Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކައުންސިލް އިންތިޚާބުގެ ވޯޓުލުން

ވޯޓުލާން ނިކުތް މީހުންގެ އަދަދު އީސީގެ އަންދާޒާއަށްވުރެ އިތުރު، 63.6 އިންސައްތަ މީހުން މިހާތަނަށް ވޯޓުލައިފި

ކައުންސިލް އިންތިޚާބުގައި މިހާތަނަށް 173،909 މީހުން ވޯޓުލާފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 10 އެޕްރީލު 2021 | ހޮނިހިރު 14:02
ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު ގުނުމުގެ ކަންކަން ކުރިއަށްދަނީ

ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު ގުނުމުގެ ކަންކަން ކުރިއަށްދަނީ

މިހާރު ކުރިއަށްދާ ކައުންސިލް އިންތިޚާބުގައި މިހާތަނަށް 173،909 މީހުން ވޯޓުލާފައިވާކަމަށް އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ހާމަކުރައްވާފައިވާ އަދަދުތަކަށް ބަލާއިރު ވޯޓުލާފައިވަނީ 88،010 ފިރިހެނުންނާއި 85،899 އަންހެނުންނެވެ. މިއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ 63.67 އިންސައްތައެވެ.

Advertisement - newsAdvertisement

ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 273،128 މީހުންނަށެވެ. ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:50 އާއި ހަމައަށް 178،280 މީހުން ވަނީ ވޯޓުލާފައެވެ.

މިހާތަނަށް އައިއިރު ބަންދުކޮށްފައިވަނީ 117 ވޯޓު ފޮއްޓެކެވެ. މުޅި ޖުމްލަ 713 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. 51 ފޮއްޓެއްގެ ވަގުތު އިތުރުކުރުމަށް އީސިން ވަނީ ނިންމާފައެވެ. މީގެތެރެއިން ވިލުފުށީގައި ބަހައްޓާފައިވާ ދެ ފޮށި ބަންދުކުރުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 21:50ގައެވެ.

ހޮނިހިރު ދުވަހު އީސީން ބޭއްވި އެޑްވައިޒަރީ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެފައިވަނީ މިފަހަރު ވޯޓުލާން ނިކުންނާނެކަމަށް އަންދާޒާކުރެވެނީ 38 އާއި 40 އިންސައްތައާ ދެމެދުގެ މީހުން ކަމަށެވެ.

ވޯޓުލުން ހޮނިހިރު ދުވަހުގެ 7 ޖެހިއިރު ފަށައިގެން ގިނަ އިރުތަކެއް ވަންދެން ގިނަ ވޯޓު ފޮށިތައް ކައިރީގައި ވޯޓުލާން ތިބީ މަދު އަދަދެއްގެ ބައެކެވެ. ނަމަވެސް މެންދުރު ފަހުން ވަނީ ގިނަ ބަޔަކު ވޯޓުލާން ނިކުމެފައެވެ.

ކައުންސިލް އިންތިޚާބުގައި ވޯޓުލާން އާންމުކޮށްވެސް ނިކުންނަ މީހުންގެ އަދަދު މަދެވެ.

2011 ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިޚާބު

އެންމެ ފުރަތަމަ 2011 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 223،975 (ދެ ލައްކަ ތޭވީސް ހާސް ނުވަ ސަތޭކަ ހަތްދިހަ ފަސް) މީހުންނަށެވެ. އެފަހަރު ވޯޓުލާން ނިކުމެފައިވަނީ 161،510(އެއްލައްކަ ފަސްދޮޅަސް އެއްހާސް ފައްސަތޭކަ ދިހަ) މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 72.11 އިންސައްތައެވެ.

2014 ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިޚާބު

2014 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 240،220 މީހުންނަށެވެ. މީގެތެރެއިން ވޯޓުލާފައިވަނީ 154،942 މީހުންނެވެ. މިއީ ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 64.5 ޕަސެންޓު މީހުންނެވެ.

2017 ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިޚާބު

އެންމެ ފަހުން 2017 ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 255،987 މީހުންނަށެވެ. އެއިންތިޚާބުގައި ވޯޓުލާފައިވަނީ އޭގެތެރެއިން 168،951 މީހުންނެވެ. އެއީ ވޯޓު ދިނުމުގެ ހައްގު ލިބުނު މީހުންގެ ތެރެއިން 65.9 ޕަސެންޓު މީހުންނެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
09 ފެބުރުއަރީ 2017

މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި

09 ފެބުރުއަރީ 2017
މަހާނަ ހަދައިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ އަމުރު އިސްތިއުނާފަށް ހުށައަޅައިފި
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
08 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި

08 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކަށް ބަދަލުގެނެސް އެބިލް މަޖިލީހުން ފާސްކޮށްފި
07 ފެބުރުއަރީ 2017

ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި

07 ފެބުރުއަރީ 2017
ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކަށް ބަދަލު ގެނައުމަށް ހުށަހެޅި ބިލް މަޖިލީހަށް ބަލައިގެނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު