Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަން ބަޔާން ކަޓުވާލުމަށްފަހު ޕީއެސްޖީ ސެމީއަށް

ޕީއެސްޖީއަށް ކުރި ލިބުނީ ރަށުން ބޭރުގައި ޖެހި ލަނޑުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 އެޕްރީލު 2021 | އަންގާރަ 23:04
ޕީއެސްޖީ އާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބަޔާން މޮޅުވީ 1-0 ން

ޕީއެސްޖީ އާއި ބަޔާން ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބަޔާން މޮޅުވީ 1-0 ން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ކަޓުވާލުމަށްފަހު މުބާރާތުގެ ސެމީ ފައިނަލަށް ޕީއެސްޖީ ދަތުރުކޮށްފިއެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު ދެވަނަ ލެގުން އަމިއްލަ ދަނޑުގައި ޕީއެސްޖީ ވަނީ 1-0 ގެ ނަތީޖާއަކުން ބަޔާން އަތުން ބަލިވެފައެވެ. އެކަމަކު ބަޔާނުގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ޕީއެސްޖީ މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. އެހެންކަމުން ދެ ޓީމު 3-3 ގެ އެގްރިގޭޓް ނަތީޖާއަކުން އެއްވަރުވި ނަމަވެސް، ޕީއެސްޖީއަށް ކުރި ލިބުނީ ރަށުން ބޭރުގައި ޖެހި ލަނޑުންނެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގައި ޕީއެސްޖީން މޮޅު ކުޅުމެއް ދެއްކިއިރު، މި މެޗުގެ ފުރަތަމަ ހާފުގައި ޕީއެސްޖީގެ ތަރި ނޭމާ ފޮނުވާލި ތިން ހަމަލާއެއް ބަޔާނުގެ ގޯލްކީޕަރު މެނުއެލް ނޯޔާ ވަނީ ހުއްޓުވާފައެވެ. އަދި އޭގެ ފަހުން މި ހާފުގައި ނޭމާ ފޮނުވާލި ދެ ހަމަލާއެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.

އެއާއެކު ފުރަތަމަ ހާފުގައި ޕީއެސްޖީއަށް ލިބުނު ފުރުޞަތުތަކުގެ ބޭނުން ނުހިފުމުގުގެ ނަތީޖާއަކަށްވީ، މި ހާފުގައި ބަޔާނުން ލީޑު ނެގުމެވެ. އެގޮތުން ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ބަޔާނަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ މީގެ ކުރިން ޕީއެސްޖީއަށް ކުޅުނު އެރިކް މެކްސިމް ޗޫޕޯ-މޯޓިންނެވެ. އޭގެ ފަހުން މި މެޗުގައި ބަޔާނުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ހަމަލާތައް ހުއްޓުވުމުގައި މެޗުގައި މޮޅު ކުޅުމެއް ދެއްކި ޕީއެސްޖީގެ ގޯލްކީޕަރު ކޭލޯ ނަވާސް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

ކުއާޓާއިން ބަޔާން މިއުނިކް ކަޓުވާލުމަށްފަހު މުބާރާތުގެ ސެމީއަށް ޕީއެސްޖީ ދަތުރުކުރިއިރު، މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބައްދަލުކުރީ މި ދެ ޓީމެވެ. އެ ފަހަރު ފައިނަލް މެޗުން 1-0 ގެ ނަތީޖާއަކުން ޕީއެސްޖީ ބަލިކޮށް، ބަޔާނުން ވަނީ ހަވަނަ ފަހަރަށް ޔޫރަޕުގެ ޗެމްޕިއަންކަން ހޯދާފައެވެ.

ސެމީގެ ޖާގައެއް ޕީއެސްޖީ ހޯދިއިރު، ސެމީގައި އެ ޓީމު ބައްދަލުކުރަން ޖެހޭނީ މެންޗެސްޓާ ސިޓީ ނުވަތަ ބޮރޫޝިއާ ޑޯޓްމުންޑާއެވެ. ކުއާޓާގައި ސިޓީ އާއި ޑޯޓްމުންޑް ބައްދަލުކުރާއިރު، އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން ސިޓީ ވަނީ 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ޗެމްޕިއަންސް ލީގުޕީއެސްޖީބަޔާން މިއުނިކް

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު