Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް

ތިންވަނަ ޑިވިޝަނުގެ ކުޅުން ފަށައިފި

19 އެޕްރީލު 2021 | ހޯމަ 21:31

ވިލިމާލެ ޔުނައިޓެޑާއި ލޮރެންޒޯ އެއްވަރުވީ 3-3 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 19 އެޕްރީލު 2021 | ހޯމަ 21:31
ޓެންޓް އާއި ބްލޫ ލެޕާޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޓެންޓް މޮޅުވީ 4-1 ން

ޓެންޓް އާއި ބްލޫ ލެޕާޑް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޓެންޓް މޮޅުވީ 4-1 ން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކުރާ ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުޅުން އާދީއްތަ ދުވަހުގެރޭ ފަށައިފިއެވެ.

މާފަންނު ޓާފް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ކުޅުން އާދީއްތަ ދުވަހުގެރޭ ފެށިއިރު، މިހާތަނަށް ވަނީ ދެ މެޗެއް ކުޅެފައެވެ. އެގޮތުން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އާދީއްތަ ދުވަހުގެރޭ ޓެންޓް ސްޕޯޓްސް ކުލަބު ވަނީ ކުލަބު ބްލޫ ލެޕާޑް ސްޕޯޓްސް އަތުން 4-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ޓެންޓުން ދެ ލަނޑުގެ ލީޑެއް ނެގިއިރު، މެޗުގެ 13 ވަނަ މިނެޓުގައި އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައިދީފައިވަނީ އިބްރާހީމް ސަނޫނެވެ. އަދި މެޗުގެ 29 ވަނަ މިނިޓުގައި ޔާމީން އިބްރާހިމް ވަނީ ޓެންޓަށް ލީޑު ފުޅާކޮށްދީފައެވެ. ދެން މި މެޗުގައި ޓެންޓުން ކާމިޔާބުކުރި އަނެއް ދެ ލަނޑު، ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ އަޒްމާން އަޙްމަދެވެ. މި މެޗުގައި ބްލޫ ލެޕާޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑު، މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަޙްމަދު ފިރާޝެވެ.

މީގެ އިތުރުން މި މުބާރާތުގައި ހޯމަ ދުވަހުގެރޭ ވިލިމާލެ ޔުނައިޓެޑާއި ލޮރެންޒޯ ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 18 ވަނަ މިނެޓުގައި ހަސަން ނަސީރު ވަނީ ވިލިމާލެ ޔުނައިޓެޑަށް ލީޑު ނަގައިދީފައެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި ތޯހާ ޔޫސުފުގެ ލަނޑުން ލޮރެންޒޯއިން ނަތީޖާ އެއްވަރުކުރިއިރު، 58 ވަނަ މިނެޓުގައި އާދަމް ނުޒައިރު ވަނީ ލޮރެންޒޯއަށް ލީޑު ނަގައިދީފައެވެ.

އެކަމަކު އޭގެ ފަސް މިނެޓު ފަހުން ވިލިމާލެ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދިނީ ހުސައިން ރަޝީދު މޫސާއެވެ. އަދި މެޗުގެ 77 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އަބްދުﷲ އިލްހާމް ވިލިމާލެ ޔުނައިޓެޑަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިން ނަމަވެސް، މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް އައިމަން ތައުފީގު ވަނީ ލޮރެންޒޯއަށް އަލުން ނަތީޖާ އެއްވަރުކޮށްދީފައެވެ.

ތިންވަނަ ޑިވިޝަނުގެ ކުޅުން އާދީއްތަ ދުވަހުގެރޭ ފެށިއިރު، މި މުބާރާތުގައި 14 ޓީމެއް ވާދަކުރެއެވެ. ހަތަރު ގްރޫޕަކަށް ބަހާލައިގެން މި މުބާރާތް ކުރިއަށްދާއިރު، ގްރޫޕް ސްޓޭޖް މެޗުތަކަށްފަހު ކުއާޓާ ފައިނަލަށް ކޮންމެ ގްރޫޕަކުންވެސް އެންމެ މޮޅު ދެ ޓީމު ދަތުރުކުރާނެއެވެ. ކުއާޓާ އާއި ސެމީގެ މެޗުތަކަށްފަހު މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް މިހާރު ތާވަލުކޮށްފައިވަނީ މެއި މަހުގެ 24 ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ

04 ޖެނުއަރީ 2017
އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް