Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބީއެމްއެލްގެ އެހީ އާރކްއަށް

އާރކްއަށް އެހީވުމަށް ބީއެމްއެލްއިން އެއްލައްކަ ރުފިޔާ ހަދިޔާކޮށްފި

މާލޭ ސިޓީގައި ދިރިއުޅޭ 70 އާއިލާއެއްގެ 150 ކުދިންނަށް ކާބޯތަކެތީގެ އެހީ ދޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 އެޕްރީލު 2021 | ހޯމަ 23:59
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)- ބީއެމްއެލްއިން ގެންދަނީ ކޮމިއުނިޓީ ފަންޑުގެ ދަށުންވެސް ގިނަ މަސައްކަތްތައް ކުރަމުން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)- ބީއެމްއެލްއިން ގެންދަނީ ކޮމިއުނިޓީ ފަންޑުގެ ދަށުންވެސް ގިނަ މަސައްކަތްތައް ކުރަމުން

ބޭންކް އޮފް މޯލްޑިވްސްއިން މުޖުތަމައަށް ދެމުންދާ މާލީ އެހީތެރިކަމުގެ ދަށުން އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާރކް) އަށް 100،000 ރުފިޔާ ހަދިޔާކޮށްފިއެވެ.

ބީއެމްއެލްއިން ބުނީ، މި ފައިސާ ހަދިޔާކޮށްފައިވަނީ އެޖަމިއްޔާއިން ހިންގާ އާކް އެއިޑް ޕްރޮގްރާމަށް ކަމަށެވެ. އެހީތެރިކަމަށް ބޭނުންވެފައި ތިބި ކުދިންނަށް މި ރަމަޟާން މަހު އެހީތެރިވުމުގެ މަޤްސަދުގައި ހިންގާ މި ޕްރޮގްރާމްގެ ދަށުން އެހީތެރިކަން ބޭނުންވާ ކުދިންނާއި، އެކުދިންގެ އާއިލާތަކަށް އަސާސީ ކާބޯތަކެތިވެސް ގެންދަނީ ފޯރުކޮށްދެމުންނެވެ.

ބީއެމްއެލްއިން މައުލޫމާތު ދޭ ގޮތުގައި މިފަހަރު ބޭންކުން ހަދިޔާކުރި ފައިސާއިން މާލޭ ސިޓީގައި ދިރިއުޅޭ 70 އާއިލާއެއްގެ 150 ކުދިންނަށް ކާބޯތަކެތީގެ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

2020 ވަނަ އަހަރުވެސް ބޭންކުން ވަނީ ކޮވިޑް-19 ގެ ސަބަބުން އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވުމަށް އާކް އެއިޑް ޕްރޮގްރާމަށް 200،000 ރުފިޔާ ހަދިޔާކޮށްފައެވެ. މި އެހީގެ ދަށުން ރާއްޖޭގެ 14 ރަށެއްގައި ދިރިއުޅޭ 300 އާއިލާއެއްގެ 587 ކުދިންނަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާ ކަމަށް އެ ބޭންކުން މައުލޫމާތު ދެއެވެ.

ބީއެމްއެލްއިން ގެންދަނީ އެ ބޭންކުގެ ކޮމިއުނިޓީ ފަންޑުގެ ދަށުންވެސް ގިނަ މަޝްރޫއުތައް ހިންގަމުންނެވެ.

ބީއެމްއެލްބޭންކް އޮފް މޯލްޑިވްސް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި

10 ޑިސެމްބަރު 2025
ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި
07 ޑިސެމްބަރު 2025

ކާޑު ލިމިޓްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަކުރެވޭ، ފިޔަވަޅު އަޅަން ޖެހިދާނެ: ބީއެމްއެލް

07 ޑިސެމްބަރު 2025
ކާޑު ލިމިޓްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަކުރެވޭ، ފިޔަވަޅު އަޅަން ޖެހިދާނެ: ބީއެމްއެލް
04 ޑިސެމްބަރު 2025

ހިޔާވެހި ފައިނޭންސިން އަށް ގިނަ ބަޔަކު ޝަރުތު ހަމަނުވާތީ ކުޑޫ, ކަންބޮޑުވުން ފާޅުކުރައްވާ މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި

04 ޑިސެމްބަރު 2025
ހިޔާވެހި ފައިނޭންސިން އަށް ގިނަ ބަޔަކު ޝަރުތު ހަމަނުވާތީ ކުޑޫ, ކަންބޮޑުވުން ފާޅުކުރައްވާ މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި
25 ނޮވެމްބަރު 2025

އެމްޑީޕީގެ ސިޓީއެއް ބީއެމްއެލްއަށް - ޢައިރުޤާނޫނީ މުޢާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިވުން ހުއްޓާލާ

25 ނޮވެމްބަރު 2025
އެމްޑީޕީގެ ސިޓީއެއް ބީއެމްއެލްއަށް - ޢައިރުޤާނޫނީ މުޢާމަލާތްތައް ކުރުމަށް ސަރުކާރަށް ވާގިވެރިވުން ހުއްޓާލާ
20 ނޮވެމްބަރު 2025

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު