Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހި ބަހުގެ އެކަޑަމީ

ދިވެހި ބަހުގެ އެކަޑަމީގެ "އަސްކަނި މައުރަޒު" ވަރަށް ކާމިޔާބު

2 ނޮވެމްބަރު 2023 | ބުރާސްފަތި 17:16

މި މައުރަޒުން ރާއްޖޭގައި މިހާރު އާންމުކޮށް ނުލިބޭ ފޮތްތައް ލިބެންހުރި

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ | 2 ނޮވެމްބަރު 2023 | ބުރާސްފަތި 17:16
"އަސްކަނި މައުރަޒު"ގެ ތެރެއިން

"އަސްކަނި މައުރަޒު"ގެ ތެރެއިން | ސަން އޮންލައިން

ދިވެހި ބަހުގެ އެކަޑަމީން އިންތިޒާމުކޮށްގެން ބޭއްވި ފޮތް މައުރަޒު، "އަސްކަނި މައުރަޒު 2023" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ބަހުގެ އެކަޑަމީގެ މި ފޮތް މައުރަޒަކީ ރާއްޖޭގައި މިހާރު އާންމުކޮށް ނުލިބޭ ފޮތްތަކުގެ އިތުރުން، އެކި ދާއިރާތަކުގެ އެކި މައުލޫމާތުތަކުގެ މައްޗަށް، މިހާރުގެ ލިޔުންތެރިންނާއި ކުރީގެ ލިޔުންތެރިން ލިޔެފައިވާ ފޮތްތައް ހެޔޮ އަގުގައި ވިއްކުމަށް ކުރިއަށް ގެންދިޔަ ފޮތް މައުރަޒެކެވެ.

Advertisement - newsAdvertisement

މި މައުރަޒާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން، ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމް ވިދާޅުވީ، މި ފޮތް މައުރަޒަކީ ފަހުގެ ފޮތް މައުރަޒުތަކުގެ ތެރެއިން އެންމެ ކާމިޔާބު އަދި އެންމެ ގިނަ ފަރާތްތަކުން ފޮތް ގަތުމަށް ޒިޔާރަތްކުރި މައުރަޒު ކަމަށެވެ.

އެގޮތުން މި ފޮތް މައުރަޒަކީ މިދިޔަ ދެ އަހަރުގެ ތެރޭގައިވެސް ބޭއްވުނު އެންމެ ކާމިޔާބު ފޮތް މައުރަޒުގެ ގޮތުގައި އަޝްރަފް ސިފަކުރެއްވިއެވެ. އެގޮތުން އަޝްރަފް ވަނީ މި ފޮތް މައުރަޒުގައި ލިބެން ހުރި އިހުގެ ފޮތްތަކަށް އޮތް ޑިމާންޑް ފާހަގަކުރައްވައި، އެފަދަ ފޮތްތައް އާންމުކޮށް ލިބޭނެފަދަ އުސޫލަކާ ގުޅޭގޮތުން މަޝްވަރާ ކުރަމުންދާކަމަށް ވިދާޅުވެފައެވެ.

އަޝްރަފް ވިދާޅުވީ މި މައުރަޒުން ލިބުނު ތަރުހީބާއެކު، އަންނަ އަހަރުގެ ޖެނުއަރީގެ ތެރޭގައި އެފަދަ ބޮޑު މައުރަޒެއް ބޭއްވުމަށް އެކަޑަމީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި މައުރަޒު ބުރާސްފަތި ދުވަހު ނިންމާލާފައިވާއިރު، މި މައުރަޒުން ފެނުނު އެންމެ ޚާއްސަކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ މިހާރު އާންމުކޮށް ނުލިބޭ ފޮތްތަކުގެ ތެރޭގައި ހިމެނޭ, "ބަހުގެ ހަމައިގެ އަތްމަތީ ފޮތް"، "ދިވެހި ބަހުގެ ގަވާއިދު"، "ޕިރާޑުގެ ގަލަމުން ދިވެހި ރާއްޖެ"، "ޖަމީލުގެ ޑްރާމާތައް" ފަދަ ފޮތްތައް ލިބެން ހުރުމެވެ. މި ފޮތްތަކަކީ ކުރިން ހުސްވެފައި ހުރިނަމަވެސް، މި ފަހަރު ޗާޕްކޮށްގެން ނެރުނު ފޮތްތަކެކެވެ.

ދިވެހި ބަހުގެ އެކަޑަމީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2023

ވާހަކަދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

13 ޖެނުއަރީ 2023
ވާހަކަދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
14 އެޕްރީލު 2022

ބަހާއި ބަހުރުވަތަކާމެދު މަގޭ ފިކުރު!

14 އެޕްރީލު 2022
ބަހާއި ބަހުރުވަތަކާމެދު މަގޭ ފިކުރު!
18 ފެބުރުއަރީ 2022

33 ވަނަ ޅެންވެރިންގެ ދުވަސް ފާހަގަކޮށްފި

18 ފެބުރުއަރީ 2022
33 ވަނަ ޅެންވެރިންގެ ދުވަސް ފާހަގަކޮށްފި
10 ސެޕްޓެމްބަރު 2021

ދިވެހިބަހުގެ އަސަރާއި ފޮނިކަން ސީނުކަރައަށް

10 ސެޕްޓެމްބަރު 2021
ދިވެހިބަހުގެ އަސަރާއި ފޮނިކަން ސީނުކަރައަށް
09 ސެޕްޓެމްބަރު 2021

ދިވެހިބަސް ދަސްކޮށްދޭ ކޯހެއް ޗައިނާގެ ބެއިޖިން ފޮރިން ސްޓަޑީޒް ޔުނިވަރސިޓީގައި ފަށައިފި

09 ސެޕްޓެމްބަރު 2021
ދިވެހިބަސް ދަސްކޮށްދޭ ކޯހެއް ޗައިނާގެ ބެއިޖިން ފޮރިން ސްޓަޑީޒް ޔުނިވަރސިޓީގައި ފަށައިފި
12 އޯގަސްޓު 2021

އަބްދުﷲ ސާދިގު (ސޯދުބެ)

12 އޯގަސްޓު 2021
އަބްދުﷲ ސާދިގު (ސޯދުބެ)
08 އޯގަސްޓު 2021

ބަހުގެ އެކަޑަމީއަށް 3 މެންބަރުން ޢައްޔަނުކޮށްފި

08 އޯގަސްޓު 2021
ބަހުގެ އެކަޑަމީއަށް 3 މެންބަރުން ޢައްޔަނުކޮށްފި
08 ޖޫން 2021

އޮންލައިން އަދަބީ އީދު 2021 ބޭއްވުމަށް ނިންމައިފި

08 ޖޫން 2021
އޮންލައިން އަދަބީ އީދު 2021 ބޭއްވުމަށް ނިންމައިފި
15 އެޕްރީލު 2021

ދިވެހިބަހުގެ ދުވަހު ދިވެހިބަހުގެ އެކެޑެމީން ޓިކްޓޮކަށް

15 އެޕްރީލު 2021
ދިވެހިބަހުގެ ދުވަހު ދިވެހިބަހުގެ އެކެޑެމީން ޓިކްޓޮކަށް
14 އެޕްރީލު 2021

ރާއްޖެ ފަދަ ގައުމަކަށް އަމިއްލަ ބަހެއް ލިބިފައި އޮތުމަކީ ބޮޑު ނަސީބެއް: ޔުމްނާ

14 އެޕްރީލު 2021
ރާއްޖެ ފަދަ ގައުމަކަށް އަމިއްލަ ބަހެއް ލިބިފައި އޮތުމަކީ ބޮޑު ނަސީބެއް: ޔުމްނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް