Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ރެއާލް އެއްވަރުވިއިރު، އެތުލެޓިކޯއަށް ބޮޑު މޮޅެއް

18 އެޕްރީލު 2021 | އާދީއްތަ 21:30

އެއިބާ އަތުން އެތުލެޓިކޯ މޮޅުވީ 5-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 18 އެޕްރީލު 2021 | އާދީއްތަ 21:30
ގެޓާފޭ އާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 0-0 ން

ގެޓާފޭ އާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 0-0 ން

ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ގެޓާފޭ އާއި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އެއްވަރުވިއިރު، އެއިބާ އަތުން އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.

ގެޓާފޭ އާއި ރެއާލް ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ރަށުން ބޭރުގައި ކުޅުނު މި މެޗު ރެއާލުން ފަށާފައިވަނީ ތަޖުރިބާކާރު ފޯވާޑް ކަރިމް ބެންޒެމާ ބެންޗުގައި ބައިންދައިގެންނެވެ. މި މެޗުގައި ރެއާލަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، ގެޓާފޭއިން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ ކުރީކޮޅު ގެޓާފޭގެ މަތިއަސް އޮލިވޭރާއަށް ރަނގަޅު ފުރުޞަތެއް ލިބުނު ނަމަވެސް، އެ ހަމަލާ ރެއާލުގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ ވަނީ ހުއްޓުވާފައެވެ.

އޭގެ ފަހުން މެޗުގެ އަށްވަނަ މިނެޓުގައި މަރިއާނޯ ޑިއާޒް ލަނޑެއް ޖެހި ނަމަވެސް، އޭނާ އޮފްސައިޑުގައި ހުރުމުން ވީޑީއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ. އަދި އޭގެ ދެ މިނެޓު ފަހުން ގެޓާފޭގެ މައުރޯ އަރަމްބާރީއަށް ވަނީ ލީޑު ނަގަން ރަނގަޅު ފުރުޞަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ގެޓާފޭއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ހަމަލާތަކުގެ ހުރަހަކަށްވީ ރެއާލުގެ ގޯލްކީޕަރު ކޯޓުއާއެވެ. އެގޮތުން ދެވަނަ ހާފުގެ ކުރީކޮޅު ގެޓާފޭގެ އެނެސް އުނާލް ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއިރު، އެ ހަމަލާވެސް ކޯޓުއާ ވަނީ ހުށިޔާރުކަމާއެކު ދިފާޢުކޮށްފައެވެ.

ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ރެއާލް އެއްވަރުވިއިރު، އެއްވަނައިގައި އޮތް އެތުލެޓިކޯ މޮޅުވީ އެއިބާ އަތުން 5-0 ގެ ނަތީޖާއަކުންނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެތުލެޓިކޯއިން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ދެ ލަނޑު ޖަހާފައެވެ. އެގޮތުން ފުރަތަމަ ހާފުގެ ފަހުކޮޅު މި ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންހެލް ކޮރެއާއެވެ. އަދި ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި ޔަނިކް ކަރަސްކޯ ވަނީ އެތުލެޓިކޯގެ ތިންވަނަ ލަނޑު ޖަހާފައެވެ.

ދެން މި މެޗުގައި އެތުލެޓިކޯއިން ޖެހި ހަތަރުވަނަ ލަނޑު، މެޗުގެ 53 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މާކޮސް ޔޮރެންޓޭއެވެ. އަދި މެޗުގެ 68 ވަނަ މިނެޓުގައި ޔޮރެންޓޭ ވަނީ އެތުލެޓިކޯގެ ފަސްވަނަ ލަނޑުވެސް ޖަހައިދީފައެވެ.

މި ނަތީޖާތަކާއެކު ތާވަލުގެ އެއްވަނައިގައި އެތުލެޓިކޯ އޮތީ ކުޅުނު 31 މެޗުން ލިބުނު 70 ޕޮއިންޓާއެކުއެވެ. އަދި ދެވަނައިގައި އޮތް ރެއާލަށް 31 މެޗުން 67 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ބާސާއަށް 30 މެޗުން ވަނީ 65 ޕޮއިންޓް ލިބިފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
23 ޖެނުއަރީ 2017

ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ

23 ޖެނުއަރީ 2017
ޓޮޓެންހަމް އާއި ސިޓީ އެއްވަރުވިއިރު ޔުނައިޓެޑް ސަލާމަތްވީ ކިރިޔާ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް