުން ވިޔަފާރިކުރުމުގެ ކުށާއި ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށާއި ބޭރު ދައުލަތެއްގެ ނުވަތަ ބައިނަލްއަގުވާމީ ޖަމްޢިއްޔާއެއްގެ މުވައްޒަފަކަށް ރިޝްވަތު ދިނުމުގެ ކުށް ހިމެނުމަށްވެސް ވަނީ ފާސްވެފައެވެ.

މި ބިލާއެކު އާންމުންގެ ޝުއޫރުތައްވެސް އެކި ގޮތްގޮތަށް ދިޔައީ ބަންޑުން ވަމުންނެވެ. ޖުމުލަކޮށް އެންމެންވެސް ފާހަގަ ކުރަމުންދިޔައީ މިއީ ނުހަނު ބޭނުންތެރި ބިލެއް ކަމަށެވެ. ނަމަވެސް ކޮރަޕްޝަނާއި ނުހައްގުން މުއްސަނދިކަން ހޯދުމާއި އަލަށް އެކުލަވާލާފައިވާ އެފަދަ ކުށްތައް ތަހުގީގުކޮށް އެކަށީގެންވާ ގޮތެއްގައި އަދަބު ދެވިގެންދާނެތޯ މިއީ ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ. މިހާރުވެސް މިފަދަ މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު މުޅިންހެން އޮތީ ގެއްލިފައެވެ. މައްސަލަތައް ފުނިޖެހެމުންދާއިރުވެސް އެކަމުގައި ހިމެނޭ މީހުންނަށް ހައްގު އަދަބު ނުދެވޭ ކަމުގެ ކަންބޮޑުވުން އެބައޮތެވެ.

މި ބިލަކީ ނުހަނު މުހިއްމު ބިލެއްކަމާމެދު ޝައްކެއް ނެތެވެ. ނުހައްގުން މުއްސަނދިކަން ހޯދުން ކުށެއް ކަމަށް ކަނޑައަޅައި ގާނޫނުލްއުގޫބާތަށް އިސްލާހުތަކެއް ގެންނައިރު މުއައްސަސާތައްވެސް އިތުރަށް ހަރުދަނާ ވާން އެބަ ޖެހެއެވެ. އެހެންނޫނީ މި ބިލުވެސް ވެގެންދާނީ ކަނޑުގައި އަޅާ ރޮނގަކަށެވެ. ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި ފުހެވި ބޭކާރުވެގެންދާ އަދި އެއްވެސް ނަތީޖާއެއް ނުނިކުންނަ އެއްޗަކަށެވެ.

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

4

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

14 ޖޫން 2023

އަވަގުރާނަ ގޮވުން ކުށަކަށް ހެދި މީހުން އަވަގުރާނަ ގޮވުމުގައި

14 ޖޫން 2023
އަވަގުރާނަ ގޮވުން ކުށަކަށް ހެދި މީހުން އަވަގުރާނަ ގޮވުމުގައި
27 މެއި 2023

16 އަހަރުން ކުރިން މެޑަލިން މެކެއިން ގެއްލުނު ސަރަޙައްދުން ސާމްޕަލްތަކެއް ނަގާ، އޭނަ ހޯދުން ހުއްޓާލައިފި!

27 މެއި 2023
16 އަހަރުން ކުރިން މެޑަލިން މެކެއިން ގެއްލުނު ސަރަޙައްދުން ސާމްޕަލްތަކެއް ނަގާ، އޭނަ ހޯދުން ހުއްޓާލައިފި!
30 އޮކްޓޯބަރު 2022

އޮޅުވާލައިގެން ފައިސާ ހޯދުން، ލަދުގަންނަ ހިސާބަށް: މި ފަހަރު ނިކަމެތިންނަށް ވަޅު ބިނާކުރުމުގެ ނަމުގައި

30 އޮކްޓޯބަރު 2022
އޮޅުވާލައިގެން ފައިސާ ހޯދުން، ލަދުގަންނަ ހިސާބަށް: މި ފަހަރު ނިކަމެތިންނަށް ވަޅު ބިނާކުރުމުގެ ނަމުގައި
01 އެޕްރީލު 2021

އެއްކުށަކަށް ދެ އަދަބު ދެވިދާނެތަ؟

01 އެޕްރީލު 2021
އެއްކުށަކަށް ދެ އަދަބު ދެވިދާނެތަ؟
09 އެޕްރީލު 2020

އެންމެ ފަހުގެ ހޯދުންތަކުން ދައްކަނީ ބުޅަލަށް ކޮރޯނާވައިރަސް ޖެހޭކަމަށް

09 އެޕްރީލު 2020
އެންމެ ފަހުގެ ހޯދުންތަކުން ދައްކަނީ ބުޅަލަށް ކޮރޯނާވައިރަސް ޖެހޭކަމަށް
15 އޯގަސްޓު 2019

ދައުލަތުން ބަދަލު ހޯދުން!

15 އޯގަސްޓު 2019
ދައުލަތުން ބަދަލު ހޯދުން!
26 މެއި 2019

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

26 މެއި 2019
މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
21 ޖެނުއަރީ 2019

ކޯލިޝަނަށް އެންމެ ފައިދާ ބޮޑީ ބޮޑާނުހާކައި ރައްޔިތުންގެ ވޯޓު ހޯދުން!

21 ޖެނުއަރީ 2019
ކޯލިޝަނަށް އެންމެ ފައިދާ ބޮޑީ ބޮޑާނުހާކައި ރައްޔިތުންގެ ވޯޓު ހޯދުން!
24 ޖުލައި 2018

އެންމެ ފަހުގެ ހޯދުން: ވަޒީފާ އަދާކުރާ ވަގުތު ކުޑަ ކުރުމުން މަސައްކަތުގެ ފެންވަރު ރަނގަޅު

24 ޖުލައި 2018
އެންމެ ފަހުގެ ހޯދުން: ވަޒީފާ އަދާކުރާ ވަގުތު ކުޑަ ކުރުމުން މަސައްކަތުގެ ފެންވަރު ރަނގަޅު
26 އޮކްޓޯބަރު 2017

ރައީސް ޔާމީން ކުރުމުން ރަނގަޅު، އިދިކޮޅު މީހުން ކުރުމުން ކުށަކަށް!

26 އޮކްޓޯބަރު 2017
ރައީސް ޔާމީން ކުރުމުން ރަނގަޅު، އިދިކޮޅު މީހުން ކުރުމުން ކުށަކަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް