Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުކުރު ޚުތުބާ - ރޯދައަށް ތައްޔާރުވުން

ނަފްސުތައް ހެޔޮކަންތައްތަކަށް ހާނުވައި، ފާފަތަކުންނާއި، މުންކަރާތްތަކުން ދުރުހެލިކުރަން ހުކުރު ޚުތުބާގައި ގޮވާލައިފި

މިމަހުގެ ދުވަސްތަކާއި ރޭތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ދުނިޔެއާއި، އާޚިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށް ގޮވާލާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 9 އެޕްރީލު 2021 | ހުކުރު 08:40
އިސްލާމީ މަރުކަޒުގައި ކުރެވުނު ހުކުރު ނަމާދު

އިސްލާމީ މަރުކަޒުގައި ކުރެވުނު ހުކުރު ނަމާދު

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ގެތަކާއި މިސްކިތްތައް ޒީނަތްތެރިކުރާ ފަދައިން ނަފްސުތައް ވެސް ހެޔޮކަންތައްތަކަށް ހާނުވައި، ފާފަތަކުންނާއި، މުންކަރާތްތަކުން ދުރުހެލިކުރަން ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

ރޯދަ މަހުގެ ކުރިން ދިން ފަހު ޚުތުބާ އަމާޒުކޮށްފައިވަނީ ރަމަޟާން މަހަށް ތައްޔާރުވުން މި މައުޟޫއަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ޚުތުބާގައި ބުނީ ބަރަކާތްތެރި ރަމަޟާންމަހަށް މަރުހަބާކިޔުމަށް ތައްޔާރުވާން ޖެހެއެވެ. އަދި އެ މަހުގެ ބަރަކާތްތެރިކަން ލިބިގަތުމަށްޓަކައި މާއްދީ ގޮތުންނާއި ރޫހާނީ ގޮތުން ވެސް ތައްޔާރުވާން ޖެހޭ ކަމަށެވެ. އަދި ގެތަކާއި މިސްކިތްތައް ޒީނަތްތެރިކުރާ ފަދައިން ނަފްސުތައް ވެސް ހެޔޮކަންތައްތަކަށް ހާނުވައި، ފާފަތަކުންނާއި، މުންކަރާތްތަކުން ދުރުހެލިކުރަން ޖެހޭ ކަމަށެވެ. އެއީ މި ބަރަކާތްތެރި މައްސަރުގެ ހަގީގީ މަގުސަދު ހާސިލުކުރުމަށް ކަމަށާއި، މިމަހުގެ ދުވަސްތަކާއި ރޭތަކުގެ ހެޔޮ ގޮތުގައި ހިފައި، ދުނިޔެއާއި، އާޚިރަތުގެ  ބާއްޖަވެރިކަން ލިބިގަތުމަށްޓަކައެވެ. ރަމަޟާން މަހަކީ ހެޔޮ އަމަލުކޮށް، ހެޔޮކަންތައްތައް ލިބިގަތުމުގެ މޫސުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

ބަރަކާތްތެރި ރަމަޟާން މަހަކީ ހެޔޮކަމުން ފުރިގެންވާ މައްސަރެއް ކަމަށާއި، އަޅުގަނޑުމެންގެ އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރުމަށް ލިބިފައިވާ އަގުހުރި ދުވަސްތަކެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ރަމަޟާން މަހަށް ހަނދު ބަލާ ހިނދު، ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި ނަރަކައިގެ ދޮރުތައް ބަންދުކުރެވޭ ކަމަށް ޚުތުބާގައި ހަދުމަކޮށްދީފައިވެއެވެ.

މާތް ﷲ އަށް ބިރުވެތިވެ، ތަޤުވާވެރިވުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ. އަދި ދިންނަވައި ނަޞީބު ލިބެނިވި މީހުންނަކީ ތަޤުވާވެރިން ކަމަށާއި، ބަރަކާތްތެރި ރަމަޟާންމަހުގެ ހެޔޮކަން ލިބިގަތުމަށް އަވަސްވެ ގަތުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ. އަދި އެކަމަށް ތައްޔާރުވެ، ތިމާގެ ހިތްނިޔަތް ޚާލިޞް ކުރަން ޖެހޭ ކަމަށާއި، މާތް ﷲ އަށް އިޚްލާޞްތެރިވާން ޖެހޭ ކަމަށް ބުނެފައިވެއވެެ. އަދި އަމަލުތައް މާތް ﷲ ޤަބޫލު ކުރެއްވުމުގެ އަސާސަކީ އިޚްލާޞްތެރިކަން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ބަރަކާތްތެރި ރަމަޟާން މަހަކީ ކުށްފާފަތަކުން ތައުބާވުމަށް ލިބޭ، ދުވަސްތަކެއްކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ. އެހެންކަމުން އަޅުގަނޑުމެންގެ ތެރޭގައިވާ ދެބަސްވުންތަކާއި ޚިޔާލުތަފާތުވުންތައް ދޫކޮށްލައި، މި ބަރަކާތްތެރި މަހުގެ ހެޔޮކަން ލިބިގަތުމަށް، އަވަސްވެގަތުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ. އަދި ކުރެވިފައިވާ ފާފަތަކުން ތައުބާވުމަށް އަވަސްވުމަށާއި، އިންސާނުންގެ ކުށްފާފަތައް، ކިތަންމެ ގިނަވިޔަސް މާތް ﷲ ފުއްސަވައި ދެއްވާނެކަން ޚުތުބާގައި ވަނީ ހަނދުމަކޮށްދީފައެވެ.

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2023

މުޖުތަމައު ތަހުޒީބުވާނީ އެ މުޖުތަމައެއްގައި ހުރި އެންމެހާ ނޭއްގާނީ ކަންކަން މަނާކުރެވި ހެޔޮކަންތައްތަކަށް އަމުރުކުރެވިގެން - ހުތުބާ

15 ޑިސެމްބަރު 2023
މުޖުތަމައު ތަހުޒީބުވާނީ އެ މުޖުތަމައެއްގައި ހުރި އެންމެހާ ނޭއްގާނީ ކަންކަން މަނާކުރެވި ހެޔޮކަންތައްތަކަށް އަމުރުކުރެވިގެން - ހުތުބާ
26 މެއި 2017

ރަމަޟާން މަހަށް ތައްޔާރުވެވޭނީ ފާފަތަކުންނާއި މުންކަރާތްތަކުން ދުރުހެލިވެގެން: ހުކުރު ޚުތުބާ

26 މެއި 2017
ރަމަޟާން މަހަށް ތައްޔާރުވެވޭނީ ފާފަތަކުންނާއި މުންކަރާތްތަކުން ދުރުހެލިވެގެން: ހުކުރު ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު