Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މާލޭގެ ކުނީގެ މައްސަލަ

މަގޭ ރިޕޯޓް: ދިވެހިން އެހާވެސް ކަންނެތްވީތަ؟

ރޯދައާއި ދިމާކޮށް ކުނީގެ މައްސަލަ ގިނަވާކަން ވެމްކޯއިން ފާހަގަކުރޭ

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 15 އެޕްރީލު 2021 | ބުރާސްފަތި 03:32
ވެމްކޯގެ ކުނި އުކާލުން

ވެމްކޯގެ ކުނި އުކާލުން

ޒަމާނުއްސުރެ ދިވެހިންނަކީ އިސްލާމީ ރިވެތި އާދަތަކަށް ލޯބިކުރާ ތާހިރު ދިރިއުޅުމެއް އުޅެން ގަޔާވާ މީސްކޮޅެކޭ ބުނާ އަޑު އަޅުގަނޑުމެން އަހަމެވެ. މިކަން އިހުގެ ފަތްފުށްތަކުން ފެންނާން ވެސް އެބައޮތެވެ.

އެހެންނަމަވެސް، ޒަމާން ބަދަލުވެ ތަހުޒީބުގެ މަގުން ދިވެހިން ކުރިއަރައި ދާން ފަށާފައިވާ މި ދަނޑިވަޅުގައި މިދެންނެވި ބައެއް ރިވެތި އާދަތަކަށް ކިލަނބުކަމެއް އައިސްފައިވާކަމަށް ދަންނަވަން ޖެހެއެވެ. އެއް އިރެއްގައި ރޯދައެއް އީދެއް އަންނައިރަށް އޮތްތާކުން ވެލި ހޯދައި ގޯތި ތެރެއަށް ދޮންވެލި ލާ މަންޒަރު ފެނިގެން ދިޔަޔަސް މިއަދު އެމަންޒަރެއް ނުފެނެއެވެ. ފަހަރުގައި މާލެ ފަދަ ސިޓީއެއްގައި މިގޮތަށް ދޮންވެލި ލާނެ ތަނެއް ނެތީމާ މިކަން ނުކުރަނީކަމަށް ވެދާނެއެވެ. ދޮންވެލި ލުމުގެ ބަދަލުގައި މާލެއިިން މިހާރު ފެނިގެން ދަނީ މިދުވަސްވަރާއި ދިމާކޮށް އައު ކުޅިވަރެކެވެ. ބައިބަލާ މުވަތަ ބަށިގެ މުބާރާތެއްގެ ވާހަކައެއް ނޫނެވެ. މި ކުޅިވަރަކީ އަޅުގަނޑުވެސް އަދި މިކަން ކުރާ މީހުންވެސް ފަޚުރުވެރިވާންޖެހޭވަރުގެ ކަމެއް ނޫނެވެ. އަދި ކިއެއްތަ މިއީ އެކަން ކުރާ މީހުން ލަދުގަންނަން ޖެހޭ ވަރުގެ ކަމެކެވެ. ދަންނަވަން މިއުޅެނީ މާލޭގެ މަގު މައްޗަށް ކުނި ނެރުމުގެ ކުޅިވަރުގެ ވާހަކައެވެ. މި ކުޅިވަރަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް ފޯރިގަދަވާ ކުޅިވަރެއްކަމަށް މިކަމުގެ އެންމެ ބުރަ އުފުލަންޖެހޭ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން ވަނީ ބުނެފައެވެ.

ކުނި އުކުމުގައި މިހާރު ވަނީ ތަހުޒީބީ އައު ބަދަލުތަކެއް އައިސްފައެވެ. އެއް އިރެއްގައި ގެ ކައިރިގައި އުޅޭ ބިދޭސީ މީހާގެ ހަލާކުވެފައިވާ ބައިސްކަލްގަނޑުން އުފުލި ކުނިތައް މިއަދު އުފުލުމަށް ޚާއްސަ އުޅަނދުތަކެއް އެބަހުއްޓެވެ. އެކި ސައިޒުގެ ކުންޏަށް އެކި އުޅަނދުތަކެވެ. އެކި ބާވަތްތަކުގެ ކުންޏަށް އެކި ޑަސްބިންތަކެވެ. އެހެނަސް މިފަދަ ކިތަންމެ އުސޫލެއް އަދި ތަހުޒީބީ ބަދަލުތަކެއް ގެނަޔަސް އޭގެ އެންމެ އެދެވޭ ނަތީޖާ ނިކުންނާނީ ކުނި ނެރޭ މީހާވެސް ޒިންމާ އަދާކޮށްގެންނެވެ. ވެމްކޯއިން ކުނި ނެރުމުގައި ރައްޔިތު މީހާއަށް މާބޮޑެތި ބުރަތަކެއް ޖައްސާފައެއްވެސް ނެތެވެ. އެދެނީ ކުޑަ ކުޑަ ދެތިން ކަމަކަށް ސަމާލުވުމަށެވެ. ކުނި ނެރޭއިރު ދިޔާވެގެން ފައިބާ ކުންޏެއް ހުރިނަމަ ރަނގަޅަށް ބަންދުކޮށް ނުފައިބާގޮތަށް ހެދުމާއި، ޑަބަލް ޕެކިން ލުމާއި، ބޮޑެތި ކުންޏާއި ކުދި ކުނި ވަކިކުރުން ފަދަ ކުޑަ ދެތިން ކަމަކަށެވެ. ވަކިން ޚާއްސަކޮށް ކޮވިޑްގެ މި ނުރައްކާތެރި ހާލަތުގައިވެސް އެވެރިން އެދަނީ އަޅުގަނޑުމުގެ ގޭގައި ކުނި ގިނަ ވިޔަނުދީ ކުރެވެން ހުރި ހުރިހާކަމެއް ކުރުމަށް ރެއާއި ދުވާލު މަސައްކަތް ކުރަމުންނެވެ. މަހު ކުލި ދެއްކިތޯ ޚިދުމަތެއް ރަޖިސްޓްރީ ކުރިތޯ ބެލުމެއް ނެތި ހާލަތާއި ގުޅޭގޮތުން މާލެއަކީ ސާފު މާލެއަކަށް ހެދުމަށް ވެމްކޯއިން ކުރާ މަސައްކަތަށް ސާބަސް ހައްގެވެ.

ކުރިން ދެންނެވި ކުނި ނެރުމުގެ ކުޅިވަރަށް ޖެހިލާނަމެވެ. ކޮންމެ އަހަރެއްގެ ރަމަޟާން މަހާއި ދިމާކޮށް މިއީ ފޯރިގަދަވާ ކުޅިވަރަކެވެ. ރޯދައަށް ފަރުނީޗަރު އާކޮށްލުމަަށްފަހު ބައު ފަރުނީޗަރުތައް ގެ ކައިރީ ކޮންމެވެސް ހުސް ބިމަކަށް އެއްލާލާއިރު، އައު ފަރުނީޗަރު ޕެކްކޮށްފައި ހުރި ފޮށިވެސް ކުދިކުދިކޮށްލުމަށްފަހު ކޮތަޅަކަށް ލާނެހާ ހިތްވަރުވެސް ދިވެހިންގެ ކިބައިގައި މިއަދު ނެތޭ ދެންނެވިދާނެއެވެ. އަދި ނިމުނީކީ ނޫނެވެ. ރޯދަ ވީއްލުމަށާއި ތަރާވީސް އަދި ހާރުދަމަށް ސުފުރާމަތީ ފަޅުފިލުވާލުމަށް ނަންހުސްކޮށް ހަދާ ކާބޯތަކެތިވެސް ހުސްނުވުމުން ހަމަ އެއްލާލަނީ ކުރިންދެންނެވި ކުނިތަކާއެކުއެވެ. މިގޮތަށް ކަންކުރުމުގެ ސަބަބުން އުނދަގޫ ވަނީ ހަމައެކަނި ކުނި ނަގާ ވެށިފާރަވެރިޔާއަށް އެކަންޏެއް ނޫނެވެ. މިކަމުގެ ސަބަބުން ކިލަނބުވެގެންދަނީ ދިވެހިންގެ ރިވެތި އާދަތަކުގެ ތަސްވީރެވެ. ފޫއެޅިގެންދަނީ ރިވެތި ހުރިހާ ސިފަތަކެވެ. މިސަބަބައްޓަކައި ދިވެހިން ހޭލަން ޖެހިއްޖެއެވެ. މިއަށްވުރެ މުރާލިވާން ޖެހިއްޖެއެވެ.

ވެމްކޯއިން އެކި ނަންނަމުގައި ޕްރޮމޯޝަންތައް ހަދައި އާންމުން ހޭލުންތެރިކުރަން ކުރާ މަސައްކަތް މަދެކޭ ދެންނެވޭކަށް ނެތެވެ. ކުނި އުކަން ވަކި ޚިދުމަތެއް ކެޕްސްގެ ނަމުގައި ހިންގައި އެކަން އިއުލާންކުރާތާވެސް އެތައް ދުވަހެކެވެ. މިއަދު އެއްލާލާ ފަރުނީޗަރުވެސް މި ޚިދުމަތް ބޭނުންކޮށްގެން ކޮންމެ ވަގުތެއްގައިވެސް އެއްލާލަން ވީއެވެ. ރަމަޟާންމަހަކީ އެހެން މަސްތަކާއި ޚިލާފަށް ކުނި ގިނަވާ ދުވަސްވަރެއްކަމުން، މިމުއްދަތުގައި ގޭބިސީތަކަށް ފޯރުކޮށްދޭ ޚިދުމަތްތައް ރާވާލެވިފައިވާނީ ކަސްޓަމަރުންނަށް ލުއިފަސޭހަ ވާނެ ގޮތަކަށް ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ. އެހެންކަމުން އެންމެންވެސް މި ރޯދަމަހު ރޭގަނޑުގެ 20:00ން 23:00 އާއި ދެމެދު ކުނި ނެރުމަށް އަޒުމު ކަނޑައަޅަމާ ހިނގާށެވެ. ކުނި ނެރޭއިރުވެސް، ކަމަކަށް ކަމެއް ކުރާ ގޮތުގެ ބަދަލުގައި ޒިންމާދާރުކަމާއެކު ދެކޮތަޅަށްލައި ރަގަޅަށް ބަންދުކުރުމަށް ފަހު ކުނި އުކަން އާދަކުރަމާ ހިނގާށެވެ. އެއްކަމެއް އަދި ހަނދާން ކޮށްދޭން ބޭނުމެވެ. މިބަރަކާތްތެރި ރަމަޟާންމަހު ރޯދައިގެ މަތިވެރި އަޅުކަމުގައި ތިބޭއިރު، ވެމްކޯގެ މަސައްކަތަށް ގޭބިސީތަކުން ދައްކަންޖެހޭ އުޖޫރައިގެ ބަރާބަރަށް ދެއްކުމެވެ. ރަޖިސްޓްރީ ކުރުމެވެ.

ވެމްކޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

12 ޑިސެމްބަރު 2025
ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ވެމްކޯ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް

ވެމްކޯ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ 8 މަސް

30 އޮކްޓޯބަރު 2025
ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!

ޖޫން މަހުގައި ހިދުމަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި ހުޅުދެލި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ވީގޮތެއް ނޭނގޭ!

02 އޮކްޓޯބަރު 2025
ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު

ހަލާލު ފަތުރުވެރިކަން ހިމެނޭ ގޮތަށް މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވިފައިވޭ: ރައީސް މުއިއްޒު

28 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު