Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ19 ވަނަ ކޯސްޓްގާޑު ބޭސިކް ކޯސް ނިންމުން

ޓެރަރިޒަމާއި ހަރުކަށި ފިކުރު ފަތުރަނީ މުޖުތަމައު ބައިބައިކޮށްލަން: ޑިފެންސް މިނިސްޓަރ

8 އެޕްރީލު 2021 | ބުރާސްފަތި 17:29

ހަތިޔާރާއި ބާރުގެ ބޭނުންކޮށްގެން ފާޅުގައި ގައުމުތަކަށް އަރައި އިސްތިއުމާރުކޮށް އުޅުނު ޒަމާން މާޒީވެ ހިނގައްޖެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 8 އެޕްރީލު 2021 | ބުރާސްފަތި 17:29
19 ވަނަ ކޯސްޓްގާޑް ބޭސިކް ކޯސް ނިންމުމުގެ ރަސްމިއްޔާތު

19 ވަނަ ކޯސްޓްގާޑް ބޭސިކް ކޯސް ނިންމުމުގެ ރަސްމިއްޔާތު

ޓެރަރިޒަމާއި ހަރުކަށި ފިކުރު ފަތުރަނީ މިބަދަހި މުޖްތަމައު ބައިބައިކޮށްލުމަށް ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

19 ވަނަ ކޯސްޓްގާޑު ބޭސިކް ކޯސް ނިންމުމަށް ބުދަދުވަހު ސަދަން އޭރިޔާގެ ހެޑް ކުއާޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައކަވަމުން މިނިސްޓަރ ވިދާޅުވީ ދިވެހި ކޯސްޓްގާޑުގެ އެންމެބޮޑު މަސްއޫލިއްޔަތަކީ ރާއްޖޭގެ ކަނޑުތައް ބެލެހެއްޓުން ކަމަށާއި މިއަދު ދުނިޔޭގެ "ތްރެޓް" މާހައުލަކީ އިއްޔެ ދުށް މާހައުލެއް ނޫން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ގައުމުތަކުން ހަތިޔާރާއި ބާރުގެ ބޭނުންކޮށްގެން ފާޅުގައި ގައުމުތަކަށް އަރައި އިސްތިއުމާރުކޮށް އުޅުނު ޒަމާން މާޒީވެ ހިނގައްޖެ ކަމަށެވެ.

Advertisement - newsAdvertisement

ހަރުކަށި ފިކުރު ފަތުރާ މީހުންގެ ބޭނުމަކީ ރައްޔިތުން ބިރުވެރި ކަމެއްގައި ބައިތިއްބައިގެން ޓެރަރިޒަމާއި ހަރުކަށި ފިކުރު ފަތުރައި މިބަދަހި މުޖްތަމައު ބައިބައިކޮށްލުން ކަމަށާއި ޒަމާނުއްސުރެ މިޖަޒީރާ ރަށްތަކުގައި އުޅެމުން އައި މީހުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ނަގާލުމަށް ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ، ކޯވިޑް -19 ޕެންޑެމިކްގެ އެންމެ ނުރައްކާތެރި ހާލަތުގައި ވެސް ކޯސްޓްގާޑުގެ ސިފައިން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ އެތައް މިލިއަން ޑޮލަރެއްގެ އަގުހުރި ރިޒޯޓުތަކާއި ފަޅުރަށްތައްވެސް ޓެރަރިޒަމްގެ ނުރައްކަލުން ސަލާމަތް ކުރުމަށް އެތަންތަން ރައްކާތެރިކަމާއެކު ބަލަހައްޓާފައިވާ ކަމަށެވެ.

ކޯވިޑް 19 ޕެންޑެމިކާ ގުޅިގެން ރާއްޖެ ހިމެނޭ ހަލަބޮލި އިންޑިއާ ކަނޑުގެ ސަރަހައްދަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ތްރެޓްކަމަށްވާ މަސްތުވާތަކެތި ޓްރެފިކްކުރުން ވަނީ އިތުރުވެފައި ކަން ފާހަގަ ކުރައްވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ، ދާދިފަހުން ނޮދަން އޭރިޔާއަށް ލެއްގި މަސްތުވާތަކެތި ވަގުތުން އަތުލައި، އަމާނާތްތެރިކަމާއެކު ކަމާބެހޭ ފަރާތްތަކާ ހަވާލުކުރުމުގައި ކޯސްޓުގާޑުގެ ސެއިލަރުން ދިޔައީ އިޚްލާސްތެރި ގައުމީ ޚިދުމަތުގައި ނަމޫނާ ދައްކަމުން ކަމަށެވެ.

މަސްތުވާތަކެތީގެ އިތުރުން އިންސާނީ ވަގުފާރިއާއި ކަނޑުފޭރުމާއި، މަސްކަނޑުތަކުން ވައްކަންކުރުން ފަދަ ނުރައްކާތަކުން މިގައުމު ސަލާމަތްކުރަން އެންމެ ކުރީ ސަފަށް ނުކުމެ ތިބޭ ބަޔަކީ ކޯސްޓްގާޑުގެ ސެއިލަރުން ކަމަށްވެސް ވިދާޅުވިއެވެ.

މިއަހަރުގެ އޭޕްރީލް 3 ވަނަ ދުވަހުގެ ނިޔަލަށް، ކޯސްޓްގާޑުން ވަނީ ޖުމްލަ 73 ހާދިސާއެއްގައި 127 މީހެއްގެ ފުރާނަ ސަލާމަތް ކޮށްފައިކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، މޫދުގައި ގެނބިގެން މަރުވާ މީހުން ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުން، ކޮންމެ ވަގުތެއްގައި ވެސް ޑައިވްކޮށްގެން އެކުރާ މަސައްކަތަކީ ހިތްވަރުގަދަ މަސައްކަތެއް ކަމަށެވެ.

މިރަސްމިއްޔާތުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ތަސައްވުރަކީ ދިވެހި ސިފައިންނަކީ ފަންނީ، ގާބިލް، ޕްރޮފެޝަނަލް އަދި "ފައިޓިން ފިޓް ފޯރސް" އަކަށް ހެއްދެވުން ކަމަށެވެ. އަދި މިތައްސައްވުރު ހަގީގަތަކަށް ހެދުމަށް ވޭތުވެދިޔަ 2 އަހަރާއި ބައިގެ ތެރޭގައި ސިފައިންގެ ލީޑަރޝިޕާ ގުޅިގެން ގިނަ އަދަދެއްގެ ސިފައިން ޓްރެއިންކޮށް އެތައް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި މިހާރުވެސް ދަނީ އެމަސައްކަތްތައް ކުރައްވަމުން ކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލާއި ދިވެހި އަސްކަރިއްޔާއިން ދިފާއީ ވަޒީރަށް ކަނޑައަޅުއްވާފައި ހުންނަވާ މިލިޓަރީ ސެކްރެޓަރީ ބްރިގޭޑިއަރ ޖެނެރަލް އަބްދުލް މަތީން އަހުމަދާއި ކޮމާންޑަރ ސަދަން އޭރިޔާ ކާނަލް އިބްރާހިމް ރަޝީދާއި ކޯސްޓްގާޑުގެ ކޮމާންޑަރ ކާނަލް މުހައްމަދު ސަލީމްގެ އިތުރުން ސިފައިންގެ އިސް ބައެއް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

24 ޖުލައި 2017

ރައްޔިތުންގެ ވިސްނުމާއި ފިކުރުގައި ތަޅުއަޅުވާކަށް ޖާގައެއް ނުދޭނަން: ޝިދާތާ

24 ޖުލައި 2017
ރައްޔިތުންގެ ވިސްނުމާއި ފިކުރުގައި ތަޅުއަޅުވާކަށް ޖާގައެއް ނުދޭނަން: ޝިދާތާ
08 ޖުލައި 2017

ހުރިހާ ސިޔާސީވެރިންގެ ވިސްނުމާ ފިކުރު ހުންނާނީ ވެރިކަމަށް އައުމަށް: ފަލާޙް

08 ޖުލައި 2017
ހުރިހާ ސިޔާސީވެރިންގެ ވިސްނުމާ ފިކުރު ހުންނާނީ ވެރިކަމަށް އައުމަށް: ފަލާޙް
04 ޖުލައި 2017

އަދީބަށް ސިއްހީ ފަރުވާ ނުދޭ މައްސަލައިގެ ތެރެއަށް ބައިނަލްއަގުވާމީ މުޖުތަމައުން ވަދެއްޖެ: ޑރ ޝަހީދު

04 ޖުލައި 2017
 އަދީބަށް ސިއްހީ ފަރުވާ ނުދޭ މައްސަލައިގެ ތެރެއަށް ބައިނަލްއަގުވާމީ މުޖުތަމައުން ވަދެއްޖެ: ޑރ ޝަހީދު
20 މެއި 2017

ޔާމީންގެ ބައްޕަ އިންޑިއާގައި – ބޭނުންވަނީ ހަރުކަށި ފިކުރު ނައްތާލުމަށް އެހީ

20 މެއި 2017
ޔާމީންގެ ބައްޕަ އިންޑިއާގައި – ބޭނުންވަނީ ހަރުކަށި ފިކުރު ނައްތާލުމަށް އެހީ
05 މެއި 2017

ކަރެކްޝަނަލް ސަރވިސްގެ މަސައްކަތަކީ މުޖުތަމައުން އެކަހެރި ކުރެވޭ މީހުން އަނބުރާ މުޖުތަމައަށް ތައްޔާރު ކޮށްދިނުން: ޒިލާލް

05 މެއި 2017
ކަރެކްޝަނަލް ސަރވިސްގެ މަސައްކަތަކީ މުޖުތަމައުން އެކަހެރި ކުރެވޭ މީހުން އަނބުރާ މުޖުތަމައަށް ތައްޔާރު ކޮށްދިނުން: ޒިލާލް
21 އެޕްރީލު 2017

ޤާސިމް އިބްރާހިމްއަކީ މުޖުތަމައުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ، ކުއްލިގޮތަކަށް ހައްޔަރުކޮށްފި

21 އެޕްރީލު 2017
ޤާސިމް އިބްރާހިމްއަކީ މުޖުތަމައުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ބުނެ، ކުއްލިގޮތަކަށް ހައްޔަރުކޮށްފި
20 އެޕްރީލު 2017

ސަރުކާރުން ދައްކާ ވާހަކައެއް ބައިނަލްއަގްވާމީ މުޖުތަމައުން ގަބޫލެއް ނުކުރާނެ: ޝިފާޒް

20 އެޕްރީލު 2017
ސަރުކާރުން ދައްކާ ވާހަކައެއް ބައިނަލްއަގްވާމީ މުޖުތަމައުން ގަބޫލެއް ނުކުރާނެ: ޝިފާޒް
12 އެޕްރީލު 2017

ދީނީ ގޮތުން ހަރުކަށި ފިކުރުތައް ފެތެރެމުންދާ ރަށްތަކާ އެކަމަށް ހިއްވަރުދޭ މީހުން އެނގިއްޖެ: ޑިފެންސް މިނިސްޓަރު

12 އެޕްރީލު 2017
ދީނީ ގޮތުން ހަރުކަށި ފިކުރުތައް ފެތެރެމުންދާ ރަށްތަކާ އެކަމަށް ހިއްވަރުދޭ މީހުން އެނގިއްޖެ: ޑިފެންސް މިނިސްޓަރު
22 މާރިޗު 2017

ގައުމުގެ ބައެއް ފިކުރުތައް ހުރީ އިބިލީހަށް ވުރެވެސް ކުރީގައި: ރައީސް ޔާމީން

22 މާރިޗު 2017
ގައުމުގެ ބައެއް ފިކުރުތައް ހުރީ އިބިލީހަށް ވުރެވެސް ކުރީގައި: ރައީސް ޔާމީން
09 ފެބުރުއަރީ 2017

ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް

09 ފެބުރުއަރީ 2017
ދީނީ ތަފާތު ހިޔާލުތައް ފެތުރުމުން މުޖުތަމައުގައި ބައިބައިވުން އުފެދޭ: ކޮމިޝަނަރ އޮފް ޕޮލިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް