Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހިބަހުގެ ދުވަސް

ރާއްޖެ ފަދަ ގައުމަކަށް އަމިއްލަ ބަހެއް ލިބިފައި އޮތުމަކީ ބޮޑު ނަސީބެއް: ޔުމްނާ

14 އެޕްރީލު 2021 | ބުދަ 07:17

ދިވެހިބަހުގެ ދުވަސް ނިސްބަތްވަނީ މަރްހޫމް ހުސައިން ޞަލާޙުއްދީނަށް

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 14 އެޕްރީލު 2021 | ބުދަ 07:17
ޔުމްނާ މައުމޫން

ޔުމްނާ މައުމޫން

ދިވެހިރާއްޖެ ފަދަ ނިސްބަތުން ކުޑަ އާބާދީއެއް އޮތް، ކުޑަ ގައުމަކަށް އަމިއްލަ ބަހަކާއި އަކުރެއް ލިބިފައިވުމީ، ނުހަނު ބޮޑު ނަސީބެއް ކަމަށް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ޔުމްނާ ވަނީ، އަންނަށް އޮތް ޖީލުތަކަށް ހެޔޮގޮތުގައި ދިވެހިބަސް ގެންގޮސްދިނުމަށްޓަކައި، އެންމެން އެކުގައި މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ދުވަހުގެ ތަހުނިޔާ، ބަސްކުރިއަރުވަން މަސައްކަތްކުރާ އެންމެހައި ފަރާތްތަކަށާއި ދިވެހިރައްޔިތުންނަށް ވިދާޅުވެފައިވެއެވެ.

Advertisement - newsAdvertisement

މިމުނާސަބަތުގައި ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީ ވެސް، ދިވެހި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެފައިވެއެވެ. ދުވަހުގެ ތަހުނިޔާ ވިދާޅުވަމުން، އަޝްރަފް ވިދާޅުވީ، ދިވެހިބަހަކީ ދިވެހީންގެ އަމިއްލަ ވަންތަކަން ރަމްޒުކޮށްދޭ މައިގަނޑު އަސާސް ކަމަށެވެ. އަދި ދިވެހި ބަހަކީ ދިވެހީންގެ ޝަރަފާއި ފަޚްރުކަމަށް ވެސް އަޝްރަފް ސިފަކުރެއްވިއެވެ.

އެހެންކަމުން ދިވެހިބަސް ރައްކާތެރިކޮށް ދެމެހެއްޓުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމަކީ، ހުރިހާ ރައްޔިތުންގެ ފަރުދީ، ވަޠަނީ، އަދި ގައުމީ ޒިންމާއެއްކަމަށް އަޝްރަފް ވިދާޅުވިއެވެ.  

ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި ބަހުގެ އެދުރުންނަށް، ދުވަހުގެ  ހެޔޮއެދުމާއި ތަހުނިޔާ ދިވެހި ބަހުގެ އެކެޑަމީން ވަނީ ފޮނުވާފައެވެ.

"ދިވެހިބަހުން ބުނަމާ! އަދި ލިޔަމާ" މި ޝިޢާރުގެ ދަށުން މި އަހަރުގެ ދިވެހިބަހުގެ ދުވަސް ފާހަގަކުރާއިރު، މި މުނާސަބާއާ ގުޅިގެން ދިވެހިބަހުގެ އާ ފޮތްތަކަކާއި، އެޕްލިކޭޝަންތަކެއް ނެރުމަށް ދިވެހިބަހުގެ އެކެޑެމީން ނިންމާފައިވެއެވެ.

ކޮންމެ އަހަރެއްގެ އޭޕްރީލް 14 ވަނަ ދުވަހު ފާހަގަކުރާ ދިވެހިބަހުގެ ދުވަހަކީ، ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި އަލްއައްލާމާ ހުސައިން ޞަލާޙުއްދީން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ދުވަހަށް ނިސްބަތްކޮށް ފާހަގަކުރާ ދުވަހެކެވެ. މަރްހޫމް ހުސައިން ޞަލާޙުއްދީން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ، 14 އޭޕްރިލް 1881 ގައެވެ.

މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްދިވެހި ބަހުގެ އެކަޑަމީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2023

ދިވެހި ބަހުގެ އެކަޑަމީގެ "އަސްކަނި މައުރަޒު" ވަރަށް ކާމިޔާބު

02 ނޮވެމްބަރު 2023
ދިވެހި ބަހުގެ އެކަޑަމީގެ "އަސްކަނި މައުރަޒު" ވަރަށް ކާމިޔާބު
07 ފެބުރުއަރީ 2023

"މެރިޓައިމް އޭޝިއާ ހެރިޓޭޖް ސަރވޭ" އާ ގުޅޭގޮތުން ކެބިނެޓާ މައުލޫމާތު ހިއްސާކޮށްފި

07 ފެބުރުއަރީ 2023
"މެރިޓައިމް އޭޝިއާ ހެރިޓޭޖް ސަރވޭ" އާ ގުޅޭގޮތުން ކެބިނެޓާ މައުލޫމާތު ހިއްސާކޮށްފި
16 ޖެނުއަރީ 2023

އާޓް ގެލެރީ ކުއްޔަށް ދޫކުރަން ހުޅުވާލައިފި

16 ޖެނުއަރީ 2023
އާޓް ގެލެރީ ކުއްޔަށް ދޫކުރަން ހުޅުވާލައިފި
16 ޖެނުއަރީ 2023

އާޓް ގެލެރީ ހުޅުވުން ލަސްވެ، އާޓިސްޓުންގެ ކަންބޮޑުވުން

16 ޖެނުއަރީ 2023
އާޓް ގެލެރީ ހުޅުވުން ލަސްވެ، އާޓިސްޓުންގެ ކަންބޮޑުވުން
13 ޖެނުއަރީ 2023

ވާހަކަދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

13 ޖެނުއަރީ 2023
ވާހަކަދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
06 ނޮވެމްބަރު 2022

މިއަހަރު ނިމުމުގެ ކުރިން އޮލިމްޕަސް ހުޅުވޭނެ: އިކްރާމް

06 ނޮވެމްބަރު 2022
މިއަހަރު ނިމުމުގެ ކުރިން އޮލިމްޕަސް ހުޅުވޭނެ: އިކްރާމް
27 އޮކްޓޯބަރު 2022

އާސާރުތައް ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތްތަކަށް ފަހިވެގެންދިޔައީ ސަރުކާރުން އެކަމަށްދިން ސަމާލުކަމުގެ ސަބަބުން: މިނިސްޓްރީ

27 އޮކްޓޯބަރު 2022
އާސާރުތައް ރައްކާތެރި ކުރުމަށް ކުރެވޭ މަސައްކަތްތަކަށް ފަހިވެގެންދިޔައީ ސަރުކާރުން އެކަމަށްދިން ސަމާލުކަމުގެ ސަބަބުން: މިނިސްޓްރީ
20 ސެޕްޓެމްބަރު 2022

އޮލިމްޕަހުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިމޭނެ - މިނިސްޓަރު ޔުމްނާ

20 ސެޕްޓެމްބަރު 2022
އޮލިމްޕަހުގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިމޭނެ - މިނިސްޓަރު ޔުމްނާ
26 ޖުލައި 2022

ހުކުރު މިސްކިތް އާބާތުރަ ފިލުވުމުގެ މަސައްކަތް މިނިސްޓަރ ޔުމްނާ އަދި ސަފީރު މަހާވަރު ބައްލަވާލައްވައިފި

26 ޖުލައި 2022
ހުކުރު މިސްކިތް އާބާތުރަ ފިލުވުމުގެ މަސައްކަތް މިނިސްޓަރ ޔުމްނާ އަދި ސަފީރު މަހާވަރު ބައްލަވާލައްވައިފި
02 ޖޫން 2022

"ތްރޫ ދަ އައިސް އޮފް ވެންގޯ" އެގްޒިބިޝަން ހުޅުވައިފި

02 ޖޫން 2022
"ތްރޫ ދަ އައިސް އޮފް ވެންގޯ" އެގްޒިބިޝަން ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް