Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވާހަކަދެއްކުމުގެ ޤައުމީ މުބާރާތް

ވާހަކަދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 12 ފެބްރުއަރީ 2023 އިން ފެށިގެން

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 13 ޖެނުއަރީ 2023 | ހުކުރު 08:15
މިދިޔަ އަހަރުގެ މުބާރާތުގެ ތެރެއިން

މިދިޔަ އަހަރުގެ މުބާރާތުގެ ތެރެއިން

މި އަހަރުގެ އަދަބީ ކަލަންޑަރުގައި ދިވެހި ބަހުގެ އެކެޑަމީން ކަނޑައަޅައިފައިވާ އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 36ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހަތަރު ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދަން ހަމަޖެހިފައިވާ މި މުބާރާތުގައި ހިމެނެނީ ސްކޫލުތަކުގެ ބަޔާއި، މަތީ ތަޢުލީމުގެ ބަޔާއި، އަމިއްލަ ފަރާތްތަކުގެ ބައިގެ އިތުރުން އޮފީސް، ކުންފުންޏާއި، ކުލަބުތަކާއި ޖަމިއްޔާ ޖަމާޢަތްތަކުގެ ބައެވެ.

ސްކޫލްތަކުގެ ބައިގައި ހިމެނެނީ ކީ ސްޓޭޖް 3،4،5 އެވެ. މަތީ ތައުލީމުގެ ބައިގައި ހިމެނެނީ ޔުނިވަރސިޓީތަކާއި ކޮލެޖުތަކާއި އިންސްޓިޓިއުޓްތަކާއި އެކެޑަމީތަކެވެ. އަދި އަމިއްލަ ފަރާތްތަކުގެ ބައިގައި ހިމެނެނީ 18 އަހަރުން ދަށުގެ އުމުރުފުރާއާއި 18 އަހަރުން މަތީގެ އުމުރުފުރާގެ ފަރާތްތަކެވެ.

މި މުބާރާތުގެ މަތީ ތަޢުލީމުގެ ބަޔާއި އޮފީސް، ކުންފުނި، ކުލަބު، އަދި ޖަމުޢިއްޔާ ޖަމާޢަތްތަކުގެ ބަޔަށް އޮންނާނީ ބަހުސެއްކަމަށް އެކަޑަމީން ވަނީ ބުނެފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 12 ފެބްރުއަރީ 2023 އިން ފެށިގެންނެވެ.

މުބާރާތުގެ ދާއިރާތަކުން ވާހަކަދައްކާނެ މައުޟޫއުތައް މުބާރާތް ފެށުމުގެ މަދުވެގެން 7 ދުވަސް ކުރިން އެކެޑަމީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ދިވެހި ބަހުގެ އެކަޑަމީން ބުންޏެވެ. އަދި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެކަމަށް އެދި، ފޯމު ފުރިހަމަކުރުމަށް ފަހު 2 ފެބުރުއަރީ 2023 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ގެ ކުރިން ހުށައަޅަންވާނެ ކަމަށް ވެސް އެ އެކަޑަމީން ކުރި އިއުލާނުގައި ވަނީ ބުނެފައެވެ.

ދިވެހި ބަހުގެ އެކަޑަމީ

އިތުރަށް ކިޔާލަން

02 ނޮވެމްބަރު 2023

ދިވެހި ބަހުގެ އެކަޑަމީގެ "އަސްކަނި މައުރަޒު" ވަރަށް ކާމިޔާބު

02 ނޮވެމްބަރު 2023
ދިވެހި ބަހުގެ އެކަޑަމީގެ "އަސްކަނި މައުރަޒު" ވަރަށް ކާމިޔާބު
14 އެޕްރީލު 2022

ބަހާއި ބަހުރުވަތަކާމެދު މަގޭ ފިކުރު!

14 އެޕްރީލު 2022
ބަހާއި ބަހުރުވަތަކާމެދު މަގޭ ފިކުރު!
18 ފެބުރުއަރީ 2022

33 ވަނަ ޅެންވެރިންގެ ދުވަސް ފާހަގަކޮށްފި

18 ފެބުރުއަރީ 2022
33 ވަނަ ޅެންވެރިންގެ ދުވަސް ފާހަގަކޮށްފި
10 ސެޕްޓެމްބަރު 2021

ދިވެހިބަހުގެ އަސަރާއި ފޮނިކަން ސީނުކަރައަށް

10 ސެޕްޓެމްބަރު 2021
ދިވެހިބަހުގެ އަސަރާއި ފޮނިކަން ސީނުކަރައަށް
09 ސެޕްޓެމްބަރު 2021

ދިވެހިބަސް ދަސްކޮށްދޭ ކޯހެއް ޗައިނާގެ ބެއިޖިން ފޮރިން ސްޓަޑީޒް ޔުނިވަރސިޓީގައި ފަށައިފި

09 ސެޕްޓެމްބަރު 2021
ދިވެހިބަސް ދަސްކޮށްދޭ ކޯހެއް ޗައިނާގެ ބެއިޖިން ފޮރިން ސްޓަޑީޒް ޔުނިވަރސިޓީގައި ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު