Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަންދުގައި ހުރި މީހަކަށް އަނިޔާކުރިކަމަށް ބުނުން

ދޫނިދޫ ބަންދުގައި ހުރި މީހާއަށް ފުލުހުން އަނިޔާކުރިކަމަށް ބުނާ މައްސަލަ އެޗްއާރްސީއެމުން ބަލަނީ

އެންޓި ޓޯޗަރ ގާނޫނުގެ ދަށުން މި މައްސަލަ ތަހުގީގު ކުރުމަށް އެޗްއާރްސީއެމުން ވަނީ ނިންމާފައި

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު, ރާއްޖެ އެމްވީ | 17 އެޕްރީލު 2021 | ހޮނިހިރު 04:37
މައްސަލައެއްގައި ހައްޔަރުކުރެވުނު މީހަކު ފުލުހަކު ފާސްކުރަނީ

މައްސަލައެއްގައި ހައްޔަރުކުރެވުނު މީހަކު ފުލުހަކު ފާސްކުރަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ދޫނިދޫގައި ބަންދުގައި ހުރި ތ. ތިމަރަފުށި، އަސްރަފީވިލާ، އަހްސަން މުހައްމަދުއަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލަ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަމުން ދާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އަހްސަން މުހައްމަދު ޖަލު ގޮޅިއަށް ވެއްދުމުގައި ފުލުހުން ބާރުގެ ބޭނުންކޮށްފައިވާ ގޮތާއިމެދު އާއިލާއިން ވަނީ ޝަކުވާ ހުށައަޅާފައެވެ. މިކަމާ ގުޅިގެން އެޗްއާރސްސީއެމުން ބުނީ، ފުލުހުންގެ ބަންދުގައި ދޫނިދޫގައި ހުރި މީހަކަށް ފުލުހުން އަނިޔާ ކުރިކަމަށް ބުނާ މައްސަލައަކީ އެޗްއާރުސީއެމުން ބަލަމުންދާ މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލަ އެޗްއާރްސީއެމްގެ ސަމާލުކަމަށް އައީ ބުރާސްފަތި ދުވަހުގެ ރޭ 10 ޖަހާ ހާއިރު ކަމަށް އެޗްއާރްސީއެމުން މައުލޫމާތު ދެއެވެ.

މިކަމާ ގުޅިގެން އެޗްއާރްސީއެމްގެ ޓީމެއް ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ދޫނިދޫއަށް ޒިޔާރަތްކޮށްފައިވެއެވެ. އަދި އަނިޔާ ލިބުނުކަމަށް ބުނާ އަހްސަން މުހައްމަދު އާއި ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފައިވާކަމަށް އެކޮމިޝަނުން ބުނެއެވެ. އެޗްއާރްސީއެމުން ބުނީ، މި މައްސަލަ ބަލަމުންދާކަން، އޭނާގެ އާއިލާއަށް ވެސް އަންގާފައި ވާކަމަށެވެ.

އެންޓި ޓޯޗަރ ގާނޫނުގެ ދަށުން މި މައްސަލަ ތަހުގީގު ކުރުމަށް އެޗްއާރްސީއެމުން ވަނީ ނިންމާފައެވެ.

މި މައްސަލައިގައި އަނިޔާ ލިބުނުކަމަށް ބުނާ، އަހަސަން މުހައްމަދު އާ މެދު ބާރުގެ ބޭނުންކުރުމާ ގުޅޭގޮތުން ފުލުހުން ބުނީ، އޭނާ ބަހައްޓާފައި ހުރި ގޮޅީގައި ހަރުކޮށްފައިހުރި ކެމެރާއަށް ނުފެންނަގޮތް ހެދުމަށް އެކި އެއްޗެހި ބޭނުންކޮށް ތަކުރާރުކޮށް "ކެމެރާ ބްލައިންޑް" ކުރި ކަމަށާއި އެކަމާ ގުޅިގެން 2021 އޭޕްރީލް 11 ވަނަ ދުވަހު 20:00 ހާއިރު އޭނާ ގޮޅިން ބޭރަށް ނެރުނުކަމަށެވެ. އަދި އޭނާ ގޮޅިން ނެރުމަށްފަހު ކެމެރާގައި އުނގުޅާފައިހުރި ދަތްއުނގުޅާ ބޭސް ސާފުކޮށް ކެމެރާ ބްލައިންޑް ކުރުމަށް ބޭނުންކުރާ ތަކެތި ގޮޅިން ނެރެ، އަލުން ގޮޅިއަށް ވަނުމަށް އަހްސަން މުހައްމަދަށް އެންގިކަމަށް ފުލުހުން ބުނެފައިވެއެވެ.

އެހެން ނަމަވެސް ގޮޅިއަށް ވަނުމަށް، ފުލުހުން ތަކުރާރުކޮށް ނަސޭހަތްތެރިވުމުންވެސް އެކަމަށް އޭނާ ދެކޮޅު ހަދައި އެވަގުތު އެތަނުގައި ތިބި ފުލުހުންނަށް ތަފާތު އިންޒާރުތައް ދީފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އޭނާ ގޮޅިއަށް ވެއްދުމަށް މަސައްކަތްކުރި ފުލުހުންނަށް ނުކިޔަމަންތެރިކަން ދައްކައި ފުލުހުން ގައިގައި ޖަހައި މާރާމާރީ ހިންގުމުން ޕެޕަރ ސްޕްރޭ ބޭނުންކޮށް އޭނާ ޖަލު ސަރަހައްދުން ނެރެ ބިޑިއަޅުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއަށްފަހު، އެފަދަ ކަންކަން އިތުރަށް ތަކުރާރު ނުކުރުމަށް އޭނާއަށް ނަސޭހަތްތެރިވެ، އެރޭގެ ފަހުގެ ވަގުތެއްގައި ގޮޅިއަށް ވައްދާފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ފުލުހުން އަމަލުކޮށްފައިވަނީ ގާނޫނާއި ގަވާއިދާއި، ފުލުހުންގެ ތެރޭގައި ހެދިފައިވާ އުސޫލްތަކުގެ ތެރެއިންތޯ ބެލުމަށް، ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑު އަދި ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީއަށް މިހާރު ވަނީ ހުށަހަޅާފައެވެ. އަދި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ފުލުހުން އަމަލުކޮށްފައިވަނީ ހަމަޖެހިފައިވާ އިޖުރާތުތަކާއި ޚިލާފަށްކަމަށްވާނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ފުލުހުން ބުނެފައިވެއެވެ.

ޓެރަރިޒަމްގެ ތުހުމަތުގައި އަހްސަން މުހައްމަދު ހައްޔަރުކުރީ، މިދިއަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ތިމަރަފުއްޓާއި މާލޭގެ އިތުރުން ކަނޑުމަތީގައި ފުލުހުންގެ ފަރާތުން ކުރިއަށްގެންދިޔަ ޚާއްސަ އޮޕްރޭޝަނެއްގައެވެ. މިކަމާގުޅިގެން އަހްސަން މުހައްމަދުގެ އިތުރުން 7 މީހެއްގެ މައްޗަށް ދައުލަތުންވަނީ ދައުވާ ކޮށްފައެވެ. އެމީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ، ތިމަރަފުށީގައި ދީނުގެ ނަމުގައި ޓެރަރިސްޓް ޖަމާޢަތްތަކަށް ތާޢީދުކޮށް ޓެރަރިޒަމަށް ހިތްވަރުދީ ޓެރެރިސްޓް ޖަމާޢަތްތަކުގެ ޢަމަލުތަކަކީ ސަބަބުވެރި ޢަމަލުތަކެއްކަމަށް ދައްކައި ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާޢަތުގެ އިރުޝާދުގެ ދަށުން ދިވެހިރާއްޖޭގައި ޓެރަރިޒަމްގެ ޢަމަލުތައްކުރުމަށް ރާވައި އެކަމަށް ހިތްވަރުދިނުމުގެ ތުހުމަތުގައެވެ. އަދި ތިމަރަފުށީގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ފިކުރުގެ އިސްފަރާތްތަކުން އޮޕަރޭޓްކުރާ "ނަސާޙް 3" ދޯނި ތެރޭގައި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައި.އީ.ޑީ)އެއް ތައްޔާރުކުރުމަށްފަހު އައި.އީ.ޑީ ގޮއްވާލައި ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރުވުމަށް ތައްޔާރީތައްވަމުން ދިއުމުގެ ތުހުމަތު ވެސް އެމީހުންގެ މައްޗަށް ކުރެވެއެވެ.

މީގެއިތުރުން، ދަތުރު ދިއުމުގެ ނަމުގައި ފަޅުރަށްރަށަށް ގޮސް ހަނގުރާމައިގެ އެކި އުކުޅުތައް ދަސްކޮށް، ތަމްރީންތައް ހަދަމުންދިއުމާއި، ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމުގެ ގޮތުން އެރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުތަކަށް ހިތްވަރުލިބޭފަދަ ކްލާސްތައް ހިންގައި، ތިމަރަފުށީގައި ދިރިއުޅޭ ކުޑަކުދިންނަށް އަމާޒުކޮށްގެން އެކުދިން ހަރުކަށި ފިކުރަށް ލެންބުވުމަށް މަސައްކަތްކޮށްފައިވާ ކަމަށް ވެސް އެމީހުންގެ މައްޗަށް ތުހުމަތު ކުރެވެއެވެ. އަދި ވަކި ޖަމާޢަތް ހަދައިގެން ނަމާދުކުރުމާއި ހަރުކަށި ފިރުކުރުގެ މީހުންނާ ގުޅުން އޮންނަ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމުގެ ތުހުމަތު ވެސް އެ މީހުންގެ މައްޗަށް ކުރެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްއެޗްއާރްސީއެމްޓެރަރިސްޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
އެޗްއާރްސީއެމް ގެ މެންބަރުކަމުގެ މަޤާމަށް ކުރީގެ މިނިސްޓަރ ޑރ. ޢާއިޝަތު ރަމީލާ ޢައްޔަންކުރައްވައިފި

އެޗްއާރްސީއެމް ގެ މެންބަރުކަމުގެ މަޤާމަށް ކުރީގެ މިނިސްޓަރ ޑރ. ޢާއިޝަތު ރަމީލާ ޢައްޔަންކުރައްވައިފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު