Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޗްޑީސީ

ހުޅުމާލޭގައި ފައިބަރނެޓްވޯކެއް އެޅުމުގެ މަސައްކަތުގައި އެޗްޑީސީ ކުރިއަށް

ނެޓްވޯކްތައް ގާއިމްކުރަން ބޮޑެތި ޚަރަދު ހިނގާ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 19 އެޕްރީލު 2021 | ހޯމަ 08:18
ފައިބަރނެޓްވޯކެއް ހުޅުމާލެގައި އެޅުމުގެ މަސައްކަތުގެ ތެރެއިން

ފައިބަރނެޓްވޯކެއް ހުޅުމާލެގައި އެޅުމުގެ މަސައްކަތުގެ ތެރެއިން

ފައިބަރނެޓްވޯކެއް ހުޅުމާލެގައި އެޅުމުގެ މަސައްކަތް ކުރިއަށް އެބަގެންދާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ދުނިޔޭގެ ގިނަގައުމުތަކުގައި ތަރައްގީ ކޮށްފައިވާ ޓެލެކޮމް ވިއުގަތަކަކީ ދުރު މުސްތަގުބަލަށް ބޭނުން ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ވިއުގަ ތަކެކެވެ. މިއީ ރާއްޖެގައި މުުޅިން އަލަށް ތާއާރަފްވެގެންދާ ކޮންސެޕްޓެކެވެ.

މިފަދަ ނެޓްވޯރކްތަކަށް ކިޔާ އުޅޭނަމަކީ އޯޕަން އެކްސެސް ނެޓްވޯރކް ނުވަތަ މުނިސިޕަލް ނެޓްވޯރކެވެ. ދެކުނު އެމެރިކާގެ ގައުމުތަކާއި ޔޫރަޕްގެ ގައުމުތަކުންވެސް މިފަދަ ނެޓްވޯރކްތައް ބޭނުންކުރަމުން ދެއެވެ.  

ނެޓްވޯކްތައް ބިނާކުރަން ބޮޑެތި ޚަރަދު ހިނގައެވެ. ސަބަބަކީ ނެޓްވޯކްތައް ބިނާކުރެވެނީ ގިނަފަހަރަށް ބިމުގެ އަޑީގައި ކަމަށްވެފައި ކޭބަލްތައް އެޅުމުގެ ކުރިން ވަކި ހޮޅިލައިނެއް ނުވަތަ ޑަކްޓް ނެޓްވޯކެއް އަޅަންޖެހުމެވެ. ރާއްޖޭގެ މަގުތައް ކުދިވެފައި މަގުގެ ދެފާރާތަކީވެސް އެހެނިހެން ބޭނުންތަކަށް ބޭނުން ކުުރަންޖެހޭ މަގުތަކެކެވެ. ޖާގައިގެ ދަތިކަމަކީވެސް މި މަސައްކަތަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާކަމެކެވެ.

ނެޓްވޯރކް ބެލެހެއްޓުމާއި ބޭނުންކުރެވޭ އާލާތްތައްވެސް އަގުބޮޑުވެފައި މިމަސައްކަތަކީ ތަޖުރިބާހުރި މީހުން ބޭނުންވާ ދާއިރާއަކަށްވުމީވެސް ގޮންޖެހުންތައް އިތުރަށް ފުޅާވެގެން ދާސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.

މިހުރިހާ ސަބަބުތަކާއި ހެދި ފައިބަރ ކޭބަލް ނެޓްވޯރކަކީ އިންތިހާއަށް އަގުބޮޑު އަދި އިންވެސްޓްމަންޓް ރިކަވަރ ކުރަން ގިނަދުވަސްތަކެއް ނަގާ މަސައްކަތެކެވެ. މިހުރިހާ ކަމަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން އެޗްޑިސީން ހުޅުމާލޭގައި ގާއިމު ކުރަމުން އަންނަ ފައިބަރ ނެޓްވޯކަކީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ލުއިފަސޭހަކަން ހޯދައިދިނުމާއި ޚިދުމަތުގެ އަގުކުޑަކުރަން ބާރުއަޅައިދޭނެ މުހިއްމު ބިންގަލެކެވެ.

މި ނެޓްވޯރކް ގާއިމް ކުރަނީ އެޗްޑީސީގެ އަމިއްލަ ޚަރަދުގައެވެ. ނެޓްވޯރކްގެ އެންމެހާ ކަންކަން ބަލަހައްޓާނީވެސް އެކުންފުނީގެ ވަކި ޚާއްސަ ޔުނިޓަކުންނެވެ.

މިފަދަ ބޭނުންތަކަށް މަގު ކޮނުން ހުއްޓުވި ޚިދުމަތް ފޯރުކޮށްދޭ ކޮންމެ ފަރާތަކުން ވަކި ނެޓްވޯކެއް އެޅުމުގެ ބަދަލުގައި އެއްނެޓްވޯކެއްގައި ގިނަބަޔަކަށް އެއްފަހަރާ ޚިދުމަތް ދިނުމުގެ މަގު މިނެޓްވާރކުން ފަހިވެގެން ދާނެއެވެ. ތަފާތު ގިނަގުނަ ލުއިފަސޭހަތަކާއި އެހެނިހެން ފައިދާތަކެއްވެސް ލިބިގެން ދާނެއެވެ.

މީގެއިތުރުންވެސް އަލަށް މާކެޓަށް ވަންނަން ބޭނުންވާ ފަރާތްތަކަށްވެސް މިނެޓްވޯރކް ބޭނުންކުރުމުގެ ފުރުސަތު އޮތުމަކީ މުވާސަލާތާއި ގުޅުންހުރި ޚިދުމަތްތަކުގެ ފެންވަރު ރަގަޅުވެ އާއްމު ރައްޔިތުންނަށް ގިނަ އައު ޚިދުމަތްތަކެއް ލިބިގެންދާނެ ސަބަބެއް ކަމަށް އެޗްޑީސީން ބުނެއެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2017

ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

07 މާރިޗު 2017
ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން
28 ފެބުރުއަރީ 2017

ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ

28 ފެބުރުއަރީ 2017
ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ
15 ފެބުރުއަރީ 2017

ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ

15 ފެބުރުއަރީ 2017
ނަޖިސް ބޭރުވަނީ ކޮންސްޓްރަކްޝަން މަސައްކަތުގައި ޑީވޯޓަރިން މަސައްކަތް ކުރާތީ، އެމްޑަބްލިއުއެސްސީން ވަނީ އެކަން ހައްލު ކުރުމުގެ މަސައްކަތް ފަށާފަ
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
06 ފެބުރުއަރީ 2017

އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު

06 ފެބުރުއަރީ 2017
އިސްލާހީ މަސައްކަތުގައި އުކުޅަހު ރައްޔިތުންނަކީ ނަމޫނާ ހިތްވަރެއް ދައްކުވައިދޭ ބައެއް: ރައީސް ނަޝީދު
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު