Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕްރިންސް ފިލިޕްގެ ޖަނާޒާ

ޕްރިންސް ފިލިޕްގެ ޖަނާޒާ ބާއްވައިފި

18 އެޕްރީލު 2021 | އާދީއްތަ 02:55

ފިލިޕްގެ ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދިޔައީ ގާތްގަނޑަކަށް 30 ވަރަކަށް ބޭފުޅުންނަށް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 އެޕްރީލު 2021 | އާދީއްތަ 02:55
ޕްރިންސް ފިލިޕްގެ ޖަނާޒާގެ ތެރެއިން - ރާނީ އިންނެވީ އެކަނި ކަޅު ހެދުމެއް ތުރުކުރައްވައިގެން

ޕްރިންސް ފިލިޕްގެ ޖަނާޒާގެ ތެރެއިން - ރާނީ އިންނެވީ އެކަނި ކަޅު ހެދުމެއް ތުރުކުރައްވައިގެން

އިނގިރޭސީ ރާނީ އެލިޒަބެތް ދެވަނަ ގެ ފިރިކަލުން ޕްރިންސް ފިލިޕްގެ ޖަނާޒާ ބާއްވައިފިއެވެ.

ލައިވްކޮށް ޓީވީން ދުރައް ދެއްކި މަންޒަރުގައި ފެނިގެން ދިޔައީ ޝާހީ އާއިލާގެ ބައެއް ބޭފުޅުން ޖަނާޒާގައި ބައިވެރިވި މަންޒަރެވެ. ކޮވިޑްގެ ހާލަތާއި ގުޅިގެން އާއިލާގެ ބޭފުޅުން ތިއްބެވީ ދުރުދުރުގައެވެ. އެންމެ ފަހު ފަހަރަށް ރާނީ ފިލިޕަށް އަލަވަދާއު ދެންނެވި އިރު އިންނެވީ ކަޅު ހެދުމެއް ތުރުކުރައްވައިގެން ގިނިކަންޏާއެވެ.

ފިލިޕްގެ ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދިޔައީ ގާތްގަނޑަކަށް 30 ވަރަކަށް ބޭފުޅުންނަށެވެ. މީގެ ތެރޭގައި ފިލިޕްގެ އާއިލާގެ ބައެއް ބޭފުޅުންނާއި، ފިލިޕްގެ ބޭފުޅުންގެ އިތުރުން ކާފަދަރިންނާއި މުނި ކާފަ ދަރިން ހިމެނެއެވެ.

ފްރިންސް ފިލިޕް ފަސްދާނުވެޑުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ކެންޓަބަރީ ކެތީޑްރަލްގައެވެ. ޕްރިންސް ފިލިޕް ފަސްދާނުވެޑުވީ ވިންޑްސޯ ކާސަލްގައި ހުންނަ ސެއިންޓް ޖޯޖު ޗެޕަލްގައެވެ.

އާލާސްކަންފުޅާ އުޅުއްވުމަށްފަހު ފިލިޕް އަވަހާރަވީ މި މަހުގެ 9 ވަނަ ދުވަހުއެވެ. މިއަހަރުގެ ކުރީކޮޅު ވެސް ޕްރިންސް ފިލިޕްގެ ހާލުކޮޅު ދެރަވެ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދީފައިވެއެވެ. އޭރު މަހެއް ވަންދެން އެޑްމިޓްކޮށްގެން ފަރުވާދީފައިވެއެވެ. ޕްރިންސް ފިލިޕްގެ ހަޔާތުގެ ބޮޑުބައި ހޭދަ ކުރެއްވީ ދުޅަހެޔޮ ސިއްހަތެއްގައެވެ. ނަމަވެސް 2011 ވަނަ އަހަރު ހިތުގެ ނާރެއް ބްލޮކްވެގެން ފަރުވާ ހޯއްދަވާފައިވާއިރު 2012 ވަނަ އަހަރު ބްލެޑަރގެ އިންފެކްޝަނަކަށް ފަރުވާ ހޯއްދަވާފައިވެއެވެ.

ޕްރިންސް ފިލިޕާއި ރާނީ އެލިޒަބަތު ކައިވެނިބައްލަވައިގަތީ 1947 ވަނަ އަހަރުއެވެ. އެއީ އެކަމަނާ ރާނީގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ 5 އަހަރު ކުރިންނެވެ. އަވަހާރަވިއިރު ޕްރިންސް ފިލިޕާއި ރާނީގެ އެލިޒަބަތުގެ 4 ބޭފުޅުން ތިއްބަވައެވެ.

ޕްރިންސް ފިލިޕަކީ ދިވެހިރާއްޖެއިން މެހުމާނުންނަށް އަރުވާ އެންމެ މަތީ ޝަރަފުކަމަށްވާ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ޝަރަފު 1972 ވަނަ އަހަރުގެ މާޗް މަހު އެރުވިފައިވާ އިއްޒަތްތެރިއެކެވެ.

ޕްރިންސް ފިލިޕްރާނީ އެލިޒަބަތު 2

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

އެޕްސްޓީން މައްސަލައިގައި ޕްރިންސް އެންޑްރޫ ޑިއުކް އޮފް ޔޯކް ގެ ޓައިޓްލް ދޫކޮށްލައިފި

18 އޮކްޓޯބަރު 2025
އެޕްސްޓީން މައްސަލައިގައި ޕްރިންސް އެންޑްރޫ ޑިއުކް އޮފް ޔޯކް ގެ ޓައިޓްލް ދޫކޮށްލައިފި
01 އޮކްޓޯބަރު 2022

އިނގިރޭސިންގެ އައު ރަސްގެފާނާއެކު، ޒަމާންތަކަކަށްފަހު ފައިސާފޮއްޗަށްވެސް ބޮޑު ބަދަލެއް

01 އޮކްޓޯބަރު 2022
އިނގިރޭސިންގެ އައު ރަސްގެފާނާއެކު، ޒަމާންތަކަކަށްފަހު ފައިސާފޮއްޗަށްވެސް ބޮޑު ބަދަލެއް
26 ސެޕްޓެމްބަރު 2022

ކްއީން އެލިޒަބަތު ނ.ޣ.ޢ.ވ. 1952ން 1965ށް 13 އަހަރު ދިވެހިރާއްޖޭގެ ޙިމާޔަތުގެ ޝަރަފުވެރި އެންމެ މަތީ ވެރިޔާ!

26 ސެޕްޓެމްބަރު 2022
ކްއީން އެލިޒަބަތު ނ.ޣ.ޢ.ވ. 1952ން 1965ށް 13 އަހަރު ދިވެހިރާއްޖޭގެ ޙިމާޔަތުގެ ޝަރަފުވެރި އެންމެ މަތީ ވެރިޔާ!
20 ސެޕްޓެމްބަރު 2022

ރާނީ އެލިޒަބެތު ދޭއްގެ ހަށިކޮޅު ޝާހީ ވޯލްޓަށް ލުމަށްފަހު ނެގީ ކީއްވެ؟

20 ސެޕްޓެމްބަރު 2022
ރާނީ އެލިޒަބެތު ދޭއްގެ ހަށިކޮޅު ޝާހީ ވޯލްޓަށް ލުމަށްފަހު ނެގީ ކީއްވެ؟
20 ސެޕްޓެމްބަރު 2022

ރައީސްގެ ދެކަނބަލުން ރާނީ އެލިޒަބަތު 2ގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންފި

20 ސެޕްޓެމްބަރު 2022
ރައީސްގެ ދެކަނބަލުން ރާނީ އެލިޒަބަތު 2ގެ ޖަނާޒާގައި ބައިވެރިވެވަޑައިގެންފި
20 ސެޕްޓެމްބަރު 2022

ރާނީ އެލިޒަބެތުގެ ހަށިކޮޅު ފަސްދާނުލައިފި

20 ސެޕްޓެމްބަރު 2022
ރާނީ އެލިޒަބެތުގެ ހަށިކޮޅު ފަސްދާނުލައިފި
19 ސެޕްޓެމްބަރު 2022

ރާނީ އެލިޒަބެތުގެ ހަށިކޮޅު ފަސްދާނުލުމުގެ ކުރިން ރޯޔަލް ވޯލްޓަށް ލައިފި

19 ސެޕްޓެމްބަރު 2022
ރާނީ އެލިޒަބެތުގެ ހަށިކޮޅު ފަސްދާނުލުމުގެ ކުރިން ރޯޔަލް ވޯލްޓަށް ލައިފި
19 ސެޕްޓެމްބަރު 2022

ރާނީ އަވަހާރަވުމާއެކު ކޮހިނޫރު ހޯދުމަށް އިންޑިއާ ކެތްމަދުވެފައި!

19 ސެޕްޓެމްބަރު 2022
ރާނީ އަވަހާރަވުމާއެކު ކޮހިނޫރު ހޯދުމަށް އިންޑިއާ ކެތްމަދުވެފައި!
18 ސެޕްޓެމްބަރު 2022

ހޯމަ ދުވަހު އޮންނަ ރާނީގެ ޖަނާޒާގައި ގައުމުތަކުގެ ލީޑަރުންނާއި އިސްވެރިންގެ އެތައް ސަތޭކަ ބަޔަކު ބައިވެރިވާނެ

18 ސެޕްޓެމްބަރު 2022
ހޯމަ ދުވަހު އޮންނަ ރާނީގެ ޖަނާޒާގައި ގައުމުތަކުގެ ލީޑަރުންނާއި އިސްވެރިންގެ އެތައް ސަތޭކަ ބަޔަކު ބައިވެރިވާނެ
18 ސެޕްޓެމްބަރު 2022

ރައީސްގެ ދެކަނބަލުން ރާނީ އެލިޒަބަތު 2 ވަނައަށް އިހުތިރާމް އަދާކުރައްވައިފި

18 ސެޕްޓެމްބަރު 2022
ރައީސްގެ ދެކަނބަލުން ރާނީ އެލިޒަބަތު 2 ވަނައަށް އިހުތިރާމް އަދާކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް