Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާއިން ޔުނައިޓެޑް ޖޫރިމަނާކުރުން

ފަސް ކުޅުންތެރިއަކަށް ރީނދޫ ކާޑު ދެއްކުމުން ޔުނައިޓެޑަށް ޖޫރިމަނާއެއް

ޔުއެފާއިން ވަނީ ޔުނައިޓެޑް 7،000 ޔޫރޯއިން ޖޫރިމަނާކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 15 އެޕްރީލު 2021 | ބުރާސްފަތި 14:37
ގްރަނާޑާ އާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގައު ލޫކް ޝޯއަށް ދެއްކި ރީނދޫ ކާޑު

ގްރަނާޑާ އާއި ޔުނައިޓެޑް ބައްދަލުކުރި މެޗުގައު ލޫކް ޝޯއަށް ދެއްކި ރީނދޫ ކާޑު

ޔުއެފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ގްރަނާޑާއާ ދެކޮޅަށް ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑުގެ ފަސް ކުޅުންތެރިއަކަށް ރީނދޫ ކާޑު ދައްކާފައިވާތީ، ޔުއެފާއިން އެ ޓީމު ޖޫރިމަނާކޮށްފިއެވެ.

މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެރޭ ގްރަނާޑާގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ޔުނައިޓެޑް ވަނީ 2-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެކަމަކު އެ މެޗުގައި ޔުނައިޓެޑުގެ ފަސް ކުޅުންތެރިއަކަށް ވަނީ ރީނދޫ ކާޑު ދައްކާފައެވެ. އެއީ އެ ޓީމުގެ ކެޕްޓަން ހެރީ މެގުއާ އާއި، ޑިފެންޑަރު ލޫކް ޝޯ އާއި، މިޑްފީލްޑަރު ސްކޮޓް މެކްޓޮމިނޭ އާއި، މިޑްފީލްޑަރު ޕައުލް ޕޮގްބާ އަދި މިޑްފީލްޑަރު ނަމަންޏާ މަޓިޗަށެވެ.

އެހެންކަމުން ފަސް ރީނދޫ ކާޑު ދެއްކުމާއެކު ޔުއެފާގެ ކޮންޓްރޯލް، އެތިކްސް އެންޑް ޑިސިޕްލިނަރީ ބޯޑުން ވަނީ ޔުނައިޓެޑުގެ މައްސަލަ ބަލައި، އެ ކުލަބު 7،000 ޔޫރޯއިން ޖޫރިމަނާކޮށްފައެވެ. އަދި 90 ދުވަހުގެ ތެރޭގައި ޖޫރިމަނާ ދެއްކުމަށްވެސް ވަނީ އަންގާފައެވެ.

ފަސް ކުޅުންތެރިއަކަށް ރީނދޫ ކާޑު ދެއްކުމުން ޔުނައިޓެޑް ޖޫރިމަނާކުރިއިރު، އެ މެޗުގައި ދެއްކި ކާޑުތަކާ ގުޅިގެން ދެވަނަ ލެގަށް ޔުނައިޓެޑުގެ ބައެއް މުހިންމު ކުޅުންތެރިންވެސް ވަނީ ސަސްޕެންޑްވެފައެވެ. އެގޮތުން އަމިއްލަ ދަނޑުގައި ކުޅޭ މެޗުގައި މެގުއާ އާއި، މެކްޓޮމިނޭ އަދި ޝޯއަށް ނުކުޅެވޭނެއެވެ.

މި ފަހަރުގެ ޔޫރޮޕާ ލީގުގައި ޔުނއިޓެޑުން މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، މި މުބާރާތުގައި އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު 16 މެޗުންވެސް ޔުނައިޓެޑް ބަލިވެފައެއް ނުވެއެވެ. ޔޫރޮޕާ ލީގުގެ ކުއާޓާގެ ދެވަނަ ލެގުގައި ގްރަނާޑާ އާއި ޔުނައިޓެޑް ބައްދަލުކުރާ މެޗު ފަށާނީ ބުރާސްފަތި ދުވަހުގެރޭ ރާއްޖެ ގަޑިން 00:00 ގައެވެ.

މެންޗެސްޓަރ ޔުނައިޓެޑްޔުއެފާ

ކޮމެންޓް

އިތުރަށް ކިޔާލަން

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

ޔުނައިޓެޑާ ހަވާލުވީ ފަހުން އަމޯރިމް އަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ލިވަޕޫލް އަތުން ލިބުނު މޮޅު

21 އޮކްޓޯބަރު 2025
ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

ފަހު ވަގުތު ޔުނައިޓެޑުން ލިވަޕޫލް ބަލިކޮށްފި

20 އޮކްޓޯބަރު 2025
ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

ފެނާންޑޭސް ބުނީ ޔުނައިޓެޑުގައި ކޮންމެ ކޯޗަކު ހުރި ނަމަވެސް، ގޮންޖެހުން ބޮޑު ވާނެ ކަމަށް

18 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު