Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކާޑު އޭޖެންޓުންގެ ޚިދުމަތް

ކާޑު އޭޖެންޓުންގެ ފުރިހަމަ ފައިދާ މިއަދު ފެންނަމުން އެބަދޭ - އެސްޓީއޯ

18 އެޕްރީލު 2021 | އާދީއްތަ 18:23

ރޯދަމަހަށް ޚާއްސަކޮށް ފިޔާ، އަލުވި ބިހުގެ ޝިޕްމަންޓްތައް 2 މަސްކުރިން ރާއްޖެ ގެނައިކަމަށް ވިދާޅުވި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 18 އެޕްރީލު 2021 | އާދީއްތަ 18:23
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު

ކާޑު އޭޖެންޓުންގެ ފުރިހަމަ ފައިދާ މިއަދު ފެންނަމުންދާކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވަނީ ރަށްރަށަށް ކާޑު ގެންދިއުމާއި ކާޑުގެ ސްޓޮކް ބެލެހެއްޓުމަށް ކާޑު އޭޖެންޓުން 2019 އަހަރު ކަނޑައަޅާފައިވާއިރު، މި ކަމަކީ ކާމިޔާބީއެއްކަމަށް ސިފަކުރައްވާފައެވެ. އެގޮތުން މިއަދު ރަށްރަށުގައި ކާޑުގެ އަގުތައް މާލެއެކޭ އެއްއަގެއްގައި ލިބެން ހުންނައިރު، ދަތިކަމެއް ނެތި މިތަކެތި ގުދަން ކުރެވިފައިވާކަމަށް ވިދާޅުވިއެވެ. މިއަދު ރާއްޖޭގައި ޖުމްލަ 300ށް ވުރެ ގިނަ ކާޑު އޭޖެންޓުން އެބަ ތިބިކަމަށް ވިދާޅުވިއެވެ. މީގެ ކުރިން ކާޑު ވިއްކުމުގެ ވިޔަފާރިއަކީ ގެއްލުމުގައި ކުރަމުންދިޔަ ވިޔަފާރިއެއްކަން ފާހަގަކުރައްވާ އަމްރު ވަނީ މިއަދު މި ވިޔަފާރިން ބޮޑު ފައިދާއެއް ލިބެމުންދާކަމަށް ވިދާޅުވެފައެވެ. ޕެންޑަމިކްގެ ޙާލަތުގައިވެސް ރާއްޖޭގެ ރަށްރަށަށް އެކަށޭނަ މިންވަރަށް ކާޑު ފޯރުކޮށްދިނުމުގައި އެސްޓީއޯގެ ކާޑު އޭޖެންޓުންނާއި، ސްޓޭޓް ޝިޕިންގެ ރޯލް ބޮޑުކަން އަމްރު ފާހަގަކުރެއްވިއެވެ. އެގޮތުން ޕެންޑަމިކްގެ ދަތި ޙާލަތުގައި އިންޑިއާއާއި އަވައްޓެރި ޤައުމުތަކުން ބޭހާއި ކާޑު ރާއްޖެ ގެނެސްފައިވުމުން މިއަދު ރާއްޖެއަކީ މި ބަލިމަޑުކަމުގައި އެންމެ ކާމިޔާބު ހޯދާފައިވާ އެއް ޤައުމުގެ ގޮތުގައި ގުނާލެވޭކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރޯދަމަހަށް އެސްޓީއޯއިން ވި ތައްޔާރީތަކަށް އަލިއަޅުއްވާލައްވަމުން، އަމްރު ވިދާޅުވީ ރޯދަމަހަށް ޚާއްސަކޮށް ފިޔާ، އަލުވި ބިހުގެ ޝިޕްމަންޓްތައް 2 މަސްކުރިން ރާއްޖެ ގެނެސް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ގުދަން ކުރެވިފައިވާކަމަށެވެ. މީގެ އިތުރުން އިންޑިއާގެ ޓުޓިކޮރިންއިން އައްޑޫ، ކުޅުދުއްފުށި އަދި ތިނަދޫއަށް ސީދާ ދަތުރުތައް ފަށާފައިވުމުންވެސް ކާޑު ގެނައުމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިފައިވާކަމަށް ވިދާޅުވިއެވެ.

ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒްވަނީ ޑިމާންޑް ބޮޑުވިޔަސް މުޅި މަހު އެއް އަގެއްގައި ކާޑު ލިބޭނެ އިންތިޒާމު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯ މެދުވެރިވެގެން ކުރަމުންދާކަމަށް ވިދާޅުވިއެވެ. އެގޮތުން މި މަހަށް ބޭނުންވާވަރަށް ހަނޑޫ ހަކުރު ފުށް އަދި މީގެ އިތުރުން ފިޔާ، އަލުވި، ބިސް ލިބި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބެހުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. މިކަން ރާއްޖެއަށް އިމްޕޯޓްކޮށް ކްލިއަރކުރާ ކޮންޓެއިނަރުގެ އަދަދު 150ން 270 ކޮންޓެއިނަރަށް އިތުރުވުމުން ހާމަކޮށްދޭކަމަށް ވިދާޅުވިއެވެ. އެސްޓީއޯގެ 217 އޭޖެންޓުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބިކަން ފާހަގަކުރައްވާ މަބްރޫކް ވަނީ ރަށްރަށުގައި މި ފަދަ ޒަރޫރީ ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް ގުދަންކުރަމުންދާކަމަށެވެ. އެގޮތުން މިހާތަނަށް އައިރު އެއްލައްކަ ބަސްތާ ހަނޑޫ، 50،000 ބަސްތާ ފުށް އަދި 27،000 ބަސްތާ ހަކުރު ގުދަންކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މި މަހު ރާއްޖޭގެ ދަނޑުވެރިން އުފައްދާ ކަރާ މިރުސް އަދި ކާށީގެ އަގު ހިފެހެއްޓުމަށް އެގްރޯނެޓުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް އައިރު 363 ދަނޑުވެރިއަކާއެކު ކޮންޓްރެކްޓް ހަދާފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. މީގެ އިތުރުން ވެމްކޯއާއި، ޓްރެފިކް ޕޮލިހުންވެސް ރޯދަމަހު އަންނަ ބަދަލުތަކަށް ތައްޔާރުވެފައިވާކަމަށް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ
08 ފެބުރުއަރީ 2017

މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

08 ފެބުރުއަރީ 2017
މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް