Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮރޯނާވައިރަސް މިއުޓޭޓްވުން

ކޮރޯނާވައިރަސް މިއުޓޭޓްވުން އަދި ހުއްޓޭކަށް ނެތް!

ވައިރަހުގެ ހަގީގީ ކުލަތައް ނެރެ އިންސާނުންގެ ތެރޭގައި ވަކި ހިއްޕާލަން އަހަރުތަކެއް ނަގާނެ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 20 އެޕްރީލު 2021 | އަންގާރަ 12:39
ކޮރޯނާވައިރަސް މިއުޓޭޓްވުން

ކޮރޯނާވައިރަސް މިއުޓޭޓްވުން

2019 ވަނަ އަހަރުން ފެށިގެން ކޮރޯނާވައިރަހާ ދެކޮޅަށް ދުނިޔެ ހަނގުރާމަ ކުރަމުން އަންނަ އިރު މި ވައިރަސް މިއުޓޭޓް ވަމުން އަންނަ ގޮތް އަދިވެސް ދެނެގަނެވިފައި ނުވެއެވެ. ވައިރަހުގެ ނުރައްކަލާމެދު ސަމާލުވެތިބުމަށް ސައިންސްވެރިން އަންނަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.

ސައިންސްވެރިން ބުނާ ގޮތުން ކޮރޯނާވައިރަސްގެ އިވެލިއުޝަނަރީ ރޫޓް ނިމުމަކަށް އަންނަނީއޭ ބުނަން ކެރޭނީ ވަރަށް ހިތްވަރުގަދަ މީހަކަށެވެ. ސައިންސްވެރިން ބުނާ ގޮތުން އަދި މިތަޖުރިބާ ކުރެވެނީ ކޮރޯނާވައިރަހުގެ ހަޔާތުގެ ކުރީ ކޮޅެވެ. ވައިރަހަށް އޭގެ ހަގީގީ ކުލަތައް ނެރެ އިންސާނީ މުޖުތަމައުގެ ތެރޭގައި ވަކި ހިއްޕާލަން އެތައް އަހަރެއް ނަގާނެ ކަމަށް ވެސް ބުނެއެވެ.

ސައިންސްވެރިންގެ ވާހަކަތައް މިގޮތަށް ބައްޓަންވާން ފަށާފައި ވަނީ ކޮރޯނާ ވައިރަހުގެ މުޅިން އައު ވޭރިއަންޓެއް އިންޑިއާއިން ފެނިފައިވަނިކޮށެވެ. އައު ވޭރިއަންޓާކު އިންޑިއާގެ ކޮވިޑް ކޭސްތައް ވަނީ އިންތިހާއަށް އިތުރުވާން ފަށާފައެވެ. އިންޑިއާގެ ކޮވިޑް ވޭރިއަންޓް ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި މުޅި ދުނިޔެއަށް ފެތުރިގެން ދިއުމުގެ ފުރުސަތު ބޮޑުކަމަށްވެސް މާހިރުން ބުނެއެވެ.

އިންޑިއާއިން ފެނުނު އައު ވޭރިއަންޓުގައި ދެ މިއުޓޭޝަނެއް ހިމެނޭ ކަމަށް ސައިންވެރިން ބުނާއިރު، މި ވޭރިއަންޓަށް މިހާރު އުފައްދާފައިވާ ވެކްސިންތަކުން ކުރާ އަސަރު ކުޑަ ކަމަށްވެސް އަންނަނީ ބުނަމުންނެވެ. ވެކްސިނުން ކުރާ އަސަރު ކުޑަކަން ސީދާ ހާމަވެފައި ނެތަސް، ވައިރަސް މިއުޓޭޓް ވަމުން އަންނަ ހަލުިވިމިނަށާއި މިހާތަނަށް ފެނިފައިވާ އައު ވޭރިއަންޓްތައް ކަމަށްވާ ސައުތު އެފްރިކާގެ ވޭރިއަަންޓާއި ޔޫކޭގެ ވޭރިއަންޓަށް މިހާރުގެ ވެކްސިންތަކުުން ކުރާ އަސަރު ކުޑަވުމުން އެކަމުގެ ކަންބޮޑުވުންތައް ސައިންސްވެރިން ދަނީ ފާޅުކުރަމުންނެވެ.

މިގޮތަށް ވައިރަސް މިއުޓޭޓްވަމުން ދާނަމަ ވެކްސިނާކު ހޯދާފައިވާ ކުރިއެރުންތައް ކުރިއަށްއޮތްތަނުގައި ގެއްލިގެންދާނެ ކަމަށް ސައިންސްވެރިން ބުނެއެވެ. ކޮރޯނާވައިރަސް މިއުޓޭޓްވަމުންގޮސް، އިންސާނާގެ ހަށިގަނޑުގައިވާ ސެލްތަކުގެ ސްޕައިކް ޕްރޮޓީންސަށް އަސަރުކުރަން ފަށާފާނެތީ އެކަމުގެ ކަންބޮޑުވުން ސައިންސްވެރިން އަންނަނީ ފާޅުކުރަމުންނެވެ. މިގޮތަށް ކަންބޮޑުވުން ފާޅުކުރަމުން އަންނަނީ، މިހާތަނަށް އުފައްދާފައިވާ ކާމިޔާބު ވެކްސިންތައް މަސައްކަތް ކުރަނީ ސްޕައިކް ޕްރޮޓީންސް މެދުވެރިކޮށް ކަމަށްވާތީއެވެ.

ވެކްސިން ޖެހުމުން ހަށިގަނޑުގެ ދިފާއީ ނިޒާމުން ވައިރަހާއި ދެކޮޅަށް މަސައްކަތްކުރަން ފަށާ ތަފާތު ގޮތްތައް ސައިންސްވެރިން ދެނެގަނެފައިވާއިރު، އަލަށް ފެނިފައިވާ ވެކްސިންގެ ވޭރިއަންޓްތައް ދެނެގަންނަން ދިފާއީ ނިޒާމަށް އުދަގޫވެ އެއާ ދެކޮޅަށް ވެކްސިނަށް ހަނގުރާމަ ނުކުރެވޭނެ ކަމުގެ ބިރު ސައިންސްވެރިން ދަނީ ފާޅުކުރަމުންނެވެ.

މީގެ އިތުރުން ސްޕައިކް ޕްރޮޓީންސަށް ވައިރަހުގެ އައު ވޭރިއަންޓްތަކުުން ކުރާ އަސަރުގެ އިތުުރުން، މި ވޭރިއަންޓްތަކުން އިތުރު އައު މިއުޓޭޝަންތަކަށް ޖާގަ ދިނުމުގެ ފުރުސަތު ބޮޑު ކަމަށް ސައިންސްވެރިން ފާހަގަކުރެއެވެ. މިގޮތަށް ވާ މިއުޓޭޝަންތަކުގެ ތެރޭގައި ސައިންސްވެރިންނަށް މިހާތަނަށް ހޯދިފައިނުވާ ކަންތައްތަކާއި ކުރިމަތިވުމުގެ ފުރުސަތު އެބައޮތް ކަމަށް އެމީހުން ބުނެއެވެ. ވައިރަސް މިގޮތަށް މިއުޓޭޓްވަމުން ގޮސް ވައިރަހުން ކުރާނެ އަސަރު ފަސޭހައިން ދެނެނުގަނެވޭނެ ހިސާބަށް ދިއުން އެކަށީގެންވާ ކަމަށްވެސް އަންނަނީ ބުނަމުންނެވެ.

އެންމެފަހުން އިންޑިއާއިން ފެނުނު އައު ވޭރިއަންޓަށް ދުނިޔޭގެ ސަމާލުކަން ހުއްޓުނު އިރު، އެ ވޭރިއަންޓް އުޅޭތާ ގާތްގަނޑަކަށް 12 މަސް ވެއްޖެ ކަމަށާއި މިފަދަ އެހެން ވޭރިއަންޓެއް ފެނުމުންވެސް މީހުންގެ ސަމާލުކަމަށް ލިބުމަށް ހަމަ މިމުއްދަތު ނަގާނެ ކަމަށް މާހިރުން ބުނެއެވެ.

ކޮރޯނާވައިރަސް ހުއްޓުމެއް ނެތި މިއުޓޭޓް ވުމުގެ ބަދަލުގައި ކޮންމެވެސް އިރަކުން މިއުޓޭޓްވުން ހުއްޓޭނެއެވެ. އެހެންނަމަވެސް އެއީ ކޮންއިރަކުންކަން ބުނަން ސައިންވެރިންނަކަށްވެސް އަދި ނޭނގެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

14 މެއި 2017
ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

08 މެއި 2017
"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"

"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"

12 އެޕްރީލު 2017
ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

ރައްޔިތުން ކަތިލުމުގައި ސިޔާސީ ލީޑަރުން ވަރެއް ނެތް

07 މާރިޗު 2017
ސިޔާސަތެއް ނެތް ވެރިކަން!

ސިޔާސަތެއް ނެތް ވެރިކަން!

18 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު