Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯކަލް ކައުންސިލް އިންތިޚާބު

ވޯޓު ލާފައިވަނީ 17 އިންސައްތަ މީހުން - އީސީ

ލަފާކުރެވެނީ ވޯޓުލާނީ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 38 އިންސައްތައާއި 40 އިންސައްތަ އާއި ދެމެދުގެ އަދަދެއް ކަމަށް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 10 އެޕްރީލު 2021 | ހޮނިހިރު 08:35
ކޮލޮމްބޯގައި ވޯޓުލުން ކުރިއަށްދަނީ

ކޮލޮމްބޯގައި ވޯޓުލުން ކުރިއަށްދަނީ

ހޮނިހިރު ދުވަހުގެ ހެނދުނު 10:45އާ ހަމައަށް ނަގާފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލީ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 17 އިންސައްތަ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ތަފާސްހިސާބުތައް އާއްމު ކުރައްވަމުން ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ، ވޯޓު ދީފައިވަނީ ގާތްގަޑަކަށް 44،026 މީހުން ކަމަށެވެ. އޭގެ ތެރެއިން 26،000 އަށް ވުރެ ގިނަ މީހުންނަކީ ފިރިހެނުން ކަމަށާއި، 17،000 އަށް ވުރެ ގިނަ އަންހެނުން ވެސް ވޯޓުލާފައިވާ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝަރީފު އިތުރަށް ވިދާޅުވީ މިހާރު ލަފާކުރެވެނީ މި އިންތިހާބުގައި ވޯޓާރޒް ޓަރންއައުޓް އުޅޭނީ 38 އިންސައްތައާއި 40 އިންސައްތަ އާއި ދެމެދުގައި ކަމަށެވެ. އެހެންނަމަވެސް މެންދުރު ފަހާއި ހަވީރު ވަގުތު، ވޯޓުލާ މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވިއެވެ. މިކަން ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ މަންދޫބުންގެ ސަމާލުކަމަށް ގެންނަވާފައިވާކަން ފާހަގަކުރައްވަމުން ޝަރީފް ވަނީ ވީހާވެސް ގިނަ ބަޔަކު ވޯޓު ލާން ނުކުތުމަށް އިލްތިމާސް ކުރައްވާފައެވެ. ކޮވިޑާއި ގުޅިގެން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާކަންވެސް ޝަރީފު ފާހަގަ ކުރެއްވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 273،128 މީހުންނަށެވެ. އެއީ މާލެއިން 51،702 މީހުން، އައްޑޫން 25،234 މީހުން، ފުވައްމުލަކުން 9،212 މީހުން، ކުޅުދުއްފުށިން 6،833 މީހުން އަދި އެހެނިހެން އަތޮޅުތަކުން 180،147 މީހުންނެވެ.

ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް ޖުމްލަ 982 މެމްބަރުން އިންތިހާބު ކުރަންޖެހެއެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޖުމްލަ 930 މެމްބަރުން އިންތިޚާބު ކުރަންޖެހެއެވެ. އެހެންކަމުން މި އިންތިޚާބުގައި ޖުމްލަ 1،912 މެމްބަރުން އިންތިޚާބުވެގެންދާނެއެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
27 ޖެނުއަރީ 2017

ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި

27 ޖެނުއަރީ 2017
ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ މީހުން ތަމްރީނު ކުރާނެ މީހުން ހޯދަން އަލުން ހުޅުވާލައިފި
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު