Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
ރަަމަޟާން 1442

ރަމަޟާން މަހަށް މަރުޙަބާ

މިއީ އެންމެ މާތް މައްސަރު އަދި ޤުރުއާނުގެ މައްސަރު

ޝެއިޚް ހުސެއިން ރަޝީދު އަހުމަދު
ޝެއިޚް ހުސެއިން ރަޝީދު އަހުމަދު, ރާއްޖެ އެމްވީ | 12 އެޕްރީލު 2021 | ހޯމަ 19:25
މިސްކިތެއްގައި މީހަކު ނަމާދުކޮށް ދުޢާ ކުރަނީ

މިސްކިތެއްގައި މީހަކު ނަމާދުކޮށް ދުޢާ ކުރަނީ

މަރުޙަބާއެވެ! ގިނަގުނަ މަރްޙަބާއެވެ! ރަމަޟާން މަހަށް މަރުޙަބާއެވެ. އެމައްސަރު އަޅުގަނޑުމެންގެ ގާތަށް ހެވާއި ބަރަކާތާއި ރަޙްމަތާއިގެން އަތުވެއްޖެއެވެ. 

މިއީ އެންމެ މާތް މައްސަރެވެ. ޤުރުއާނުގެ މައްސަރެވެ. ﷲގެ ކަލާމްފުޅު އެއްވަނަ އުޑާ ޙަވާލުވެވުނު މައްސަރެވެ. ﷲގެ ކަލާމްފުޅުން ފުރަތަމަ ބަސްފުޅު މިއުއްމަތަށް ބާވައިލެއްވުނު މައްސަރެވެ. ކީރިތި ރަސޫލާއާ އެންމެ ބޮޑު އަމާނާތް ޙަވާލު ކުރެއްވުމާއެކު އެކަލޭގެފާނުންގެ ކޮނޑުފުޅުގައި ރަސޫލުކަމުގެ ބުރަ މަސްއޫލިއްޔަތު އެޅުއްވުނު މަައްސަރެވެ. އިސްލާމީ ނޫރުން މިދުނިޔެ އުޖާލާ ކުރެވެން ފެއްޓެވުނު މައްސަރެވެ. 

މިމައްސަަރުގެ މާތްކަން ޙާޞިލު ނުކޮށްފި މީހާއަށް ދެދުނިޔެއިން ގެއްލުމާއި ހަލާކުހުރިކަން ލޮބުވެތި މާތް ނަބިއްޔާ ވަނީ އަންގަވައި އެކަމަށް ސަމާލުވެ ތިބުމަށް އިލްތިމާސް ކުރަށްވާފައެވެ. 

މާތް ﷲގެ ވަޙީ ބަސްފުޅުގައި އައިސްފައި ވަނީ މިފަދައިންނެވެ. " ރަމަޟާން މަހަކީ، އެމަހެއްގައި މާތް ﷲ ޤުރުއާން ބާވައިލެއްވި މަހެވެ. އެޤުރުއާނަކީ މީސްތަކުންނަށް ހުރި ތެދުމަގެކެވެ. ހަމައެހެންމެ ޙައްޤާއި ބާޠިލު ވަކިކޮށްދެނިވި ހެކިތަކެއް އޭގައި ލައްވާފައި ވެއެވެ. ވުމާއެކު ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި ދިރިހުރެއްޖެމީހާ ދަންނާށެވެ! ފަހެ އޭނާ އެ މަހުގެ ރޯދަ ހިފާށެވެ. އެހެނަސް ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާއަށް އެދުވަސްތަކުގައި ރޯދަ ނުހިފައި ހުރެވިދާނެއެވެ. އޭނާއަށް ވާޖިބުގެވެގެން ވަނީ އެހެން ދުވަސްތަކެއްގައި ރޯދަ ހިފައި، ޢަދަދު ހަމަކުރުމެވެ. އަދި ދަންނާށެވެ. ﷲ އެދިވޮޑިގަންނަވަނީ ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް ކުރިމަތި ކުރެއްވުމެވެ. ފަހަރެއްގައިވެސް އެއިލާހު ތިޔަބައިމީހުންނަކަށް ދަތިއުނދަގޫގޮތްތައް ލިބުމަކަށް އެދިވޮޑި ނުގަންނަވައެވެ. ވުމާއެކު ތިޔަބައިމީހުން އެ މައްސަރުގައި ރޯދައިގެ ޢަދަދު ފުރިހަމަ ކުރާށެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިތީ މަތިވެރި މާތް ﷲގެ ކިބުރިޔާވަންތަކަން ބަޔާންކޮށް ތަކްބީރު ކިޔައިއުޅޭށެވެ. އަދިއެއިލާހަށް ޝުކުރުވެރިވެ އުޅޭށެވެ." (ބަޤަރާ: 185)

މިމަތިވެރި ބޮޑު ނިޢުމަތް ﷲގެ ޙަޟުރަތުން އަޅުގަނޑުމެންނަށް ދެއްވީތީ އަޅުގަނޑުމެންނަށް އޮތީ ގިނަގިނައިން ﷲ ޝުކުރު އަދާކޮށް އުޅުމެވެ. އެކަމުގެ ހެއްކެއްގެ ގޮތުންނާއި ޤުރުއާނުގެ ޙައްޤުގައި މިމައްސަރުގެ މާތްކަމުގެ ޙައްޤުގައި، އަޅުގަނޑުމެން އެއިލާހަށް ޝުކުރު އަދާކުރުމުގެ ގޮތުން އަޅުގަނޑުމެންނަށް އެންގެވީ މުޅި މިމައްސަރުގައި ރޯދަ ހިފައިގެން ތިބުމަށެވެ. ނުކައި ނުބޮއި ތިބުމެވެ. ހިތާއި ދުލާއި ހަށިގަނޑުގެ އެންމެހައި ގުނަވަންތައް ހަޑިހުތުރު ކަންކަމުންނާއި ބަސްތަކުން ދުރުހެލިކޮށް ތިމާމެންގެ ހަށިގަނޑު ސަލާމަތްކޮށް ގެން ތިބުމެވެ. 

މިގޮތުން އިލާހީ ޙުކުމްފުޅު އައިސްފައިވަނީ މިރޯދައަކީ މުސްލިމު އަޅުތަކުންގެ މައްޗަށް އޮތް ފަރުޟެއްގެ ގޮތުގައި ލެއްވުމެވެ. އިލާހީ ކަލާމްފުޅުގައި ރޯދައާމެދު މިފަދައިން އިޢުލާންކޮށްފައެވެ. " އޭ މުސްލިމުންނޭވެ! ތިޔަބައިމީހުންގެ މައްޗަށް މާތް ﷲ ރޯދަމަހުގެ ރޯދަ ފަރުޟު ކުރައްވައިފިއެވެ. އެއީ ތިޔަބައިމީހުންގެ ކުރީގެނަބިއްޔުންގެ އުއްމަތްތަކަށް ވެސް ފަރުޟު ކުރެއްވި ފަދައިންނެވެ. ދަންނާށެވެ! މިގޮތުގެ މަތިން ތަޤުވާވެރި ވެވޭތޯ ބަލާށެވެ." (ބަޤަރާ: 183)

ރޯދައިގެ އެންމެ މުހިއްމު ޢަމަލަކީ މީހާ ތިމާގެ ހަށިގަނޑާއި ދުލާއި އެންމެހައި ގުނަންތަކެއް ﷲ ރުހިވޮޑިގެން ނުވާ އެންމެހައި ކަންކަމަކުން ދުރުހިލި ކޮށްގެން ހުރުމެވެ. އެއާއެކު ފަރުޖު ލީއްސުރެން ފެށިގެން އިރުއޮއްސެންދެން ކެއުމާއި ބުއިމުން އެއްކިބާވެ ހުރުމެވެ. ތިމާގެ ހަށިގަނޑަށް ނިއުޓްރޭޝަން ފޯރުކޮށްދެނިވި އެއްވެސް އެއްޗެއް ފޯރުވިޔަނުދީ ހުރުމެވެ. ރޯދަ ފަށަންވާނީ ނިޔަތާއި ލައިގެންނެވެ. އެއީ އެއްވެސް އަޅުކަމެއް ނިޔަތަކާ ނުލައި ޤަބޫލު ނުކުރަށްވާތީއެވެ. އަދި ނިޔަތްނެތި އަޅުކަން އަޅުކަމަކަށް ނުވާތީއެވެ. އެހެންކަމުން ކޮންމެ ރޯދަައަކީވެސް މުސްތަޤިއްލު ވަކި އަޅުކަމަކަށްވާތީ ކޮންމެ ރޯދަައަކަށް ވަކިން ނިޔަތް ގަންނަން ޖެހޭނެއެވެ. ނިޔަތް ގަންނާނީ ހިތުންނެވެ. ތިމާގެ ހިތުގައި އޮތް އެއްޗެއް ބޮޑަށް ގަދަ ކޮށްލުމުގެ ގޮތުން ދުލުން ނިޔަތް ކިޔައިލުމަކީ ރަނގަޅު ކަމެކެވެ. މީހާ އިސްލާމް ވުމާއި ޙައްޖުވުމާއި ޤުރުބާނީ ކަތިލުމާއި މިފަދަ އަޅުކަންތަކުގައި ވެސް ނިޔަތް އޮންނަ ބީދައިންނެވެ. 

ތިޔައެންމެހައި ބޭފުޅުންނަށް ބަރަކާތްތެރި ރަމަޟާން މަހުގެ މުނާސަބާގައި ގިނަގުނަ ތަހުނިޔާއާއި މުބާރަކްބާދީ އަރިސް ކުރަމެވެ.  

ރޯދައިގެ އަޅުކަން 1442

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޢީދު ނަމާދު ކުރާނެ ސުންނަތް ގޮތާއި ނަމާދު ކުރުން އައުލާވެގެންވާ ތަން

ޢީދު ނަމާދު ކުރާނެ ސުންނަތް ގޮތާއި ނަމާދު ކުރުން އައުލާވެގެންވާ ތަން

12 މެއި 2021
ބިސްމިއަކީ އަލްޙަމްދުގެ އާޔަތެކެވެ. އައުލާވެގެން ވަނީ ނަމާދުގައި ބިސްމި ބާރަށް ކިޔެވުމެވެ.

ބިސްމިއަކީ އަލްޙަމްދުގެ އާޔަތެކެވެ. އައުލާވެގެން ވަނީ ނަމާދުގައި ބިސްމި ބާރަށް ކިޔެވުމެވެ.

10 މެއި 2021
ކީރިތި ރަސޫލާވެސް އަދި ޚަލީފާއަކުވެސް ހަނޑުލާއި ފުށުން ފިތުރު ޒަކާތް ނަންގަވާފައެއް ނުވޭ

ކީރިތި ރަސޫލާވެސް އަދި ޚަލީފާއަކުވެސް ހަނޑުލާއި ފުށުން ފިތުރު ޒަކާތް ނަންގަވާފައެއް ނުވޭ

09 މެއި 2021
ކޮންމެ ރެއަކު ﷲގެ ހަޟުރަތުން ރަޙްމަތް ބާވައިލެއްވޭހިނދު އެކަމަށް ރޯދަމަހު ޣާފިލު ނުވަމާ!

ކޮންމެ ރެއަކު ﷲގެ ހަޟުރަތުން ރަޙްމަތް ބާވައިލެއްވޭހިނދު އެކަމަށް ރޯދަމަހު ޣާފިލު ނުވަމާ!

18 އެޕްރީލު 2021
ރޯދަ މަހަކީ ﷲގެ ޙަޟުރަތަށް ކުއްތަންވުމަށް ލިބޭ ރަނުގެ ފުރުޞަތެއް

ރޯދަ މަހަކީ ﷲގެ ޙަޟުރަތަށް ކުއްތަންވުމަށް ލިބޭ ރަނުގެ ފުރުޞަތެއް

17 އެޕްރީލު 2021

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު